24 ޖޫން 2019 - 10:38
ދިވެހި ބޭސްވެރިކަން ކުރައްވާތާ ގާތްގަނޑަކަށް 60 އަހަރު ވެފައިވާ މަޝްހޫރު ޔޫސުފް ހުސައިން (ދޮން ޔޫސުފް) މިއަދު އަވަހާރަވެއްޖެ އެވެ.
ބ. ކެންދޫ، މޯނިންގް ހައުސް، ޔޫސުފް ހުސައިން 85، މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވީ ކުއްލި ގޮތަކަށެވެ.
އަވަހާރަވިއިރު އަންބަކާއި ހަތް ކުދިން ދުނިޔޭގައި އެބަތިއްބެވި އެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް ހިމެނެ އެވެ.
ބޭސްވެރިކަމުގެ ޚިދުމަތް ގިނައިން ހިލޭ ކޮށްދެއްވި ޔޫސުފް ވަނީ އާންމު ޚިދުމަތުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. އޭނާ އަށް ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތީ 2007 ގަ އެވެ.
ޔޫސުފް ދިވެހި ބޭސް ހައްދަވަން ދަސްކުރެއްވީ، އޭނާގެ ބައްޕަ ކެންދޫ ހުސައިން އީސާގެ ފަރާތުންނެވެ. އޭގެ ފަހުން، ބާޑީގެ މުހައްމަދު ދީދީގެ އަރިހުންނާއި އިބްރާހީމް ފާމުދޭރިކިލެގެފާނުގެ އަރިހުން ބޭސް ހައްދަވަން ދަސްކުރެއްވި އެވެ.
ޔޫސުފް ހުރިހާ ވައްތަރެއްގެ ބޭސްވެސް ހައްދަވައި އުޅުއްވި އެވެ. ހާއްސަކޮށް ރާއްޖެ ބަލީގެ ބޭސް ހައްދަވައި އުޅުއްވި އެވެ.
އެންމެ ފާހަގަކުރެވޭ ހިދުމަތަކީ ކެންދޫ މީހެއްގެ ވާތު ލޮލުގެ ކަޅުކަޅި އަށް ދޮޅު އިންޗި ފުންމިނަށް، އެއްސޫތު ފަލަމިނުގެ ތޮރުފާ ކަށްޓެއް ވަދެ، އެކަށި އުފުރާލައްވައި ބޭސް އަޅުއްވައި 18 ވަރަކަށް ދުވަހުގެ ތެރޭގައި ރަނގަޅު ވުމެވެ. އަދި ގަދަ ހުމެއް ޖެހިފައި ދެ ލޮލަށް ލޭއަރައި ލޯ އަނދިރިވި މީހަކަށް ވެސް ބޭސްފަރުވާ ކޮށްގެން ފަސޭހަ ކޮށްދެއްވި އެވެ.
ދިވެހި ބޭސް ހެއްދެވުމާއި މީހުންނަށް ދަސްކޮށްދެއްވުމަކީ ޔޫސުފް ހިލޭ ކޮށްދެއްވާ ކަމެކެވެ. އޭނާގެ ފަރާތުން އެތައް ހާސް ބަޔަކަށް ބޭސްފަރުވާ ލިބިފައިވެ އެވެ. އޭގެ ތެރޭގައި އޭނާގެ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜަފީއު
24 June 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ މަރުހޫމްގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި. އާމީން
ހުސައިން 64
24 June 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ މަރުހޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރަށްވާށި. އާމީން
ސަގީ
24 June 2019
ވަރައް މޮޅު ހިތްހެޔޮ މީހެއް.
ގައުމުގެ ދޫ
24 June 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ މަރުހޫމްގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި. އާމީން
ޢާޢިޝަތު
24 June 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ މަރުހޫމްގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި. އާމީން 12
ކެންދޫ އިރުމަތިއަވައް
24 June 2019
އަންނިއައް13 އަހަރުގެ ހުކުމްކުރީ މަޝްހޫރު ދިވެހި ބޭސް ވެރިޔާގެ ދޮންޔޫސުފުގެ ދަރި ކުރިމިނަލްކޯޓުގެ ކުރީގެ ގާޒީ ބާރީއެވެ. ބާރީގެބައްޕަ މަރުހޫމްއައް ސުވަރުގޭގެދާއިމީ ނިއުމަތްމިންވަރު ކުރައްވާށި އާމީން
ީސަރީފް
24 June 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
މެދުރާއްޖެތެރެ
24 June 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ މަރުހޫމްގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށް ދެއްވާށި. އާމީން
މާލް މާލް
24 June 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ މަރުހޫމްގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށް ދެއްވާށި. އާމީން
ދޮންބީ
24 June 2019
މަރުހޫމުގެ ފުރާނައަށް ﷲ ހެޔޮ ރަހުމަތް ލައްވާށެވެ.އާއިލާ އަށް ހެއްތެރިކަން ދެއްވާށި އެވެ.ބޭސް ވެރިޔާ އަވަގާރަވީ ކޮން ރަށަކު ތޯއެވެ .ކަށުނަމާދު އޮތީ ކޮން މިސްކިތެއްގައި ތޯއެވެ؟
އަދާލަތު
24 June 2019
އިންނާލިﷲ ވައިންނާ އިލައިހި ރާޖިޢޫން. އަލްމަރުޙޫމް ޔޫސުފު ޙުސައިންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި. ޢާއިލާޔަށް ކެތްތެރިކަމާއި، ދުޅަހެޔޮކަން ދެއްވާށި. އާމީން