އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު. -- ފޮޓޯ: މަޖިލިސް
26 ޖޫން 2019 - 11:06
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޮޑެތި ގޯސްތަކާއި ޖަރީމާތަކެއް ހިންގި ކަމަށް ބުނެ އެ މައްސަލަތަކުގެ ތަހުގީގުތައް އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ކުއްލި މައްސަލަ މަޖިލިހަށް ބަލައިގަނެ، ބަހުސް ވަނީ ފަށައިފަ އެވެ.
ވަހީދު މަޖިލިހަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕެއިނާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީން ރައްޔިތުންނަށް ވި އެންމެ ބޮޑު ވައުދަކީ ޔާމީންގެ ސަރުކާރުން ގާނޫނާ ހިލާފަށް ހިންގާފައިވާ ބޮޑެތި ޖަރީމާތައް ބަލައި އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުން ކަމަށެވެ.
ވަހީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް އެތައް ބިލިއަނަކުން ގެއްލުންވެފައިވާ އިރު، މިދިޔަ ސަރުކާރުގައި މަޖިލިސް އޮތީ ބޮޑު ތަޅު އަޅުވާފައި ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެ ކޯޓުގެ ކުރީގެ ފަނޑިޔާރަކު ހައްޔަރުކުރި ކަމަށް ވެސް ވިދާޅުވި އެވެ.
ވަހީދު އެ އިޝާރާތް ކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު، ރިޝްވަތުގެ ތުހުމަތުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި މައްސަލައަށެވެ.
"މިދިޔަ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ވަނީ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައި. ނުހައްގުން އަނިޔާ ދީފައި. ބައެއް މީހުން އަނިޔާތަކުގެ ތެރޭގައި ދުނިޔެ ދޫކޮށްފައިވޭ،" ވަހީދު ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށް ލައި އަނިޔާ ދިން އިރު، އެތައް ބައެއްގެ ވަޒީފާ ގެއްލުވާލައި، އާއިލާތަކަށް ހިތްދަތިކަން ގެނުވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލިއްޔާ އިން ރެކޯޑު މިންވަރަކަށް "ވައްކަންކޮށް" ހިޔާނާތްތެރިވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑުމެން އެކަންކަން ބަލައި އިހުމާލުވާ، އަދި ކުށްވެރިވާ މީހުންނަށް އަދަބު ދިނުމަކީ ކުރަން އެންމެ މުހިންމު ކަންކަން ކަމަށް ވީ އިރު، މި ތަހުގީގުތައް ނުހިނގާ، ޝަރީއަތްތައް ނުހިނގާ އޮތުމަކީ ރައްޔިތުން އިންތިހާ އަށް ކަންބޮޑުވާ ކަމެއް،" ވަހީދު ވިދާޅުވި އެވެ.
އެހެންވެ، ވަހީދު ކުއްލި މައްސަލަ ހުށަހެޅުއްވީ މިކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ihaaru.
26 June 2019
ހިންގި ކަމަށް ށޭ، މުޅިޤައުމުދަވާލީ،
ބޮޑުމީހާ
26 June 2019
މަޖްލީހުގަވެސް ތިމައްސަލަ، ރިޔާސީ ކޮމިޝަނުންވެސް ތިކަން. ކޮންއިރަކުންތަ ތިކަންތައްތައް ނިމެނީ. ރައްޔިތުންގެ ކަންތަކާ އުޅެނީ ކޮންއިރަކު. ވެރިކަމަކީ އަބަދު އޮންނާނެ އެއްޗެއްނޫން. އިޚްލާސްތެރިކަން ދައްކާ
ދެބަންދިހާރު
26 June 2019
ލުތުފީ މައްސަލަ އޮއްބާލަން ޖައްސާ ސްޓަންޓް ބަލަން މި ތިބީ
ކުތިއަގެދަރިރެކިފުތު
26 June 2019
ފުތަތަމަ އަމިއްލަ ނަފުސު އޮސްލާހުކުރޭ. އެއަށްފަހު ގައުމު ތަރައްގީކުރުމުގެ ވިސްނުން ގެންގުޅެންވީ. ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް އާއްމު ފަރުދުންނަށް ދިރިއުޅެވޭނެ ފަހި މަގެއް ހޯދަންވީ. ބަދަލުހިފުމުގެ ރޫހުގައި ސިޔާސީ ޖަޒުބާތުގައި ރައްޔިތުން އިންތިޚާބެއް އޮތަސް ނެތަސް ޅޮސް އުދޯލީގައި ބާތިއްބަން ނަހައްދަވާ.
ހޮޓްކިންގ
26 June 2019
ތަނަކު ހުރި މަރުމޯލުންނަށް މެންބަރުކަން ލިބުނީމާ ކުރަން އިސްކަންދޭންޖެހޭ ކަންކަން އޮންނާނި އޮޅިފައި. ރައްޔިތުންނަށް ދަތިވެގެން އުޅޭ ކަންކަމާއި ޤާނޫތައް ނެތިގެން ނުކުރެވިފައިވާ މަސައްކަތްތަކުގެ ވިސްނުން އެފަދަ މަރުމޯލުންގެ ބޮލަށް ނުވިސްނޭނެ. އެއީ ދެއުޅި އެއްނުވާ އެކްޓިވިސްޓުން. އެމީހުންގެ މަސައްކަތަކީ ގައުމު އިތުރަށް ފިތުނަކޮށް ގަޑުބަޑުކުރުން.
ބޮނޑަގޭ ދޮންއަލިއެ
26 June 2019
ނުވާނެ ތިކަމެއް. ވަކި ބަޔަކަށް މިސަރުކާރުގައވެސް އިންސާފު ލިބެނީ. ސަރުކާރު މަތީ ފަޑީގައި ތިބި ބޭފުޅުންނަށް އިންސާފު ލިބެނީ. ޔާމީނު ސަރުކާރުގައި އަނިޔާ ލިބުނު މީހުންނަށް ހައްގު ހޯދައިދޭންކަމަށް ބުނެ ދެއްކި ބްލޯވަރ އަށް ހުށަހެޅި މައްސަލަތައްވެސް ތާށިވެފަހުރީ. މިއީ އުއްމީދު ކުރި ގޮތެއްނޫން. މިގައުމަށް ބޭޏުންވަނީ ވަގުން ހަރާންކޯރުވާ މީހުން ރިޝްވަތުނަގާ ދޭ މީހުން. އިހުލާސްތެރިކަމަކީ މިގައުމުގައި އަގެއް ހުރި އެއްޗެއްނޫން
ސަކީނާ
26 June 2019
އިބޫއަކަށް ނުވާނެ މިކަމެއް. މިކަންވެސް އެންމެފަހުން މިޖެހުނީ މަޖްލީހަށް ބަލަން. ސަރުކާރުގެ މަޝްރޫއުތައްވެސް އެހާ ސްލޯ. މަޖްލީހުން އެކަންވެސް އެބަޖެހޭ ކޮޅެއްގަ ޖައްސަން
ރީނދޫ
26 June 2019
ހަހަހާ.... އެ މަސައްލަތައް ބެލިޔަސް ލުތުފީ ވާނީ ހަމަ ރާއްޖެ ގެންނަން. މިސްރާބު ބަދަލުކުރަން ނޫޅޭ.
ނެގުނުކަތީބު
26 June 2019
ކުރީގެ ސަރުކާރާއި މިސަރުކާރާއި އޭގެ ކުރީގެ ސަރުކާރުތަކުގެ މައްސަލަތަށްވެސް ބަލަންވާނެ. ވަކިބަޔަކަށްވީތީ ނުބަލާ ދޫކުރުމަކީ ކޮން ހަމައެއް؟ ޚާއްސަކޮށް 8 ގެ ބޮޑުހުޅު.
ހަސަންބެ.
26 June 2019
ޔާމީން ޖަލަށް ލާން ހާދަ ފޯރިއެއް މިމީހުން އެބަހުއްޓޭދޯ. ސަރުކާރުގައި ތިބޭ އެންމެން ހިންގާ ކަންތަކުގެ ޒިންމާ އެވަގުތެއްގައި ހުންނަ ރައީސް ބޮލަށް ކަޑާލާ އެބޭފުޅަކާއި ދޭތެރޭ ދައުވާއެއްނުކުރެވޭނެ. ޔާމީން ކޮށްފައި ހުރި އެއްވެސް ކުށެއްނޮއޮންނާނެ. މިއަދު މަޖިލީސްގެ މެމްބަރަކު ވަރަށް ސަޅިވާހަކައެއްބުނި. ކުޑަކުދިންގެ ހިޔާގައި ހުރި ކުޑަކުއްޖަކު ގެއްލުނު މައްސަލާގައި އިބޫ އެކުއްޖާގެއްލުވާލި ކަމަށް އެހެންވަންޔާ ދައުވާކުރެވެންވާނެ،.