ލިންކް ސާވްގެ ފިހާރައެއް: އެ ފިހާރައިގެ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާ ކަމަށް މިއަދު ބުނެވުނީ އޮޅުމަކުން ކަމަށް ފުލުހުން ބުނޭ.---ފޮޓޯ: މިހާރު
27 ޖޫން 2019 - 13:45
މާލޭގެ އަބަދަށްފެހިމަގުގައި ހުންނަ ލިންކް ސާވްގެ އޮފީހެއް ފަޅާލައި، އެ ފިހާރައިގެ ދެ ތިޖޫރިއެއް ވަގަށް ނަގާފައިވާ ކަމަށް ބުނެ މައުލޫމާތު ފެތުރުނީ އޮޅުމަކުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާ އަށް ކުރިން ބުނެފައި ވަނީ، ލިންކް ސާވްގެ އޮފީސް ފަޅާލައިގެން އެ ތަނުގެ ދެ ތިޖޫރިއެއް ގެންގޮސްފައިވާ ކަމަށް ބުނެ މިއަދު ހެނދުނު 8:21 ހާއިރު މައްސަލައެއް ލިބިފައިވާ ކަމަށެވެ. އެ ތަނުން އެއް ތިޖޫރީގައި 4،000ރ. އަދި ދެން ހުރި ތިޖޫރީގައި ފައިސާއެއް ނެތް ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
އެކަމަކު، މީގެ އިރުކޮޅެއް ކުރިން ފުލުހުން އެކަން އިސްލާހުކޮށް، މީޑިއާ ގައި ބުނީ ފަޅާލާފައި ވަނީ ލިންކް ސާވްގެ އޮފީސް ނޫން ކަމަށެވެ. އެއީ މައުލޫމާތު ކުށެއް ކަމަށް ފާހަގަކޮށް، ފަހުން ފުލުހުން ބުނިގޮތުގައި ފަޅާލާފައި ވަނީ ރެޑްބޮކްސްގެ އޮފީހެވެ.
"[ފަޅާލާފައި ވަނީ] ލިންކް ސާވްގެ ފިހާރައެއް ކަމަށް ބުނެވިފައި ވަނީ މައުލޫމާތުގެ ކުށަކުން. ވީމާ މި ކުށަށް މާފަށް އެދެން،" ފުލުހުންގެ ރަސްމީ މީޑިއާ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖުގައި ފުލުހުން ބުންޏެވެ.
ރެޑް ބޮކްސް އަކީ ވެސް ލިންކް ސާވްގެ މެނޭޖްމަންޓުން ހިންގަމުން އަންނަ ތަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީ
27 June 2019
ސޭމް ޕީޕަލް، ޑިފަރެންޓް ނޭމް... ސޯ؟ ދެޓްސް ވެރީމަޗް ސޭމް..
ހީ ހީ ހަލާކު
27 June 2019
ލިންކް ސާވް އޮފީސް ހުންނަނީ ހަދީބީ މަގުގަ. ރެޑް ބޮކްސް އޮފީސް ހުންނީ އަބަދަށް ފެހިމަގުގަ. ނަމަވެސް މިއޮޅުން އަރާފާނެދޯ. ދެނަން އެއްގޮތްކަމުން. އަދި ދެމަގުވެސް ހަމަ އެއްގޮތްކަމުން. ފުލުހުން ގެ ޤާބިލްކަމަށް ހަމަ 100.
ބަނާނާ ޕީ
27 June 2019
ލިންކް ސާވް އަދި ރެޑް ބޮކްސް މިއީ ވަަރަށް އެއްވައްތަރު ދެނަން. އެހެންވީމާ ހަމަ އޮޅިދާނެ.
މަރޭމިތުރު
27 June 2019
ފުލުހުންގެ މައުލޫމާތު އޮޅުމީ ވަރަށްބޮޑު ގޯހެކޭ! ފުލުހައްކުރާ އިތުބާރުތައް ރައްޔިތުންހިތުން ގެއްލޭކަމެކޭ!...................................... ފުލުހުން ހިއްސާކުރާ މައުލޫމާތަކީ ކަށަވަރު މައުލޫމާތަކަށް ވާންޖެހޭ!!!!
ޖަމްބޯ
27 June 2019
ރަނގަޅަށް ވިއްކާ ވަގު ކަލޭގެއަށްވެސް އޮޅުމަކުން ނުބައި ފިހާރައެއް ތޯއްޗެއް ތި ފަޅާލެވުނީ