ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގެ ރިޔާސަތުގައި.---ފޮޓޯ: މަޖިލިސް
27 ޖޫން 2019 - 16:21
ގާނޫނު ހަދާ މަޖިލިސްތަކުގެ ބައިނަލްއަގްވާމީ ޖަމިއްޔާ، އިންޓަ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް މިއަދު ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން ސާކްގެ ހަތް ގައުމާއި މިއަންމާގެ ގާނޫނު ހަދާ މަޖިލިހުގެ ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ސާކްގައި ރާއްޖެއާ އެކު ދެން ހިމެނެނީ އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން، ސްރީ ލަންކާ އެވެ. އޭޝިއާގެ ގައުމެއް ކަމަށްވާ މިޔަންމާ އަކީ ސާކްގައި ހިމެނޭ ގައުމެއް ނޫނެވެ.
މި ބައްދަލުވުން އޮންނާނީ އަންނަ ސެޕްޓެމްބަރު 1-3 ކަމަށް ޒިޔާއު ވިދާޅުވި އެވެ.
އެކަމަކު، ބައްދަލުވުން ބާއްވާނެ ތަނެއް އަދި ނިންމާފައި ނުވާ ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ. ޒިޔާއު ވިދާޅުވި ގޮތުގައި ނަޝީދުގެ ވިސްނުންފުޅު ހުރީ މަޖިލިހުގައި އެ ބައްދަލުވުން ބޭއްވުމަށެވެ.
ސައުތު އޭޝިއަން ސްޕީކާސް ސަމިޓުގެ ހަތަރު ވަނަ ބައްދަލުވުމުގައި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ. މިއީ، ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ އެންމެ މަތީ ފެންވަރުގެ އެއް ބައްދަލުވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
28 June 2019
ސާކް ސަމިޓްފަދަ “އީދެއް” އަނެއްކާވެސް އީކްއޭޓާރގައިބޭއްވުމުގެފުރުސަތު އިއްޒަތްތެރި ރައީސަށްލިބިވަޑައިގެންފި. * * އިންޓަރ ޕާލަމެންޓްރީ ޔޫނިއަންގެބައްދަލުވުން ކޮންމެހެން ހަލަބޮލި މާލޭގެ އިދާރީއޮފީސްތަކުގެސަހައްދުގައިހުރި ވަށައިގެން 20 ފޫޓު އުސްފާރުންފޮރުވިފައިވާތަނެއްގައި ބޭއްވުމުގެބަދަލުގައި “ޖަޒީރާވަންތަ” ވެއްޓެއްގައި އުފާވެރިކަމާއި، ރައްކާތެރިކަމުގެ އިތުރަށް ތަރައްޤީގެފިޔަވަޅަކަށްފުދޭގޮތަށް އައްޑޫ ޝަންގްލިރާޒް ރިސޯޓް ތިކަމަށް ޙިޔާރުކުރައްވާ.
ނިފޫ
27 June 2019
ކަޓު ސައުތް އޭސިއާ ގައުމުތައް ދޯ
ޝޮކްތެރަޕީ
27 June 2019
މަކަރު ވެރިންވެސް ރާއްޖޭގަ އުޅޭ ތެދުވެރިންނަ ވެގެން.
ދެންތާއެވެ
27 June 2019
ޢަންސަން ސޫކީ އަށް ދައުވަތުދީ!
މާޝާ
27 June 2019
ހުސްޗަރުކޭސް ތިޔަ ބައްދަލުވުން ބާއްވާގެން ރާއްޖޭގެ އިޤްތިސާދަށް ލިބޭނެ ކުރިއެރުމެއްނެތް. ދައުލަތުން އިތުރު ޚަރަދަހިގާނީ