ފުލުހުން މަގުމަތި ޕެޓްރޯލް ކުރަނީ
27 ޖޫން 2019 - 20:42
ކުޑަކުއްޖަކު ގޮވައިގެން އިނދެ ފުލުހުންނާ ހުތުރު ބަހުން މުއާމަލާތުކޮށް މާރާމާރީ ހިންގި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުސް އޮފީހުން ބުނީ މިއަދު 1:15 ހާއިރު ވަންވޭގެ އިދިކޮޅަށް އަމީނީ މަގުން ކޯރުކެނޑިމަގަށް ދުއްވި މީހަކު ހުއްޓުވައި އޭނާއަށް ނަސޭހަތްތެރިވުމުން، ފުލުސް މީހާއާ ދިމާއަށް ހުތުރުބަހުން މުއާމަލާތުކޮށް މާރާމާރީ ހިންގާފައިވާ ކަމަށެވެ.
މިކަން ކުރި 31 އަހަރުގެ ދިވެހި ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަށް އަހަރުގެ ކުއްޖެއް އަރުވައިގެން ދިޔަ ސައިކަލެއް މިދިޔަ މަހުގެ ތެރޭގައި އެކްސިޑެންޓުވެ، އެ ދުއްވަން އިން މީހާއަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އަދި ކުޑަކުދިން ގޮވައިގެން، ގަވައިދާ ހިލާފަށް ސައިކަލު ދުއްވާ މައްސަލަތައް ފަހަކަށް އައިސް ވަނީ ފެންމަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާޖާ
30 June 2019
ފުލުހުން ކޮމެންޓް ކުރަން ނިކުމެއްޖެ ހެން ހީވޭ ކޮމެންޓްތައް ބަލާލީމާ.. ހިތްވަރުކޮށްލާ.. މީހުން ތަޅާ ތިކޮށްފަ ގޮސް މީޑިއާ އަރާ ފުލުހުންނަށޭ އަނިޔާވީ ބުނާތީ އަޑު އިވެނީ.
ކަރުކެހި
28 June 2019
ނުގަވައިދުން ދުއްވަންޔާމު ހައްޔަރުކުރެވޭނެ އަދަބުލިބޭނެ.. ފުލުހުންނައް ކުރާއަނިޔާއަކީ ގަދަކަންދައްކަން ވެގެން ކުރާއަނިޔާ މިކަހަލައަނިޔާ ކުރާމީހުންނަކީ އެއްވެސް ތާކުންތާކުނުޖެހޭ މީހުންކުރާކަމެއް
އަސްތާ
30 June 2019
ފުލުހުންވެސް ޤާނޫނީ އިމުން ބޭރުވެގެން އުޅެވޭނީ ވަކިވަރަކަށް ރައްޔިތުން މަގުމައްޗަށް ނުކުތީމަކާ މާކަ ރީއްޗެއް ނުވާނެ. މަގުމަތީ ޓްރެފިކް ކުޑަމިނުން ކޮންޓްރޯލް ކުރަން ނޭގޭ ބަޔަކަށް ކޮން ކަމެއް ކުރެވޭނީ. ކޯނެއް ޖަހާލީމާ އެ ދެން މާ ބާރުގަދަ އެއްޗެއް.
ލަންބެ
28 June 2019
މައްސަލަ ދިމާވަނީ ގާނޫނު ތަންފީޒު ނުކުރެވޭތީ، މީގެ ކުރީގައި މައުމޫނު ދައުރުތަކުގެ ފުރަތަމަ ކޮޅު ތިމައްސަލައެއް ނުނުކުމެ، ބަޔަކު ފުލުހުންނާއި، ސިފައިންގެ ބާރު ކަނޑުވާލީ، މިހާރު ގާނޫނު ތަންފީޒުކުރާ ފަރާތްތަށް ތިބީ އަތް ބަނދެވިފަ، ދިވެހިން ކީއްކުރަން ބަންގާޅީންވެސް މިގައުމުގައި އުޅޭނީ ބޭނުން ގޮތަކަށް،
ލަކި
28 June 2019
އެއްލަކިން ލައިސަންސް ދީފަ ދެވަނަ ލަކިން ހައްޔަރުކުރޭ!! ސާބަހޭ ލަކިލަކި!
ޗިޗަންޑާނަވާރަ
28 June 2019
އަލަށްތަ؟ މި ދިޔަ 5 އަހަރުވެސް ތިކަން އޮތް... ދަސްކޮށް ދީފަ ކަންކަމާ ހަވާލުވީމަ ލޮލަށް ހެރޭނެ އިލޮށި
ދާދޭ
28 June 2019
ހަރުކަށި އަދަބުދީ. ގަވާއިދާ ޚިލާފުވުމާ، ފުލުހަކު އަދާކުރަންޖެހޭ ވަޒީފާއަށް ހުރަސް އެޅުމާއި މާރާމާރީ ހިންގުމާއި މުޖުތަމައުގެ އަޚްލަާގާ ޚިލާފުވި ކަންކަމަށް ވަކިވަކިން ޖުރިމާނާ ކޮށްލާ. ލައިސަންސް ހިފެހެއްޓިޔަސް ތިމީހުން ދުއްވާނެ.
އެޑްމުންޑޯ
28 June 2019
ތިމީހާ ދޫކޮއްގެން ނުވާނެ އެހާ ފަސޭހައިން ، ތިފަދަމީހުންނަށް އަދަބްލިބިގެން ގައުމުގެ ހާލަތު ރަގަޅުވާނީ
އިޖުރާތް
28 June 2019
އަދުލު އިންސާފު މިހާރު ކަށަވަރުވެ ފަނޑިޔާރުގެ މިނިވަންވާ ވަރަކަށް ތިޔަ ކަހަލަ ކިތަންމެ މަންޒަރެއް ފެންނާނެ.
ޕަބްޖީ
27 June 2019
ބޮޓެއް
ކަބުރު
28 June 2019
އެހެންވީމަ ރާއްޖޭގަ ގިނައީ ތިކަހަލަ ބޮޓުން
މަޖޫރީ
27 June 2019
ބޮޑެތި ސައިކަލުގައި ބުރު ޖަހާއިރު ތަޅުދަނޑި ފައްޗާއި ސިގިރޭޓް ފޮށްޓާއި ވޮލެޓް އަތަށް ލައިގެން ދުއްވާ މީހުން ފުލުހުން ބުނާ ބަހަކަށް ތަބާ ނުވާނެ ނުވެސް ކުރުވޭނެ. ތިޔަ މީހާ އަށް ވެސް އެއްވެސް ކަމެއް ނުވާނެ. ޔަގީން ކަމާއެކު މިބުނަނީ. ގަޔާ ވިޔަސް ނުވިޔަސް މިއީ ގިނަ މީހުން ގަބޫލުކުރާ ގޮތް. އަޅެ ބަލަމާ ދޯ?!