ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝައުނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
27 ޖޫން 2019 - 23:17
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2.4 މިލިއަން ރުފިޔާގެ ލޯނު ހަމަޖެހުނީ ސިޔާސީ މަގާމަކަށް ވަޑައިގަތުމުގެ ދޮޅު އަހަރު ކުރިން ކަމަށާއި އެ ލޯނު ހޯދުމުގައި ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ މިރޭ ވިދާޅުވެއްޖެ އެވެ.
ގައުމީ ބޭންކް، ބީއެމްއެލްގެ ހޯމް ލޯން ސްކީމަށް ހުށަހަޅުއްވައިގެން ޝައުނާ އަށް ބޮޑު ލޯނެއް ލިބުނު ގޮތަކާ މެދު ބައެއް މީހުން ސޯޝަލް މީޑިއާގައި ދަނީ ސުވާލު އުފައްދަމުންނެވެ. އެމީހުން ގަބޫލު ކުރި ގޮތުގައި ޝައުނާ އަށް ލޯނު ލިބުނީ ސިޔާސީ މަގާމެއްގައި ހުންނަވައި، ނުފޫޒު ފޯރުވައިގެންނެވެ.
އެ ތުހުމަތުތައް ދޮގު ކުރައްވައި ޝައުނާ "މިހާރު" އަށް ވިދާޅުވީ ބީއެމްއެލް އިން ލޯން ހޯދުމަށް ހުށަހެޅުއްވީ 2016 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި ލޯނު 2017 ގައި ހަމަޖެހުނު އިރު، ކޮންޓްރެކްޓުގައި ސޮއިކުރެއްވީ މިދިޔަ އަހަރު ކަމަށް ޝައުނާ ވިދާޅުވި އެވެ. އެ ލޯނު ހޯދަން ހުށަހެޅުއްވީ ފިރިމީހާ ތޯރިގް ހާމިދުއާ ގުޅިވަޑައިގެން "ޖޮއިންޓް ލޯނެއްގެ ގޮތުގައި" ކަމަށް ވިދާޅުވި އެވެ.
BML loan discussed here is a joint home loan w/ my husband. We applied for it in 2016 and was first approved in 2017. At the time our combined income was mvr 66,500. Since we are both under 35, we were eligible to use 100% of our pensions saving for equity requirement of the loan https://t.co/plFMWlleJp
— Shauna Aminath 🎈❓ (@anuahsa) June 27, 2019
ޝައުނާ މިއަދު ކުރެއްވި ޓުވީޓެއް.
"މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ލޯން ހޯދީ ބުނާ އިރު، އަޅުގަނޑުމެން އޭރުގައި ތިބީ އިދިކޮޅު ބައެއްގެ ގޮތުގައި. ދޮޅު އަހަރު ކުރިން އެޕްރޫވްކޮށްފައި އޮތް ލޯނެއް އެއީ،" ޝައުނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލޯނަށް އެދި ބޭންކަށް ހުށަހެޅުއްވި އިރު، ދެ ބޭފުޅުންނަށް ލިބޭ އާމްދަނީގެ އަދަދު ވެސް ހިމެނުއްވި ކަމަށެވެ. އެގޮތުން ދެ ބޭފުޅުންނަށް 66،000ރ. އޭރު ލިބިވަޑައިގެންނެވި ކަމަށް ޝައުނާ ވިދާޅުވި އެވެ.
ޝައުނާ އަށް މިހާރު ސަރުކާރުން މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 46،000ރ. އެވެ.
ރައީސް އޮފީހަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލީ ބަޔާން ހުށަހެޅުއްވި އިރު، ދަރަނީގެ އެ ހުރިހާ މައުލޫމާތެއް އެނގެން ހުންނާނެ ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސިޔާސީ މަގާމާ ހަވާލުވެވަޑައިގަތުމުގެ ހަ މަސް ކުރިން ލިބިވަޑައިގެންނެވި މައުލޫމާތު ވެސް އެ އޮފީހުގައި ހުންނާނެ ކަމަށެވެ.
އެގޮތުން އާމްދަނީގެ ބައިން މުސާރައިގެ ގޮތުގައި ހަ މަސް ތެރޭގައި 90،000ރ. ލިބިވަޑައިގެންނެވި ކަމަށް ޝައުނާ ވިދާޅުވި އެވެ. މުސާރައިގެ އިތުރުން ޕީއާރު ކޮންސަލްޓެންސީ މަސައްކަތް ކުރައްވައިގެން މަހަކު 23،000ރ. ލިބިވަޑައިގެންނެވި އެވެ.
"ބަޔަކަށް ހީވީ މިހާރު ލިބެނީ 90،000ރ. އޭ. އެކަމަކު އެވަރެއް ނުލިބޭ،" ޝައުނާ ވިދާޅުވި އެވެ.
ޝައުނާ ވަނީ މަގާމުގައި ހުންނެވިހާ ހިނދު، ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ނުކުރަން. ނުވަސް ކުރާނަން. އެކަމަށް މަގުފަހިވާ ކަމެއް ނުކުރާނަން. މަގާމުގެ ނުފޫޒެއް ވެސް ބޭނުމެއް ނުކުރާނަން،" ޝައުނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްތާޛްޒަކީ
30 June 2019
ލޯން އޮތީ މާކުރިން ހަމަޖެހިފައި އެކަމަކު ފައިސާ ލިބޭނެ ގޮތެއް ނުވި. މިހާރު ދެން ހާލަތު ވެސް ބަދަލުވެ ފައިސާ ވެސް ލިބުނިއްޔޯ! ކޮބައިތޯ މައްސަލަ އަކީ! ބައެއް ކަންކަން އެބަ ރަގަޅު ވެސް ވޭ ނޫންތޯ އެވެ.
ދޮންމަނިކު
29 June 2019
ބަލަ ޝައުނާ ވިއްޔާ އޭނާ އަށް ހައްގުތަކެއް ނެތީތަ؟ ނުޖެހޭ އޭނާ އަށް ލިބުނު ބޭންކު ލޯނެއްގެ ވާހަކަ މިގޮތަށް ކިތައިދޭކަށް. ސާފުކުރަން ބޭނުން މީހަކު ބޭންކުން އެހީމަ ނިމުނީނުން. މީހުންނާ އަޅައިގަތަސް ބޮޑު ވަރު!
ލުނބޯ އަހްމަދު
29 June 2019
ޒިންމާ ނަގަން ދަސްކޮށްބަލަ . މިހާރު ދެން ކުރީގެ ސަރުކާރު ބޮލަށް ކަނޑާލާގެން ތިކަމެއް ނުވާނެ.
ވަހީދު
29 June 2019
ޔާމީނު ވެސް ބުނަނީ ކުރިން ހަމަ ޖެހިފައި އޭ އޮތީ. އެއްތާކު ދޯ މިޖެހެނީ.
ދޯދޯ
29 June 2019
ޝިއުނާ އަށް ކުރާ ތަހުމަތު ތަކަށް ޖަވާބު ދެއްވާފި
ތިނަދޫ ބޮޑޭ
29 June 2019
ޒީރޯ ޓޮލެރެންސް. ތިނަދޫ އައިސްޕަލާންޓްގެ މެނޭޖަރުގެ ޝަރުތަކީ ކޮންމެވެސް މަސައްކަތަކުން 6 އަހަރުގެ ތަޖުރިބާ. މުސާރަ 19000ރުފިޔާ. މިއޮތްހާދުވަހު އުޅުނީ މަސްވެރިމަުގަ. އިނގޭ ކަމެއް ހަރާމް. ކިޔަވައިގެންތިބި މީހުންނަށް މަލާމާތްކުރުން. މިއީ ޕާޓީކުދިންނަށް ރައްޔިތުންގެ ފައިސާއިން ހަދިޔާ ބެހުން.
ބޮޑުމީހާ
29 June 2019
ޝައުނާއަށް ވެސް ބޯހިޔާވެހިކަން ތި ލިބުނީ. ކޮބާތަ އާއްމު މީހާއަށް. ކޮބާހޭ ވައުދުވި ފްލެޓް. ބިންގާ އަޅައިގެން ވޯޓެއް ނުދޭނަނަން
ބައްސާމް ޢަލީ
28 June 2019
ކޮރަޕްޝަނަށް މަގު ފަހިވާކަމެއް ނުކޮށް ޒީރޯ ޓޮލަރެންސް ދީގެން ނޫންތޯ އެކިއެކި މިނިސްޓްރީތަކުން ބޭރުގެ މީހުންގެންނަ އެކިއެކި މަޝްރޫޢުތައް އަނބުރާ ފޮނުވާލީމާ ރައީސް އޮފީހުގައި ހަމަ އެމިނިސްޓްރީތަކުގެ ވެރިން ގެނެސް ހަމަ އެމަޝްރޫޢުތައް އަލުން ބަލމުން ތިޔަ ގެންދަނީ.ނޫނޭ ވާ ހަމަ ޕީ.އާރު.މަސައްކަތް ރަގަޅަށް އެބަކުރެވެއެވެ.
ޙަސަންދީ
28 June 2019
ފާޑުކިޔަސް އަދި ކޮމެންޓް ކުރިޔަސް ހަޤީގަތް އޮޅުވާލާގެން ނުވާނެ ހަމަ އެހެންމެ ޒާތީވެ ފިތުނަ އުފައްދައިގެންވެސް ނުވާނެ ބޭންކުން އެފަރާތައް ދޫކުރި ލޯން ދޫކޮށްފައި އެވަނީ އެޤާބިލްކަން ހުރުމުން މަސައްކަތް ކުރުމުން ޤާބިލް ކޮންމެ މީހަކައްވެސް ލޯން ބޭންކުން ދޫކުރާނެ ބޭންކް ތަކަކީ ސިޔާސީ ޖަގަހައެއް ކަމައްދެކި އަދި ތިމާއައް ލޯން ނުލިބޭނެ ކަމައް ދެކުމަކީ އެހެން މީހުންގެ އަބުރު ވެއްޔާ މޮޑެލަން ޖެހޭ ސަބަބަކައް ނަހައްދަވައި ގަދަ އަޅައި މަސައްކަތް ކުރަމާތޯ...
ގުދުގުދާ
29 June 2019
ހުޅުމާލެއިން ރިނާޓަސް އެޕާޓްމަންޓް ބިލްޑިންގ އިން ފުލެޓެއްގަތުމަށް އިސްލާމިކް ބޭންކް ގެ ފޯމް ފުރިހަމަ ކޮއް ލީތާ 3 މަސްދުވަހުގެ ތެރޭގައި މަށައްފުލެޓްލިބިފައިވަނީ! މާލޭ މަގޭ ގެ އަޅަން އެޗެޑީއެފްސީ އިން 20 އަހަރު ދުވަހުގެ ލޯން ނަގާފައި ބާކީ ނުދެއްކި އޮތް ދެލައްކަ ރުފިޔާ އޮއްވަ ލޯނު ހަމަޖެހުނީ! ސަބަބަކީ މަށަކީ ބަރާބަރަށް ލޯނުދައްކާ އަދި ޢާއްމުދަނީގެ ގޮތުގައި 45ހާސްލިބޭ މީހަކަށްވާތީ!
ކިވެލް
28 June 2019
42 ހާސް ޕިސްޕިސް