ޕީޕީއެމުން މިރޭ ބޭއްވި އެއްވުމުގައި އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީނާއި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު ނިހާން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
05 ޖުލައި 2019 - 00:35
ވެރިކަމުގެ ބާރުލިބޭ ދުވަހަކުން މި ސަރުކާރުން ހަދާފައިވާ އެގްރިމެންޓްތައް އެފުށް މިފުށަށް ޖަހާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ގެއްލުނު ފަހުން ސަރުކާރާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީން ބޭއްވި ފުރަތަމަ ޖަލްސާގައި ޔާމީން ވިދާޅުވީ މީގެ ކުރިން ވެސް އެންމެ ބޮޑަށް ވަކާލާތުކުރެއްވީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ހަރުމުދާ ދިނުމާ ދެކޮޅަށް ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫންކަމަށް، "ފޭރުމާ ދެކޮޅަށް" ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމުން މިރޭ ބޭއްވި އެއްވުމުގައި އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"މާތްﷲގެ ރަހުމަތާ އެކު ސަރުކާރު ބަދަލުވެއްޖެ ނަމަ ނުވަތަ އަޅުގަނޑުމެންގެ ބާރު ހިނގާ ސަރުކާރެއް އަތުވެއްޖެ ނަމަ މި ހުރިހާ އެގްރިމަންޓެއް އެފުށް މިފުށަށް ޖަހާނަން،" ގިނަ ދުވަސްތަކަކަށް ފަހު އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެން ޔާމީން ވިދާޅުވި އެވެ.
ނަމަވެސް އެއީ ކޮން އެގްރިމެންޓުތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ. އެކަމަކު މި ސަރުކާރުން ދަނީ ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމުގެ ބޮޑު އެއްބަސްވުމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ މައްސަލަ މިހާރު އޮތީ މަޖިލީހުގަ އެވެ. އޭގެ އިތުރުން ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފެރީ ނިޒާމެއް ގާއިމްކުރުމުގެ އެއްބަސްވުމެއް ވެސް ގާއިމްކޮށްފައިވެ އެވެ. އެ މަސައްކަތަށް އިންޑިޔާގެ ކެބިނެޓުން ވަނީ ރުހުންދީފަ އެވެ.
އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި އެއްވުމުގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ޔާމީން ވަނީ މި ސަރުކާރުން ޖުޑީޝަރީ ފޭރިގަނެފައިވާ ކަމަށް ވިދާޅުވެ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ހިތުހުރިގޮތަކަށް ކަންތައްތައް ކުރެވޭނެ ކަމެއް ނޫންކަމަށް ދެ ޕާޓީގެ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ޔާމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
disgusting
06 July 2019
އެހެންމީހަކު ބުނިވާހަކައެއްނަމަ، ޖަލުހުކުމް އަންނާނެ ޔަމީން އަންޓަޗަބަލް!
އެމްސް
06 July 2019
ޙައިރާނެއް ނުވަން؛ ޖީއެމްއާރުގެ އެގްރީމެންޓަށާއި ދެންވެސް އެހެން ކޮށްފަހުރި ކަންކަމުން އެކަނިވެސް ޤައުމުވަނީ ބަގުރޫޓް ކޮށްލާފަތާ!
ޙަބީބު
06 July 2019
މަށަކީވެސް އެމްޑީޕީ ސަޕޯޓަރެއް ނަމަވެސް އެމްޑީޕީ ދެކެ އެންމެފޫހިވަނީ އިންޑިޔާއާ މާބޮޑައް އަޅައިގަނެގެން އުޅޭތީ ދުނިޔޭގަ މިނިވަން ކަމާއެކު ޖަނަވާރަކައްވެސް އިންސާނަކައްވެސް އުޅެވޭ ގައުމެއްނޫން އިންޑިޔާތީ
ހާހުންގާނު
06 July 2019
ޗައިނާގަޔޯ؟ ސައުދީގަޔޯ؟
ޙފޖސޖޖދ
06 July 2019
ޗައިނާ އާ ސައުދީ މީހުންތައް މިތަނަށް ވެރިވާން އުޅެނީ
ސަރަފަކައްދަ
05 July 2019
ނުކަތާ ވަރުގެ ބޮޑު ބިމަކާއި އިންސާނާ ނުފެންނަ ވަރަށް ވަށައިގެން ސެކިއުރިޓީން ދިނީމާ ތިޔަ ހޭވީ ކޮން ހަޑިއެއް! ބޯހަލާކު!
މާރަނގާ - އައްޑޫ ސިޓީ
05 July 2019
ޔާމިންގެ “ސިޔާސީހަޔާތަށް ހުރަހަކަށްވެދާނެކަމަށް” ހީކުރެވުނު ޕާޓީގެ މެންބަރު އަދި ޤާނޫނުހަދާ މަޖިލިސްމެންބަރު ޑރ އަފްރާޝިމް އަލީ އާއި، ޔާމިންގެ ވާހަކަ ނޫސްމެދުވެރިކޮށް ގެނެސްދެމުންގެންދިޔަ ރިލުވާން އަހްމަދު އާއި ސޯޝަލް މީޑިޔާގައި މަޤުބޫލު ތޫނުފިލި ޒުވާނާ ސޮފްޓްވެއަރ އިންޖިނޭރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަޙްޤީގުކޮށް ޝަރީއަތަށް ހުށަހެޅުމުން “މުޅި މާހައުލު އެފުއްމިފުށަށް ޖެހޭނެ”ކަންވެސް ހަދާނުގައި ބަހައްޓާންޖެހޭނެ. ނުބައިމަންޒަރު ދައްކަންނޫޅޭ.
ތުއްތޫ
05 July 2019
އެގުރިމެންޓާއި ހަވާލުވާން އާދޭ
މާރަނގާ - އައްޑޫ ސިޓީ
05 July 2019
ތިޔަބުނާ ކަމެއްކުރުމަށް ދުނިޔެވެސް އެފުއްމިފުށަށް ޖެހެންވާނެ ނޫންތޯ ؟ * * ރޮބާރޓް މޮގާބޭ އާއި ނަޖީބް ރައްޒާޤު، ނަވާޒު ޝަރީފު އަދި ރާޖަޕަކްޝަރ އާއި އެކުއެކީ ޔާމިން އަބުދުލް ޤާއްޔޫމްގެ ވެރިކަން ރައްޔިތުން ބަދަލުކުރިތަން ފެނުނު. * * މިދެންނެވި މީހުންނަކީ “އެ ޤައުމުތަކުގެ ރައްޔިތުންގެ މައްޗަށް ކޮންފަދަ އަނިޔާވެރިވެރިކަން ކުރިބައެއްކަން” ދުނިޔޭގެ ތާރީޙްތަކުގައި އެވަނީ ލިޔެވިފައި. * * ޔާމީނަކަށް ދެން މިރާއްޖޭގެވެރިކަމެއް ނިލިބޭނެ. ބިންގަރާހުގައި އޮވޭ.
ރުޅި ނާރުވާ
05 July 2019
ރައްޔިތުންނަށް މި ސަރުކާރުން ފުރުޞަތު ދީފިއްޔާ ރައްޔިތުން ނުކުމެ ތި ބޭފުޅާ އެ ފުށް މި ފުށަށް ޖަހާނެކަން ޔަގީން!
ތުއްތުނާ
05 July 2019
ހަރު މުދަލުގެ ވާހަކަ ދައްކަން ލަދެއްވެސް ނުގަންނަވާ........ މަނިކުފާނުގެ ވެރިކަމުގައި ދައުލަތުގެ ބިން ދާއިމީކޮށް ވިއްކުމަށް ގާނޫނު އަސާސީ ބަދަލުކޮށްގެން ސައުދީ ރަސްގެފާނަށް ފާފު އަތޮޅު ވިއްކަން އުޅުނު ހަނދާން ރައްޔިތުން އެބަހުރި.......
ޓިނު
05 July 2019
އެއިރުދޯ ދެންއަނަ ބަޔަކަށް އެކަމުން ސަލާމަތް ނުވެވިގެންއުޅޭނީ ؟