ކ. މާފުށީގައި މޫދަށް އެރި އުޅެނިކޮށް ހަތަރު އަހަރުގެ ކުއްޖަކު މިއަދު ގެނބިގެން މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މަރުވީ، ފުވައްމުލަކު، އިތާ، ކިޔާން އަބްދުﷲ ޚާލިދެވެ.
ފުލުހުން ބުނީ އާއިލާ އެކު ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު ކުއްޖާ ގެނބިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ އެކު އެ ސަރަހައްދަށް ދިޔައިރު އޭނާ ވަނީ ސިއްހީ މަރުކަޒަށް ގެންގޮސްފައި ކަަމަށެވެ. އޭރު ވެސް އެ ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގި ގޮތެއް އަދި ސާފެއް ނުވެ އެވެ.
ފުލުހުން އަންނަނީ އެކަން ތަހުގީގު ކުރަމުންނެވެ.
ހަފުތާ ބަންދުގައި މޫދަށް އެރުމަށާއި ޗުއްޓީ ހޭދަކުރަން ގިނަ ބަޔަކު މާފުއްޓަށް ދެ އެވެ.