07 ޖުލައި 2019 - 12:31
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ތަންފީޒު ކުރާތާ ފަސް އަހަރު ފަހުން ފުރަތަމަ ފަހަރަށް އާންމު އަޑު އެހުމެއް މާދަމާ ބާއްވަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމައިފި އެވެ.
އެ އަޑު އެހުންތައް ބާއްވަނީ މާދަމާ އާއި ބުދަ ދުވަހުގެ އިތުރުން ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖަހާއިރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގަ އެވެ.
އީސީން ނުދީގެން އުޅެނީ ލ. މުންޑޫ ކައުންސިލް އިދާރާއިން ބޭނުންވާ މައުލޫމާތުތަކެކެވެ. އެކަމަކު އެއީ ކޮން ކަމަކާ ގުޅޭ މައުލޫމާތެއް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ވާ ގޮތުން ހޯދަން އެދޭ މައުލޫމާތެއް ނުލިބިއްޖެ ނަމަ، އާންމު އަޑުއެހުމަކަށް ދާން ޖެހެ އެވެ. އެކަމަކު މިއީ އެ ގާނޫނަށް އަމަލްކުރަން ފެށި ފަހުން ރާއްޖޭގައި އެގޮތަށް ބާއްވާ އާންމު ފުރަތަމަ އަޑުއެހުމެވެ.
އާއްމު އަޑު އެހުމުގައި މައުލޫމާތު ހޯދަން ބޭނުންވާ ފަރާތުން މައުލޫމާތު ބޭނުންވާ ސަބަބު ބުނެދޭން ޖެހެ އެވެ. އަދި އެ މައުލޫމާތު ނުދެނީ ކީއްވެގެންކަން އިލެކްޝަންސް ކޮމިޝަނުން ބުނެދޭން ޖެހެ އެވެ. ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު އެ ކަމާ މެދު ގޮތެއް ނިންމާނީ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.
ކޮމިޝަނަރުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުން ކޯޓުގައި އިިސްތިއުނާފު ކުރެވެ އެވެ.
ކޮމިޝަނާ އަޒީޒް "މިހާރު" އަށް ވިދާޅުވީ އާންމު އަޑު އެހުމެއް ބާއްވަން ޖެހުނީ އެކި ގޮތްގޮތުން މަސައްކަތް ކުރައްވައިގެން ވެސް އެ މައްސަލައަށް ހައްލެއް ނައުމުން ކަމަށެވެ. މީގެ ކުރިން އެފަދަ މައްސަލަތައް ހައްލުކޮށްފައިވަނީ ވާހަކަ ދައްކައިގެން ކަމަށާއި މިއީ ވާހަކަ ދައްކައިގެން ހައްލު ނުވި ފުރަތަމަ ފަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް އެ މައުލޫމާތު ފޮނުވުމަށް އެންގުމުން ވެސް އެކަމާ ވެސް އިންކާރުކުރީ [އިލެކްޝަންސް އިން]. އެހެންވީމަ ޑިޕްލޮމެޓިކްކޮށް ވާހަކަ ދައްކައިގެން ހައްލު ނުވީމަ އާންމު އަޑު އެހުމަކަށް ދާން ޖެހުނީ،" އަޒީޒް ވިދާޅުވި އެވެ.
މި މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ލަފައެއް ވެސް ހޯދައިފަ އެވެ. އެގޮތުން މުންޑޫ ކައުންސިލުން ހޯދަން އެދިފައިވަނީ ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ މައުލޫމާތުތަކެއް ކަމަށް ވާތީ އެކޮމެޓީން ލަފާ ދިނީ އެ މައުލޫމާތު ނުދިނުމަށެވެ.
މީގެ ފަސް އަހަރު ކުރިން ފާސްކޮށްފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމަށް ބާރުއަޅާ ގާނޫނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީމަން ޒާހިރު
07 July 2019
އެހެން މުވައްސަސާތަކަށް ވުރެން ފަހުން އުފެދުނަށް.. އެންމެ ހައިކަން ކަން ފުރިހަވީ.. ޕޕ އެމް ގެ އިސްވެރިޔެއްވީމަ.. 1) އަޒީގެ ކާރެއް ދީނި... އެހެން މިނިވަނަ ތަންތަނަށް ނުލިބެނީސް 2) އަޒީއަށް ފްލެޓް ދިނީ... 3) ބޮޑު ސިންގާ އޮފީހަކާއި އެހާމެ މުވައްޒަފުން ނަގަން ހުއްދަ ދިނީ ޕޕ އެމް ވީމަ..! 4) ނަމަވެސް އެތަނުގެ މަސަތް ކަތް ކުރަނީ އެހެން އޮފީސްތަކުގެ މުވައްޒަފުން 5) ތިމާގެ ބޮޑުބޭބެ ކިޔާ، އަދި ރަށުކުދީންނަށް ވަޒީފާ ދީނީ ނާޖާއިޒު ގޮތުގައި..
ސަބާހު
07 July 2019
ކޮމިޝަނަރު ތިހައްދަވަނީ އިތުރު ފުޅެއް. މީރާ އިން މައުލޫމާތު ތަކެއް ހޯދުމަށް އަޅުގަނޑުގެ އެކުވެރިންކޮޅެއް ހަނގުރާމަ ކުރާތާ ދެތިން އަހަރުވަނީ މިހާރު. އަޒީ ހުންނަނީ ކޮންމެވެސް ސަބަބަކާ ހުރެ ޔަޒީދު ދަަށުވެފަ
ހިމާރުލް ޤައުމު
07 July 2019
ކޮމިޝަނަރު ބުނީމާވެސް ނުދެވެގޮތަށް އޮންނަނީ ނިމެނީ ކޯޓުން. ދެން ކީއްކުރަން ބޭކާރު ލޭޔަރ ތަކެއް. ރައްޔަތުންގެ ލާރިކޮޅު ފޭރިގެން ޒާތްޒާތުގެ ނަންނަމުގައި ޚާއްޞަމީހުންނަށް ބެހުން ނޫންކަމެއް މި ޑިމޮކްރަސީން ޙާޞިލުވޭތަ އަޅެފަހެ؟
ހަކީމް
07 July 2019
މުސާރަ ނަގާތާ ފަސްއަހަރު .. ޙަބަރެއް ނުވޭ. މަޖްލީހުން މުއައްސަސާތަށް ޖަވާބުދާރީ ކުރުވަންފެށީމަ ، މިބޭފުޅުންނަށްވެސް ހޭލެވިއްޖެ. ލަދާ ހަޔާތް ކޮބާހޭ ހިތަށް އަރާ!!!
ބޮލި މުލައް
07 July 2019
އެންމެ ފަސޭހަކޮށް ބޭނުންވާކަމެއްކުރެވޭނީ ތިޔަ އީސީން ރުފިޔާކޮޅެއް އަޅާލާ.
ޖަމާލް
07 July 2019
އަބްދުލްއަޒީޒް ޖަމާލް އަކީ ޔާމީނު އައްޔަނު ކޮށްފަ ހުރި މީހެެއް. މަގާމުމް ވަކިކުރޭ!
ސީސީސީ
07 July 2019
ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ފާޑުފާޑު ކޮމިޝަން ހަދާއިގެން އެއިންވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ބެލުމަށް ފަހު އެތަންތަން އުވާލަންވީ ؟ ތިއީ އުވާލަންޖެހޭތަނެއް
ގަޓް ބްރޯ
07 July 2019
ސިޔާސީ ޕާޓީ އެއްގެ ޖަގަހަ އަކަށް މީސްމީހުންގެ ހުއްދައާނުލައި އެމީހުންގެ ޒާތީ މައުލޫމާތު ދޭކަށްނުވާނެ.
އާދަމް ޝަރީފް
07 July 2019
މުއައްސަސާތައް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަ ލިބޭހެން ހީވޭ މިހާރު. މުޅިން ޔަގީންވާނީ އަދި ދުވަސްކޮޅަކުން ކަންތައް ދާގޮތަކަށް ބަލާފަ.
ވާލުސޮރު
07 July 2019
މިކަހަލަ ބޭކާރު ކަމިޝަންތަކާއި ވަޒީފާތައް އުވާލަންވީ، މިއީ ކީއްކުުރާ ތަނެއްތޯ؟ ޕީޕީއެމު ވެރިކަމުގަ ބޮޑު މުސާރަ ނަގައިގެން އަނގައިން ބަހެއް ނުބުނެ ތިބި ބޮޑެތި ސިންގާ ފިރިހެނުންތަކެއް،
ކަރުތާފެނުން
07 July 2019
ކަލޯ ވާ ސިޔާސީވިޔަސް ބޮޑުވަރު ވެރިކަން ލިބުމުން ސަރުކާރުން ބޭނުންނުވާ ކޮއްމެކަމަކާ ބަހެއް ބުނެފާނެހެންހީވާ ކޮއްމެ މުއައްސަސާއަކީ އުވާލަންޖެހޭތަނެއްތަ ޕޕމ އިން އުފައްދާ މުސާރަދިންބައެއްތަ މިއީ ވޯޓާމެދު މައްސަލައެއްނެތްނަމަ މައުލޫމާތު ނުދޭންވީކީއްވެ ޕެޓިޝަން ހުށަހަޅާބަޔަކު ސިއްރުކުރާށޭބުނުމުން ސިއްރުކުރަންނުޖެހޭ ތެދުމައުލޫތުހުރި ކަމެއްނަމަ އީސީއަކަށ ބަޔަކުނުދޭނެ ގައުމީ ސަލާމަތަށް ނުރައްކާވާނެ މައުލޫމާތެ އެފަދަ މައުލޫމާތުދޭނެ ތަންތަން ގާނޫނުގަވޭ.