ހުޅުމާލޭގެ ރަށު މާރުކޭޓުގެ ގޮޅިއެއް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް މިއަދު ސޮއިކުރައްވަނީ.---ފޮޓޯ: އެޗްޑީސީ
07 ޖުލައި 2019 - 12:43
ހުޅުމާލޭގައި އަލަށް ހެދި މާރުކޭޓުގެ ގޮޅިތައް ލިބުނު މީހުންގެ ތެރެއިން 28 މީހަކާ އެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.
"ރަށު މާރުކޭޓު" ގެ ނަމުގައި ހުޅުވާ ގޮޅިތައް ލިބުނު ބާކީ 25 މީހުންނާ އެކު، އެއްބަސްވުންތަކުގައި މާދަމާ ސޮއިކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ، ރަށު މާރުކޭޓުގެ ގޮޅިތައް ލިބުނު މީހުންނާ އެކު ހަދާ އެއްބަސްވުންތަކުގައި ވާ ގޮތުން ދެވަނަ ފަރާތަކަށް ގޮޅިތައް ދުލެއް ނުކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މާދަމާ ސޮއިކުރާ 25 މީހުންނާ އެކު ޖުމުލަ 53 ބަޔަކަށް ގޮޅިތައް ދޫކުރި ނަމަވެސް ބާކީ ގޮޅިތައް އަދިވެސް ހުންނާނެ ކަމަށެވެ. އެ ގޮޅިތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލާނީ އެޗްޑީސީން ބުނިގޮތުގައި އަދި ފަހުންނެވެ.
Official handover ceremony of ‘#Rashumaarukeytu’ stalls were held today at HDC Building. Total 29 tenants signed the agreement today while the remaining 28 agreements will be signed tomorrow. pic.twitter.com/97R4Fxdkdc
— HDC (@hdcmaldives) July 7, 2019
ރަށު މާރުކޭޓުގެ ގޮޅިތައް ހަވާލުކުރުމާ ގުޅޭ ގޮތުން އެޗްޑީސީން މިއަދު ކުރި ޓުވީޓު
"ގޮޅިތައް ފުރަތަމަ ބިޑަށް ހުޅުވާލި އިރު ބައެއް ގޮޅިތައް ހާއްސަ ކޮށްފައި ހުންނާނެ ސްވެނިއާ ވިޔަފާރި ކުރުމަށް ވެސް. އެކަމަކު އެ ގޮޅިތަކަށް ތަރުހީބެއް ނުލިބުނު. އެހެންވެ އެ ގޮޅިތައް ހުރީ ދޫނުކުރެވި،" ސުހައިލް ވިދާޅުވި އެވެ.
އެޗްޑީސީން ކުރިން ކުރި އިއުލާނުގައި ވަނީ 42 މީހަކަށް ހުޅުމާލޭ "ރަށު މާރުކޭޓު" ން ގޮޅިތައް ދޫކުރި ކަމަށެވެ.
ގޮޅިތައް ދޫކޮށްފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ޑްރައި ސްޓޯލާއި ވެޓް ސްޓޯލްތައް ވަނީ ކަނޑައަޅައިފަ އެވެ. ޑްރައި ސްޓޯލްތަކަކީ ކާބޯތަކެތި ވިއްކުމަށް ހަމަޖައްސާފައިވާ ގޮޅިތަކެވެ. އަދި ވެޓް ސްޓޯލްތަކުގައި ވިއްކާނީ ރޯމަހެވެ.
ހުޅުމާލޭގެ ފެރީ ޓާމިނަލްއާ އިންވެގެން އޮންނަ ޕާކިން ޒޯން ކައިރީގައި ހަދާފައިވާ އާ މާރުކޭޓުގެ ގޮޅިއެއްގެ ބޮޑުމިނަކީ 69 އަކަފޫޓެވެ. ގޮޅިއެއްގެ މަހު ކުއްޔަކީ 3،500ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
08 July 2019
އޭސީސީއަށް މައްލަ ވައްދާނަން. ކުރިން އިއުލާން ކުރިގޮތާ ޚިލާފަށް 7 ދުވަސް ފަހަނައަޅާ އެތައް ދުވަހެއް ވީފަހުން ތި ސޮއިކުރަނީ އިއުލާސްއި ބުނީ7 ދުވަސްތެރޭ ހުރިހާކަމެއް ހަމަޖައްސަން ޖެހޭނެކަމަށް . ތިދިނީ އިތުރު ފުރުސަތުބަޔަކަށް. ތީކަރަޕްޝަން
ސުވާލުބޭ
07 July 2019
ތިތަންތަނުގަ ބިދޭސީން ރަސްކަންކުރާނަމަ، އަޅާނީ، ނުވަތަ އެޅޭނީ ކޮންފިޔަވަޅުތަކެއްބާ؟ ކަންތައްވާނީ ކިހިނެތްބާ؟
ކަންއޮތްގޮތް
07 July 2019
ގޮޅިތައްލިބޭމީހުންގެ ވަނަވަރާއި މަޖިލީހާއި ސަރުކާރުގެ މަތީފަންތީގެ މީހުނާ ގުޅުންހުރިތޯ، ނުވަތަ ނެތްތޯވެސް ނޫސްތަކުން ހޯދައި، ހާމަކުރަންޖެހޭނެ. އެހެންނޫނީ ހަމަދާނީ އޮތްދަރަށް
ދޮން އާދަނު
07 July 2019
ހެޔޮނުވާނެ. އެތަންތަނުގައި އެތިބޭ ދިވެހިންގެ އަތުގައި ކާކުކަން އަންގައިދޭ އެއްވެސް ލިޔުމެއް އޮތްތޯ ބަލައިދީބަލަ. އަހަރެން އަޑުއެހިން މާރުކޭޓުގައި ތިބޭނީ ހުސް ދިވެހިންނޭ ބުނާތީ. އަދި ކަންމަތީ ފިހާރައިގަ ލާރިކަނޑަންވެސް ތިބޭނީ ދިވެހިންނޯ. އެކަމަކު އެބުނާ ދިވެހިން ވާހަކަދައްކަނީ އަހަރުމެން ވާހަކަދައްކާގޮތަކަށް ނޫން. އެހެންވެ.
މޯދީ
07 July 2019
މިސަރުކާރުގެ ސް÷ީޑް ހާދަ ފާސްޓޭދޯ! 8 މަސްދުވަހުން މާރުކޭޓް އަޅާ ނިއްމާލީ!
ގަޓް ބްރޯ
07 July 2019
މަސްމާރުކޭޓަކަށް ތަރުކާރީ މާރުކޭޓަކަށް ބަޔަކު ނުދާނެ ސްވެނިއަރ ގަންނާކަށް. ރާއްޖޭގަ ސްވެނިއަރ ވިޔަފާރި އަދިވެސް ކުރަނީ ޓްއަރިސްޓުންގެ ނަމުގަ ހިޕީން އައިއިރު ބޮލިގާޑިއާ ތަކުގަ ވިޔަފާރިކުރިހެން. ލަގްޒަރީ ރިސޯޓުތަކަށް އަންނަ މަހުޖަނަކު ވަދެލަން އެކަށީގެންވާ އެންމެ ފިހާރައެއްވެސް ރާއްޖެއަކު ނެތް. ސްވެނިއަރ ފިހާރަތައް މިހާރު ހުންނަންވާނީ ޒަމާނީ ފެންވަރަށްތަރައްގީ ކުރެވިފަ ސްޓާފުން ތިބެންވާނީ ބޭރުގެ ބޮޑެތި މޯލް ތަކުގަ ތިބޭހެން ރީތި ޔުނީފޯމްލައްވާފަ.
ހޭލާ
07 July 2019
ގޮޅިތަކުގައި ވިޔަފާރި ކުރަނީ ގޮޅިތައް ނެގި ފަރާތުން ތޯއެވެ. ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބި މީހުން 3500 އަށް ގޮޅިއެއް ނަގާފައި ގޮޅީގައި އިންނަ އާންމު މީހާއަށް 1500 ދިނުމަށް އެތަނުން ވިއްކާ ތަކެތި ރައްޔިތު މީހާއަށް ލިބެނީ އަގު ބޮޑުކޮށެވެ. މިކަމަށް ހައްލެއް ގެނެވޭނެ ބާއެވެ. މާލޭ މާރުކޭޓާއި ހާބަރު ފުޓް ކޯޓްތައްވެސް މި ގޮތަށެވެ. ދައުލަތުން މިފަދަ ތަންތަން ކުއްޔަން ދޭއިރު ވިޔަފާރި ކުރާ މީހާއަށް ސީދާ ދެވޭނެ ގޮތެއް ރާވަންޖެހެއެވެ.
ރުޅި
07 July 2019
ތިޔަތާގެ އިއުލާންގައި އޮތީ ބިދޭސީން ނުބޭތިއްބޭނެކަމަށާއި ދެވަނަ ފަރާތަކަށް ކުއްޔަށް ނުދެވޭނެކަމަށް. މި ދެ ޝަރުޠު އޮތުމުން ކުރިމަތިނުލި ބައިވަރު މީހުންތިބި. މިއުޞޫލުން ބޭރުން ތަން ހިންގާނަމަ އެޗްޑީސީން ވަގުތުން ތަން އަތުލަންޖެހޭނެ. އެކަމަކު ކަންވާގޮތް ނިކަން ބަލަންތިބޭ. ސުހޭލުމެން ފަހުން ބުނާނީ އުޞޫލެއްގެ ދަށުން ދެން ތިބެވޭނޭ. އާޅެ އެޗްޑީސީ މީހުން ބޭނުންވާބަޔަކަށް އުޞޫލޭ ކިޔައިގެން ބިންދެވޭނެތަ؟
ރުޅި
07 July 2019
ހުޅުމާލެއަކީ ސުހޭލުމެންގެ ތަރިކަމުދާ. ހުވާމިބުނީ މި ފަހަކުން އައިސް އިޢުލާންކުރުމެއްނެތި ބިން އަމިއްލަ މީހުންނަށް ދީފައި އެބަހުރި. އެގޮތުން ސޮނީ ބިލްޑިންގ ގެ ފަހަތުގައި އޮތް ބިން މިހާރުވަނީ ކޮންމެވެސް ބަޔަކަށް ގެ އަޅަން ދީފައި. އެކަމަކު އެބިން ވެށިފަހިމާލޭ ގެ ޕްރޮގްރާމްގެ ދަށުން ކުރި އިއުލާންގެ ދަށުން މުއްދަތު ހަމަވިއިރު އެއްވެސް ބަޔަކަށްނުދީ ރެހެންދި ސްކޫލްގެ އައުޑޯ އެކްޓިވިޓީ ތަކަށް ދޭން އޮތީ މަޝްވަރާ ކޮށްފަ. އެކަމަކު އޭގެފަހުން އެތަންދިނީ.
ދިވެހިމީހާ1
07 July 2019
ޝުކުރިއްޔާ ޔާމީން!