ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
12 ޖުލައި 2019 - 18:55
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޑީއާރުޕީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފި އެވެ.
އަމިއްލަ ގޮތުން ވާދަކުރައްވައި ހޮވިވަޑައިގެންނެވި ޖާބިރު "މިހާރު" އަށް ވިދާޅުވީ ޑީއާރުޕީއާ ގުޅެން ނިންމެވީ ސިޔާސީގޮތުން ކުރިއަރައި ދިއުމަށް ކަމަށެވެ. އެހެންވެ އެމްޑީޕީ ދޫކުރައްވައި، މި މަހުގެ 26 ވަނަ ދުވަހު އޭނާ ޑީއާރުޕީއާ ގުޅިވަޑައިގަންނަވާނެ އެވެ. އެއީ ޑީއާރުޕީގެ 14 ވަނަ އަހަރީ ދުވަހެވެ.
ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި ޖާބިރު ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ. ނަމަވެސް ފަހުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން، ޕްރައިމަރީން ބަލިވާ މީހުންނަށް ވެސް ވާދަކުރެވޭނެ ކަމަށް އެންމެ މަތީ ކޯޓުން ނިންމުމުން ކާށިދޫ ދާއިރާއަށް ވާދަކުރައްވައި އޭނާ ވަނީ ގޮނޑި ކާމިޔާބުކުރައްވައިފަ އެވެ.
ޖާބިރު ވިދާޅުވީ އެމްޑީޕީގެ މެމްބަރަކަށް ވިއަސް ޕާޓީގެ ޕާލިމަންޓް ގްރޫޕު (ޕީޖީ) އިން އޭނާއަށް ފުރުސަތު ނުދޭ ކަމަށެވެ.
ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ ޖާބިރާއެކު މަޖިލީހުގެ އިތުރު ދެ މެމްބަރަކު ވެސް އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެ މެމްބަރުންނާ ގުޅޭ ތަފްސީލެއް ނުދެއްވި އެވެ.
"އެމަނިކުފާނު [ޖާބިރު] ދެން ޕާޓީ ލީޑުކުރައްވާނީ. ސިޔާސީ ބުރަދަނެއް ހުރި ބޭފުޅަކު ނޫންތޯ، މަޖިލީހުގައި ތަމްސީލުކުރައްވާ ބޭފުޅަކު ނޫންތޯ ޕާޓީ ހިންގަވަން ވާނީ،" ކާނަލް ވިދާޅުވި އެވެ.
މިއީ 19 ވަނަ މަޖިލީހުގެ މެމްބަރުންގެ ތެރެއިން، މެންބަރަކު ޕާޓީ ބަދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު ޗ
14 July 2019
ލައްބަ! ޑަސްޕިނަކީ ކުނިއަޅަން ހުންނައެޗެ.
ވާނެބާ
13 July 2019
ޑީއާރްޕީ ކަހަލަ ހުސް ތޮށިގަނޑެއް އަދި ނަމެއްގައި އޮތް ޕާޓީއަކަށް ގޮސްގެން ކޮންކަމެއްބާ ވާނީ.. ޕާޓީއެއްގެ ލީޑަރެއްގެ ލަގަބު ލިބުނަސް ވާނެ ފައިދާއެއް ނެތް. ކެސީނޯ އަޅަން ބޭނުންވާ މީހެއްގެ ފަހަތަށްވެސް އެކަމު މީހުން އަރާފާނެކަން އެނގެނީ އަދީބުގެ ޕާޓީއަށްވެސް މީހުން ސޮއިކުރީތީ.
އަަދަނަ
13 July 2019
ވެލެންސިޔާ މިހާރު އޮތް ވަޅުގަނޑުގައި އެއޮތީ މީނަގެ ސަބަބުން . ދެން ޑީއާރުޕީ މިހާރުވެސްަ އެއޮތީ ވަޅުގަނޑެއްގަ ދޯ
ޝެލަރީ
13 July 2019
ޖާބިރު ބުނަން މީ އެޖެންޑާ 19 ކިތަންމެބަރަކަށް ފޫ ކަހާލިޔަކަސް މިސަރުގެ ވިސްނުމެއްނެތް ފަހަތުން ދުވެ އާދޭސްކުރާކަށް މީ ރަށްޔިތުންގެ ބޮޑު 19 ދެން ލަލަލާ
ކަޅުކަޅު ދޮނޭ
13 July 2019
މަޖިލީހުގެ ގިނަމެމްބަރުން ތަކެއް ކެޑިނޭޅި ޖާބިރަށް ފާޑުކިޔަމުންދާތަން ގިނައިްނ ފެނޭ،، ޖާބިރަކީ މާ ތައުލީމީ މީހަކަށް ނުވުމާއެކު، އެކަން ހަޖަމް ނުކުރެވި މަޖިލީހުންލިބޭ ބަހުސްގެ ވަގުތުކޮޅުވެސް ދާއިރާގެ މީހުންމަތީ ހަދާން ނެތި އެފަދަ މެމްބަރުންނަށް ރައްދުދިނުމުގަ ބޭކާރު ކޮއްލާތަން ފެންނަނީ.. ހިތާމަ ހުރިކަމެއް..
ޜެއިންބޯ
13 July 2019
ޑީއާރުޕީ އާއި ގުޅުމުން ކުރެވޭނެ އެއްކަމެއްވެސް ނުވިސްނޭ. ސޫޓް ލުމުން ކޟެއ ކުރެވެންޏާ ކުރެވިދާނެ. ކާށިދޫ ދާއިރާގެ ރައްޔިތުންަނަށް މީނަ ވަކިކުރަން ފުރުޞަތު ލިބޭނެ ނަމަ ރަގަޅު.
ފޮނިޓައްޕު ހަސަނު
13 July 2019
ރާއްޖޭގެ ސިޔާސީ އުދަރަހުގައި ޖާބިރުގެ ބަސް ވިކުނު ޒަމާން މާޒީވެ ހިނގައްޖެ. ޖާބުރު ވޯޓު ދިނަސް ނުދިނަސް އެމްޑީޕީން ފާސް ކުރަން ބޭނުންވާ ބިލެއް ފާސް ކުރާނެ. ޖާބިރު ރުއްސަން ދައުލަތުގެ ފަޅު ރައްތަކާއި، ފަޅުތަކެއް މިސަރުކާރަކުން ނުދޭނެ. ޖާބިރުގެ ތިޔަ ނިންމުން ވަރަށް ރަނގަޅު.
މަސް މޯޑު
13 July 2019
ސޮއި ކުރުމާއި އެކު ކޭބަލް ކާރު ގެއްލޭނެ
ހެހެހެ
13 July 2019
މީފަހަރު މަޖްލިސް ގައި ވޯޓް ވިއްކުމުގެ ކުޅިގަނޑު ނުކުޅެވޭތީ، ޖާބިރު ތެޅި ފޮޅެނީ.
ހޭކެނޑޭ
13 July 2019
އާނދޮގޭ! ކާށިދޫ ރައްޔިތުން އުފާކުރާތި! ޕާރޓީ އެއްގެ ޕީޖީ ލީޑަރު ކަން ލިބުމުން ކާށިދޫ ވަރަށް އަވަހަށް ތަރައްޤީ ވާތަން ފެންނާނެ ކަމަށް އުއްމީދު ކުރާތި!