މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް، ފޯން ކޯލަކަށް ޖަވާބު ދެއްވަނީ. --- ފޮޓޯ: މިހާރު
14 ޖުލައި 2019 - 18:13
އެންމެ ވޯޓެއްގެ ތަފާތުން ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް މިއަދު އިންތިޚާބުވެއްޖެ އެވެ.
ރާއްޖޭގެ 1،600 ވަކީލުންގެ މެދުގައި ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުގައި އަނާރާއާ އެކު، އިތުރު ފަސް ބޭފުޅަކު އެގްޒެކްޓިވް ކޮމިޓީގެ މެމްބަރަކަށް އިންތިޚާބުވި އެވެ. އަނާރާއާ ވާދަކުރެއްވީ ވަކީލް އަބުދުލް މާނިއު ހުސައިނެވެ. ދެ ބޭފުޅުންގެ ދެމެދުގައި އެއް ވޯޓުގެ ތަފާތު އުޅޭތީ ވޯޓު އަލުން ގުނުމަށް ހުށަހެޅި ޝަކުވާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު އަލުން ގުނައިފަ އެވެ.
އެކަމަކު ވެސް އަނާރާގެ މައްޗަށް މާނިއު އަށް ކުރި ހޯއްދެވޭ ގޮތެއް ނުވި އެވެ.
ރަސްމީ ނަތީޖާ ދައްކާ ގޮތުގައި އަނާރާ އަށް 343 ވޯޓު ލިބިވަޑައިގެންނެވި އިރު، މާނިއު އަށް ލިބިވަޑައިގެންނެވީ 342 ވޯޓެވެ.
އަނާރާގެ އިތުރުން ދެން ކޮމިޓީގެ މެމްބަރު ކަމަށް އިންތިޚާބުވީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ސުޖޫން މުހައްމަދު، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި ވަކީލް މުހައްމަދު އަސީލާއި މުހައްމަދު ފައިސަލެވެ.
1- މުހައްމަދު ފައިސަލް (631 ވޯޓު)
2- އަހުމަދު މުއިއްޒު (627 ވޯޓު)
3- އައިޝާ ސުޖޫން މުހައްމަދު (445 ވޯޓު)
4- އަނަސް އަބްދުއްސައްތާރު (361 ވޯޓު)
5- މުހައްމަދު އަސީލް (356 ވޯޓު)
6- އަނާރާ ނައީމް (343 ވޯޓު)
ބާ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ ސިޔާސީ ބައެއް ބޭފުޅުންގެ ހައްގުގައި ކޯޓުތަކުގައި ވަކާލާތު ކުރެއްވުމުގައި އިސް ދައުރެއް އަދާ ކުރެއްވި މައުމޫން ހަމީދެވެ. އެ ކައުންސިލްގެ ނައިބު ރައީސް ކަމަށް އިންތިޚާބުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.
ބާ ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުންގެ ދައުރަކީ ތިން އަހަރެވެ. އަދި ދެ ދައުރަށް ވުރެ ގިނައިން އެ ކޮމިޓީގައި ނުހިމެނޭނެ އެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންގެ ސުލޫކީ މައްސަލަތައް ބަލައި ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި ގާނޫނީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަކީ ބާ ކައުންސިލުން ކުރަންޖެހޭ ކަންކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާހު
15 July 2019
ދިވެހި ޖުޑިޝަރީގެ އެންމެ ބޮޑު އެހީތެރިޔާގެ ޚިދުމަތް ބަލައި ނުގަތުމުން ޙައިރާންވޭ!
އުދުހޭ
15 July 2019
މުޅިން އަލަށް އުފެއްދި ކައުންސިލެއް އެހާއަވަހަށް ބާވެގެން މިއުޅެނީ ކީއްވެބާ؟؟
އެހެން
15 July 2019
އެއީ އުފެދުމުގައިވެސް ބާކައުންސިލެއް.
900 ޑިގުރީ
14 July 2019
ޢަލްހަމްދުﷲ
ޢައްލާ
14 July 2019
ނަސީބެއްނު އަޅުގަނޑު ވޯޓުލާން ނުދަން އުޅެފަވެސް ދިޔަކަން.
ތެދުތެދު
14 July 2019
އަނާރާ ހޮވުނު ވޯޓަކީ އަޅުގަޑު ދިން ވޯޓެވެ. އަޅުގަޑު ދިޔައީ ތިން ބޭފުޅަކަށް ވޯޓް ދޭން ވެގެން ނެވެ. އެއީ ރައީސް ކަމަށް ހޮވުނު ބޭފުޅާ އާއި ނައިބު ރައީސް ކަމަށް ހޮވުނު ބޭފުޅާ އާއި އަދި ކައުންސިލް މެމްބަރު ކަމަށް ދެވަނަ ބޭފުޅެއްގެ ގޮތުގައި ހޮވިފައިވާ ވޭފުޅާ އާއި ތިން ބޭފުޅުން ނެވެ.އެކަމަކު ވޯޓް ކަރުދާސް ކޮޅުގެ 1 ވަނަ އަށް އަނާރާގެ ނަން އޮތްތަށް ފެނިފައި ފާހަގަ ޖަހާލާ ހިތް ވެގެން އަޅުގަޑު އެ ނަމުގައި ރަގަޅު ފާހަގައެއް ޖަހާލީ އެވެ.
ދިޔާނާސައީދު
14 July 2019
އަނާރާ ހޮވުނީ ހުސައިން ޝަމީމް އާ ފަރީދުއާ ހެދި
ޕާޓީ
14 July 2019
އަނާރާއަކީ އޭނާގެ ފަހަތުން ނަސީބު ދުވާ މީހެއް. ގުނަން އުޅުނު އިރުވެސް އެނގުނު މި ލިބޭނީ މީނާއަށްކަން. ދުވަހަކު ކޯޓަށް ނުވަންނަމީހެއް ވިޔަސް އޯކޭ
ދާދޭ
14 July 2019
ނޫސް ގިނަގިނައިން ކިއުއްވާ! އުފެއްދުންތެރި ކޮމެންޓް ކުރައްވާ! އެއްވެސް އެއްޗެއް ނުލިބޭ. މުޅިން ހިލޭ ސާބަހަށް. ގައުމީ ލޯބީގައި ގައުމީ ދަރިން.
ދިހި
14 July 2019
ތިބޭފުޅުން ރައަޔިތުންނަށް މިކަން ކޮއްދެއްވާނީ އެއްވެސް އުޖޫރައެއްނެތި ލިﷲއަށްޓަތައޭ ކިއުއްވާތީ ސައްކުގެ ނަޒަރުން ބެލުނުގެ ފުރުސަތު ބޮޑު..
ނަންބަރު
14 July 2019
ޤާނޫނީ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ ޤާބިލުކަން ހުރި ބަޔަކު އިންތިޚާބު ވެއްޖެ ކަމަށް ޤަބޫލު ކުރަމެވެ. ސުވާލަކީ ދެންވާނެ ގޮތެއް އެބޭފުޅުންނަށްވެސް އެނގިވަޑައި ނުގެންފާނެ ކަމެވެ. މިއީ އެދޭގޮތް ކަމުގައި ނުވިއަސް ވުން އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ބަލަމާ ހެއްޔެވެ. ހިއުމަންރައިޓްސް ކޮމިޝަނަށް ކުރެވެނީ ކޮންކަމެއް ހެއްޔެވެ.