ހަރަމައިން ޖަމާއަތުގެ ވެރިންނާއި އެ ޖަމާއަތުގެ ހަވާލުގައި ހައްޖަށް ދިޔަ ބައެއް މީހުން ސައުދީގައި--
16 ޖުލައި 2019 - 13:07
ހައްޖަށް ގެންދިއުމުގައި، އަލް ހަރަމައިން ހައްޖު ގްރޫޕަށް ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް ފައިސާ ނަގާ މައްސަލާގައި އެ ޖަމާއަތުގެ މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އަލްހަރަމައިން ޖަމާއަތުން ހައްޖުވެރިންގެ އަތުން އެއްލައްކަ ރުފިޔާ ނަގާތީ ބަޔަކު އެ ޖަމާއަތުގެ އޮފީހުގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ މައްސަލަ އިސްލާމިކް މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލާގައި އެ ޖަމާއަތުގެ މީހުން ފުލުހަށް ހާޒިރުކޮށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
Haramain jamaathuge massala fuluhah
The most trusted news source in the Maldives
Mihaaru
ހަރަމައިން ޖަމާއަތުގެ މައްސަލަ ފުލުހަށް ހުށަހެޅުން---
އެ ކަމާ ގުޅޭގޮތުން އެ ޖަމާއަތުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
އެ ގުރޫޕަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ އެ ޖަމާއަތުން ހުށަހެޅި ޕްރޮޕޯސަލްގައިވާ ގޮތަށް ކޮންމެ ހައްޖާޖީއެއްގެ އަތުން 69،965ރ. ނެގުމަށެވެ. ނަމަވެސް އެ ޖަމާއަތުން 100،000ރ. ނަގާ ކަމަށް ފައިސާ ދެއްކި ބައެއް މީހުން ބުނެ އެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް އިސްލާމިކް މިނިސްޓްރީން ޖަމާއަތްތަކަށް ހުއްދަ ދިން ވަރަށް ވުރެ އިތުރަށް ފައިސާ ނަގަމުން އަންނަ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނީ މިހާތަނަށް އެ މިނިސްޓްރީ އަށް ހުށަހަޅާފައިވަނީ ހަރަމައިން ޖަމާއަތުން އިތުރަށް ފައިސާ ނަގާ މައްސަލަ އެކަނި ކަމަށެވެ.
ހައްޖަށް ގެންދާ ޖަމާއަތްތަކުން އިތުރަށް ފައިސާ ނަގާ މައްސަލަ އަކީ ކޮންމެ އަހަރަކު ވެސް ފެންމަތިވާ މައްސަލައެކެވެ. އެކަން ހައްލު ކުރުމަށް ގަވައިދުތަކެއް ހެދި ނަމަވެސް މިހާތަނަށް އެކަމަށް ހައްލެއް ލިބިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
17 July 2019
އަނެއްކާވެސް މިއަންނަ އަހަރު ތިޔަ ހަރަމައިން އަށް ހުއްދަ ދޭނެ
ބާގިރު
17 July 2019
އެންމެނަށް ބަދަލު ދޭ ސަރުކާރު. އެވެސް ވައްކަންކުރި މީހާ އަތުންނެއް ނޫން. ރައްޔިތުން އަތުން ނަގާފަ! ދެން މި ބުނަނީ ފަހުން ނަގާނަމޭ! ނަގާނަމޭ ނަގާނަމޭ ކިޔަ ކިޔާ ތިއްބާ 3 ސަރުކާރު ބަދަލުވެއްޖެ! ހައްޖަށް ދިޔުމުގައި މަކަރު ހެދި އެކަކު އަތުންވެސް އަދި ބަދަލެއް ނުނަގާ. އެންމެ ފުރަތަމަ މާލު ފެށީމަ ޝަހީމު ރައްޔިތުންގެ ފައިސާއިން ބަދަލު ދީފައި ހައްޖަށް އެ އެންމެން ގެންގޮސް އަދިވެސް މާލު އިޒް ފުރީ!
ބޮޑުމީހާ
16 July 2019
ކަލޭމެން ތިހެދީ ރަގަޅަށް. ދުވަސްކޮޅަކުން ސަރުކާރުން ދޭނަ ތިކަމުގެ ބަދަލު. ބުނާނެ ޑީލެއް ހެދީއޭ. ގޯސް ހެދީ ފުލުހުންނޭ. ވީމާ ގެއްލުމުގެ ބަދަލު 100 މިލިއަނަށްވުރެ ކުޑަނުވާނެ
ކެރެޓް
16 July 2019
ހައްޖުގެ މަތިވެރި އަޅުކަމުގެ ތެރެއިން މިއޮތީ މަތިވެރި ވައްކަންކޮށްފަ
ޢަހުމަދު
16 July 2019
ތި އަބަދުވަސް ކުރާ ވައްކަމެއް.ޒައިމާ ގުރޫޕުން ވަސް އިތުރަށް ރުފިޔާ ނަގާ،
ހ ޔ ލ
16 July 2019
ރައީސް ޔާމީންގެ ވެރިކަން ނިމުމާއި ކައިރިވެފައި ވަނިކޮށް ދެންޔާމީންއަށް ކާމިޔާބު ނުވާނެހެން ހީވީމަ އައިސް އެމް. ޑީ. ޕީ އަށް ވަނީ ގުރޫޕުގެ ވެރިފަރާތުން. ވޭތުވެދިޔަ 2018ގަވެސް އުމްރާގެ ހުއްދަ މިގުރޫޕަށްދިނީ އުސޫލުން ބޭރުންކަމަށް އަޑުފެތުރިފަ އޮތީ. މިގުރޫޕް އުފެދުންތާވާނީ ހަތަރު އަހަރު. ހަމަ އުފެދުމާއެކު މިގުރޫޕަށް ޝަރުތު ހަމަވާގޮތަށް ޙައްޖުގެ އުސޫލް ބަދަލުކޮށް ފުރަތަމަ އަހަރުން ފެށިގެން ހައްޖުކޯޓާދީ މިޖަރީމާ ހިންގަން ފަށައިފި.
ކޮރަލް
16 July 2019
5 އަހަރު ދުވަހަށް ބްލެކް ލިސްޓް ކުރީމަ ނިމުނީއެވެ.
ކަތީބުކަލޭގެ
16 July 2019
ޔަޤީން މި ޖަމާޢަތުގެ ބޮޑެތި މީހުންނަކީ ސަރުކާރުފަޅީގައި ތިބި މީހުން އެހެން ނޫންނަމަ ހަރަމައިންގެ ބޮޑެތި މީހުންގެ ނަންތައް އޮންނާނީ ނޫސްތަކުގެ ހެޑްލައިންސް ތަކުގައި.. މީ ޒީރޯ ޓޯލަރެންސް ޓު ކޮރަޕްޝަން އޭ ބުނި ސަރުކާރި!! ޗޮއް ޗޮއް
ސަތާރަ
16 July 2019
ކޮންމެ ޓިކެޓަކަށް ބޭންކް ރޭޓުން ލިބޭ 500 ޑޮލަރުވެސް މި ހައްޖު ގްރޫޕްތަކުން ޕާސްޕޯޓާއެކު ޓިކެޓް އެމީހުން އަތުގައި ބަހަޢްޓައިގެން ހައްޖާޖީންނަށް ނުލިބޭ ބައްސަލަ ވެސް ބަލާދީބަލަ!
ދިސްވޭއޭ
16 July 2019
ހައްޖަށް ގެންދަން ހަވާލު ކުރާ މީހުން ވެސް މީހުން އަތުން ވައްކަން ދޯ ކުރަނީ ދެން ވާނެ ހަތަރެތި މިއޮށްގެން ވަނީ ގައުމަށް ސަރުކާރުން ހައްޖު ކޯޕަރޭޝަން އޮފީހުން އެކަނި މިކަން ކުރާ ގޮތަށް ހަދަންވީ ދެން އެއް ފަހަރު ހައްޖަށް ދާމީހުންނަށް ދެވަނަ ފަހަރަށް ނުދެވޭ ގޮތް ވެސް އެބަހަދަން ޖެހޭ އެމެން ދާނަމަ ދެގުނަ ބޮޑު އަގުގައި ގެންދަންވީ...