ހުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިލްޔާސް ލަބީބް މަޖިލިހުގެ ކޮމިޓީއެއްގައި. --- ފޮޓޯ: މިހާރު
16 ޖުލައި 2019 - 15:27
ބޭނުން އަދަދެއް ޖަހާފައި، ޕެންޝަންގެ ފައިސާ ބޮޑުކުރުމުގެ ބިލެއް ހުށައެޅިޔަސް އެގޮތަށް އެކަން ކުރުމަކީ ދައުލަތުގެ މާލިއްޔަތު ފުނޑާލުން ކަހަލަ ކަމެއް ކަމަށް ވިދާޅުވެ، އަބްދުﷲ ޖާބިރަށް، ހުޅުދޫ ދާއިރާގެ އިލްޔާސް ލަބީބު މިއަދު ރައްދު ދެއްވައިފި އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތް 10،000ރ. އަށް ބޮޑު ކުރަން، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ޖާބިރު ހުށަހެޅުއްވުމާ ގުޅިގެން އިލްޔާސް ވިދާޅުވީ ޖީޑީޕީ އާއި އިންފްލޭޝަން ހުރި ވަރު ނުބަލައި "ސިކުނޑި" އަށް އަންނަ އަދަދެއް ގަނޑެއްގައި ޖަހައިގެން ހުށެޅުން ގަބޫލުނުކުރެއްވޭ ކަމަށެވެ.
"ލޯ މަރާލާފައި އަދަދެއް ޖަހައިގެން ގެނައުމަކީ މާލިއްޔަތު ފުނޑާލުން ކަހަލަ ކަމެއް،" އިލްޔާސް ވިދާޅުވި އެވެ.
ދުނިޔޭގެ ގައުމުތަކުގައި ޕެންޝަން ފައިސާ އަށް ބަދަލުތަކެއް ގެންނަނީ، އޭނާ ވިދާޅުވި ގޮތުގައި، ދައުލަތަށް އާމްދަނީ ލިބޭ މިންވަރާއި ހަރަދު ކުރަނީ ކިހާ ވަރެއްތޯ އާއި ޖީޑީޕީ އާއި އިންފްލޭޝަން ހުރީ ކިހިނެއްތޯ ބަލާފަ އެވެ. އަދި އެއީ ވަރަށް މާތް މަގްސަދެއްގައި ދޭ ފައިސާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
އިލްޔާސް ވިދާޅުވި ގޮތުގައި ކޮންމެ މަހަކު ޕެންޝަންގެ ގޮތުގައި 90 މިލިއަން ރުފިޔާ ލިބެ އެވެ. އޭގެ ތެރެއިން 45 މިލިއަން ރުފިޔާ ޕެންޝަން ފަންޑަށް ދެނީ ޕްރައިވެޓް ސެކްޓަރުން ކަމަށާއި ބާކީ 45 މިލިއަން ރުފިޔާއަކީ ދައުލަތުގެ އެކި މުއައްސަސާތަކުން ދޭ އަދަދު ކަމަށް ވިދާޅުވި އެވެ.
"މި މަހު އެކަނި ވެސް 18،000 މީހުންނަށް 5،000ރ. ގެ ރޭޓުން އެބަ ދޭ 83 މިލިއަން ރުފިޔާ. އޭގެ އިތުރުން ދައުލަތުގެ އެކި މުއައްސަސާތަކުން ގަވައިދެއް ހަދައިގެން ޕެންޝަން އެބަ ނަގާ،" ފުލުހުންނާއި އެމްއެންޑީއެފާއި ކަރެކްޝަނަލް ސާވިސް ފަދަ މުއައްސަސާތައް ފާހަގަކުރައްވައި އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަހު ވެސް 105 މިލިޔަން ރުފިޔާ ދައުލަތުން ޕެންޝަނަށް ހަރަދު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ޕެންޝަނަށް 90 މިލިއަން ރުފިޔާ މަހަކު ލިބި، އޭގެ ބަދަލުގައި 105 މިލިއަން ރުފިޔާ މަހަކު ހޭދަކުރާ ނަމަ ދެކޮޅުޖެހޭނީ ކިހިނެއްތޯ އިލްޔާސް ސުވާލު ކުރެއްވި އެވެ. އަދި ދަރީންގެ ދަރީންނަށް ޕެންޝަން ފޯރުކޮށްދިނުމަށް ހަރުދަނާ އުސޫލެއް ގާއިމްވެފައި އޮތުން މުހިންމު ކަމަށް، ޖާބިރުގެ އިސްލާހަށް ވަރަށް ބޮޑަށް ފާޑުކިއުއްވަމުން އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީން ދައުލަތުގެ އޮޑިޓެއް ހަދަން ޖެހެ އެވެ. އަދި ދައުލަތުގެ މާލީ ގާބިލްކަމުގެ އެ އޮޑިޓް ރައްޔިތުންނަށް އާންމުކުރަން ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ މިހާރު އަމަލު ކުރަމުން އަންނަ ބަޖެޓުގެ އަމާޒު ގެއްލޭ ގޮތަށް ހުށަހަޅާ އެއްވެސް ބިލަކަށް ތާއީދު ނުކުރެއްވޭނެ ކަމަށެވެ. އެކަމަކު ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކުރަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ، ނިޔާޒް ވިދާޅުވީ އެފަދަ އިސްލާހުތައް ވެސް މަޖިލިހުގެ ތަޅުމަށް އަންނަން ވާނީ ވަކި އިންތިޒާމުތަކެއް ހަމަޖެހުނީމަ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
"އަމާޒެއް ނެތި، އެއްވެސް މިސްރާބެއް ނެތި އަންނަ ބިލަކަށް އަޅުގަނޑުމެން ތާއީދު ކުރާކަށް ނެތިން. އިންތިޒާމުވެގެން ކަންކަން ކުރެވޭ ގޮތަށް އަޅުގަނޑުމެން މި އަންނަނީ،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަން ދޭން ބިލިއަނެއްހާ ރުފިޔާ ހޭދަކުރި އެވެ. އަދި މި އަހަރު ވެސް ގާތްގަނޑަކަށް އެހާ ވަރު ހަރަދުވާ އިރު، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ބޮޑު އަދަދެއް ހޭދަކުރާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯރަބެ
17 July 2019
މާލިއްޔަތު ފުނޑާލުން ކަމަކަށްނުވޭ ބޭކާރު ފަނޑިޔާރުން ތަކެއް އިތުރު ކުރީމަ!!
ޖުހާ
17 July 2019
އަހަރެމެން ދުވާލުދާ ހަތަރުދަމު މަސައްކަތް ކުރީމާ، މަރުގެ ކޮޅަށް ފަސްހާސް ރުފިޔާމި ހަމަވަނީ. އެކަމަކު އުމުރުން ދުވަސްވީ މިހުންނަށް ދިހަހާސް. މީކިހާބޮޑު އަރަތެއްތަ.
މިގޭ
17 July 2019
ފޮޅި ނާސްތާއޭ ކިޔައިގެން ދައުލަތުގެ ބަޖެޓުން މިއޮއްކުރާ ޚަރަދު ނިކަން ދެކިބަލަ. މަސްހުނީގެ ބަދަލުގައި ގެންދަނީ މުށިމަހުންގެ މަސްހުނި. ދުވާލަކު ކުއްޖަކަށް 30 ރުފިޔާނަގައިގެން ގެންދަނީ 2 ބިހުގެ ބިސްގަނޑެއް 6 ބަޔަށް ބަހައިގެން. އާފަލެއް 6 ބަޔަށް ބަހައިގެން. މިއީ ހެއްކާއެކު ބުނާވާކައެއް.
ޖުހާ
17 July 2019
އާފަލު ހުރިގޮތަށް ދެނީ، އޮޅުވާލަނަ ނޫޅޭ. ދިވެހިން މިހާރު އެހާގަމާރެއްނޫން
ކަލޯގަޔާ
17 July 2019
ޖުހާ ކަލޭ އޮޅުވާލަން ނޫޅޭ
ޢަހްމަދު007
17 July 2019
ބަލަ އިއުޔާސާ ކަލޭމެން ހިތުހުރި އަދަދު ޖަހައިގެން މުސާރަ ނަގަން އޯކޭ..ކަލޭމެންގެ ތެރޭގެ ތިއުޅޭ ގިނަ މީހުންނަކީ ބޮޑެތި މަހުޖަނުން..އެހެންވީމާ ކަލޭމެން ތައްޔިތުންނަށްޓަކައި ހިލޭސާބަހަށް މަސައްކަތް ކުރަންވީނު
އާޓާ އިގުބާލު
17 July 2019
އޮއި އިލްުޔާސު ! ބޭފުޅާއަށް ކުރެވޭނެވަރު ކަމެއް އެބައޮތޭ އަދި ކުރީ ދައުރުގަވެސް އެކަން ކުރީމެއްނޫންތޯ އެއީ ސިއްހީ މަރުކަޒުގެ ނަންބޯޑު "ހުޅުދޫ ޓާޝަރީ ހޮސްޕިޓަލް" އަށް ބަދަލުކުރުން. ޔާމީން ސަރުކާރުންވަނީ އަލުން ސިއްހީ މަރުކަޒު ޖަހާފައި ނަންބޯޑު ބަދަލުކޮއްފާ
ފުޑާލުން.
16 July 2019
ސްކޫލް ކުދިންނަށް ހެދުނު ސައިދޭނަމުގަ ބަޔަކަށް ލާރިގަޑެއްބަހަމުންދާއިރު ރައްޔަތުންގެ ފައިސާ ނަހަމަގޮތުގަ ބޭނުންކުރެވޭކަމެއްނޭގޭތަ. އުމުރުންދުވަސްވީ މީހުންނަށް މިނިމަމްވޭޖުގެ ދެގުނަ ދޭންޖެހޭނެ. މަސްވެރިންނާ ދަނޑުވެރިން އަދި ވަޒީފާ އަދާކޮށް ބަލިވެ އުމުރުންދުވަސްވީމަ އެމީހުންނަށް ރަގަޅު ޕެންޝަނެއްދޭންޖެހޭނެ. ރައްޔަތުންމަޖްލިހުގެމެމްބަރުންނަށްދޭ ޕެންޝަނަކީ ރައްޔަތުންގެފައިސާއިންނަހަމަގޮތުގަ ދެވޭ ފައިސާއެއް. ރައްޔަތުންނަށް އޯގާތެރި މެމްބަރަކީ ޖާބިރު.
މިއަދު
16 July 2019
އިލްޔާސް ތިހެން ބުނިނަމަވެސް ޖާބިރުގެ އެހުށައެޅުމަކީ ވ ރަގަޅު އިލްޔާސްގެ އިހުލާސްތެރިކަމެއް ހުރިއްޔާ އެމްޑީޕީގެ ފުލް މެޖޯރިޓީ އޮތް ތިމަޖިލިހުގެ މެމްބަރުގެ މުސާރައިން 25% އުނިކޮށްލަބަލަ ސަބަބެއްނެތި ޖަލްސާތަކަށް ނާންމީހުންގެ މުސާރަ އުނިކޮށްބަލަ ދައުލަތުގެ ފައިސާއިން ޚަރަދުކޮށް ވަރުވަރުން ހަދައިގެން ތިގެންނަ ފަރިއްކޮޅުތައް ހުއްޓަބަލަ ކޮމެޓީ އެލަވަންސްތައް ނެގުން ހުއްޓަބަލަ
ފެލާ
16 July 2019
ރައްޔިތު މީހާ އަތުން 6ރ ނަގާފަ ރައްޔިރު މީހާ އައް 2ރ ދޭ އުސޫލު މި އޮއްނަނީ. ކިހާ ފައްކާ
އައިސް
16 July 2019
އިލިޔާސް ލަބީބު އޮޑިފަހަރުގަ ނާސްތާ ކިރު ޕެކެޓް ރަށްރަށަށް އުފުލަނީ...ކޮރަޕްޝަނުގެ ތެރެއިން....ހެކި
ބޮޑުމީހާ
16 July 2019
މިގައުމުގެ މާލިއްޔަތު ފުޑާލަނީ މަޖްލީހުން. ކީއްކުރަން އުޅޭ 85 މެމްބަރުން. ކޮންމެ އަތޮޅަކުން 2 މެމްބަރުން ތިބީމަ ހުންނާނީ ރަގަޅަށް. މުސާރަ އެހާބޮޑު. ކުރާ ކަމެއް ހަރާން