ފްލެޓް އަޅަން ސީ ލައިފަށް ދޫކުރި ސަރަަހައްދު.--
16 ޖުލައި 2019 - 22:44
ސީ ލައިފް ގްލޯބަލް އިން ފައިސާ ނެގި މީހުންނަށް ބަދަލުދޭން ނިންމި ނިންމުމުގެ ސަބަބުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީ ލައިފުން ފައިސާ ނެގުމަށްފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް އިއްޔެ ވަނީ ސެޓްލްމަންޓް އެގްރިމެންޓް ހަދައިފަ އެވެ.
ސެޓްލްމަންޓް އެގްރީމެންޓެއް ހެދީ ސީ ލައިފް މައްސަލައިގައި ދައުވާ ކުރާ މީހުންނާއި ސަރުކާރާއި އެޗްޑީސީއާ އެކު ކުރި މަޝްވަރާތަކަށް ފަހު އެވެ. ގެއްލުމުގެ ބަދަލު ހޯދަން ސީ ލައިފްގެ މައްޗަށް ދައުވާ ކުރަނީ 203 މީހެކެވެ.
އެ މައްސަަލައާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ސީ ލައިފްގެ މައްސަލައިގައި ސަރުކާރާއި އެޗްޑީސީގެ އިހުމާލެއް ނެތް ކަމަށް ދެ ފަރާތަށް ގަބޫލުކުރެވުނު ކަމުގައި ވިއަސް، އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންވެ އެއީ ގެއްލުން ކުޑަ ކުރުމުގެ ގޮތުން އެ ފަރާތްތަކަށް އިންސާފު ހޯދައިދޭން ވެފައިވާ އެއްބަސްވުމެއް ކަމަށް އެޗްޑީސީން ބުންޏެވެ.
ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ފްލެޓް އަޅަން ލަންކާ ކޮރަލް ހޯލްޑިންގްސްއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައްމަޓީ (ވ-2) އަށް ބައިވެރިވަނީ. -- ފޮޓޯ: މިހާރު
"މި އެއްބަސްވުމުގެ ދަށުން މި ކުންފުންޏަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ސީ ލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޯދުމަށް މި ކުންފުނިން މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.
ސީ ލައިފްގެ މައްޗަށް ދައުވާކުރާ މީހުންނަށް ބަދަލުދޭން އެއްބަސްވީ، ދައުލަތުން ސީ ލައިފަށް ދައްކަން ޖެހޭ 12 މިލިއަން ޑޮލަރުންނެވެ. އެ ފައިސާ އަކީ އެމްޑީޕީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން ސީ ލައިފުން ދައުލަތާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ދޭންޖެހޭ ފައިސާ އެވެ.
ސީ ލައިފަށް 12 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. މި ފައިސާ އިން ރީފަންޑު ދިނުމުގެ އިތުރުން ފްލެޓް ބޭނުންވާ މީހުންނަށް ދެ އަހަރުގެ ތެރޭގައި ފްލެޓް ހަމަޖައްސައިދޭން ވެސް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އެއީ ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑު އަހަންމަދު
17 July 2019
އަންމަޓީގެ ދެވަނަ ކާރު މަރާމާތު ކުރީ އެޗްޑީސީގެ އެމްޑީީ ސުހޭލުތަ އަނެއްކާ.. ހާދަވައްތަރޭ އެހެން. ފުރަތަމަ ކާރު ހަދައިދިނީީ ޔާމީނު، އެއަށްއެރި 15000 ޑޮލަރު. 15000 ޑޮލަރަށް ދެތިން ކާރު ގަނެވޭނެ، އަންމަޓީގެ ކާރު ހަދަން ސުހޭޭލު ދިންވަރެއްވެސް ފަހުން ބުނާނެތާ
ގުދުގުދާ
17 July 2019
ކޮބާހޭ؟ އަންމަޓީ! ލުތުފީ ހައްޔަރުކޮއްގެން ގެނައިގޮތައް ނުގެނެސް ޑީލެއް ހެދީ އަހަރުމެންގެ ފައިސާއިން.
ފާތޭ
17 July 2019
ލުތުފީ ލަންކާގައި ހުރި ތަންތަން އެނގޭއިރު އޭޭނާ ނުގެނައީވެސް ޔާމީންގެ ސަރުކާރުން. ލުތުފީ ލުތުފީ ގެނައީ އެމްޑީޕީގެ ސަރުކާރުން. އަންމަޓީ ލަންކާއަށް ފޮނުވައިގެން ފިލުވީ ޔާމީންގެ ސަރުކާރުން. އަންމަޓީ 15000 ޑޮޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރީ. އަންމަޓީވެސް ރާއްޖެ ގެނެސް އިންސާފުގެ ކުރިމައްޗަށް ޖަހާނީ އެމްޑީޕީގެ ސަރުކާރުން. އެހިސާބުން ރައްޔިތުންނަށް އެނގޭނެ ކާރެއްގެ މަރާމާތަށް ދިޔަކަމަށް ބުނާ 15000 ޑޮލަރުން 3 ކާރު ރާއްޖެ އެތެރެކުރެވިދާނެކަންވެސް
ޚަދީޖާއްތަ
17 July 2019
މިކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ސީލައިފްއާއެކު އެގްރީމެންޓް ހެދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން. ސީލައިފް ފްލެޓް ތަކުގެ ބިންގާ ޔާމީންގެ އަތްޕުޅުން އެޅުއްވިތާ 2 ދުވަސް ފަހުން ސީލައިފްގެ އެކައުންޓުުން ޔާމީންގެ އެކައުންޓަށް ޖަމާކުރި 15000 އެމެރިކާ ޑޮލަރާއި ސީލައިފަށް 12 މިލިޔަން ޑޮލަރު ދިނުމަށް ޔާމީންގެ ސަރުކާރުން އެއްބަސްވި އެއްބަސްވުން އެއީ އެކަމުގެ ހެކި، 12 މިލިޔަން ޑޮލަރު އޭޭރު ދިންނަމަ ޔާމީންގެ އެކައުންޓަށްވެސް އިތުރުވެދާނެ!
އަލީޔ
17 July 2019
މުޅިންވެސް އެހެން މީހުންގެ ބޮލުގަ އަޅުވައިގެން ރެކެން އުޅޭ ބައެއްް މިނޫނީ މަ ނުދެކެން. ޔާމީނު ނުބައިކޮށް ކަމެއް ކުރީމަ ދައުލަތުން ދޭންޖެހޭތަ ބަދަލު؟ ކޯޓަށް ގޮސް ހުުކުމް ކުރާ ގޮތަކަށް ނިންމީމަ ނިމުނީނު؟ ދަށުން ދަމާ ކުޅެ މުޅި މާލިއްޔާ މިހެން ބަހައި ހުސްކޮށް ލައިފި.
ޢިބުރާހިމު
17 July 2019
ހުރިހާ އެއްޗެއް ފޭރޭ ސަރުކާރު
ދޮން އާމިރު
17 July 2019
ނުވާނެ ތިކަމެއް...
ސަޒީމް
17 July 2019
އަހަރެމެން ދައްކާޓެކުސް ފައިސާ ކަލޭމެން ހިތުހުރި ގޮތަކައް ބަހާލާގެން ތިހެން ނުތިބެވޭނެ ފެއްސިގެންދޭ
ނިޒާސިޒާ
17 July 2019
ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނެގީމާ ވަރައް އުންމީދު ކުރިން މިސަރުކާރައް އެއްކަމެއްވެސް ނުކުރެވޭ
މަރުމޯލު
17 July 2019
މިއީ އަހަރެމެން ދިވެހިންނަށް ވެރިކަން ކޮށްދޭން އައި ސަރުކާރެއްނޫން. މިއީ އިންޑިޔާއަށް ވެރިކަން ކޮށްދޭން އައި ސަރުކާރެއް. ފުރަތަމަ އިންޑިއާ، އޭގެ ފަހުގައި ދިވެހިން.
ޙުސޭން
17 July 2019
ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމަ ކޮށްފައި ބަދަލު ދީ. 5 އަހަރަށް ފަހަށް ބަދަލު ތައް ދަންމާލަބަލަ.
ރޭވިގެން
17 July 2019
މަވެސް ދެން ސަރުކާރުގެ ފުރެންޑުންނާ ގުޅިގެން ކުންފުންޏެއް ހަދާފަ ޕްރޮޖެކްޓެއް ނަގަންވީ. ދެން ސަރުކާރުގަ ތިބޭ މަގޭ ފުރެންޑުން ކައިރީ ބުނާނީ އެގްރީމަންޓު ބާތިލް ކޮށްލާށޭ. ކޯޓަށް ގޮސްގެން ފަނޑިޔާރު ފުރެންޑު މަށަށް ބަދަލު ހޯދަދޭނޭ. ދެން ސަރުކާރުން އެއަށް އިތުރު ޖަދަލުނުކޮށް "ސެޓްލަމަންޓަކަށް" ދާނީޔޭ. ދެން މަގޭ ހުރިހާ ފުރެންޑުންނަށް ބައި އަޅާނީޔޭ.
ޖޯކަރުލޯޔަރު
17 July 2019
މަށަށް ހީވަނީ އޭޖީ ރިއްފަތު ކިޔެވި އިރު "އައުޓް އޮފް ކޯޓު ސެޓްލްމަންޓް" މާއްދާއިން އެކަނި ކަންނޭގެ ފާސްވީ. ހުރިހާ އެއްޗެއް މި ދަނީ އެހެން. ފައިސާ ބަހާ ހުސްކުރަނީ ޑޮލަރުން.