ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
20 ޖުލައި 2019 - 23:12
މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑު ވަޒީރު ޕްރަވިންދު ޖަގްނައުތުއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުމާ އަދި ކުރިއަށް އޮތްތަނުގައި އެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެ މަޝްވަރާތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑު ދަތުރުފަތުރާ ގުޅުންހުރި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭކަން ފާހަގަކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ދެ ބޭފުޅުންގެ ވާހަކަފުޅުގައި މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމުގެ މަގުސަދާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން އެއީ ކުދި ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ކުޅިވަރު މުބާރާތްތަކުގެ ޒަރީޔާ އިން އެކުވެރިކަމުގެ ގުޅުން ބަދަހިކުރުންކަން ފާހަގަކުރެއްވި ކަމަށް ބުންޏެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގައި ހުރިހާ ގައުމުތައް ގުޅިގެން ވާހަކަދެއްކުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ ދެ ކަނބަލުންނާއި ދިވެހި ޑެލިގޭޝަނަށް މޮރިޝަސް އިން އިއްޔެ ކީ ހޫނު މަރުހަބާއަށްޓަކައި ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ރައީސް މިއަދު ވަނީ އައިއޯއައިޖީ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. އަދި ދިވެހިން ކުޅުނު ބައެއް ކުޅިވަރުތައް ބައްލަވައިލައްވަން ރައީސް ވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބބބބބ
21 July 2019
ބަންގާޅުގަ އެބަ ކުރިޔަށް ދޭ، ފައިގަ ތަޅާ ކުޅިވަރު މުބާރާތެއް، މީނަ ނުދޭތަ ބަލައިލަން ،
އަލީ ރާޖާ
21 July 2019
އުނހު މިތަން ނިންމާލާފަ ދާނެ އެތަނަށްވެސް.
އަލީ ރާޖާ
21 July 2019
އަދި ވެރިކަމަށް އައި ފަހުން ރައްޔިތުންނަށް ފައިދާވާ ގޮތަށް މީނަ ކުރި ކަމެއް ނެތް. މުޅިންވެސް ބޭރު ގައުމުތަކުގަ ފައިސާ ބުރުވަމުން.
އަލީ ރާޖާ
21 July 2019
ދެމީހުންގެ ތައުލީމީ ފެންވަރު ހާމަކޮށްލިނަމަ. ޕަކާސް.