23 ޖުލައި 2019 - 00:29
ޗާންދަނީ މަގުގައި ހުންނަ ވެސްޓަން ޔޫނިއަން ކައިރީގައި މިރޭ ހިނގި ފޭރުމުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ޗާންދަނީ މަގުގައި ހުންނަ ވެސްޓަން ޔޫނިއަންގެ އޮފީސް ކައިރީ ހިނގި ފޭރުމުގެ މައްސަލައެއް މިރޭ 9:14 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެ މައްސަލައިގެ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
މާލެ އާއި ރަށްރަށުގައި ފޭރުމުގެ މައްސަލަތައް ފަހަކަށް އައިސް ގިނަ ވެފައި ވާއިރު އޭގެ ތެރެއިން ބައެއް ޖަރީމާތަކުގައި ބޮޑެތި އަދަދުތަކުން ފައިސާ ފޭރިގެންފައި ވާއިރު ފޭރުނު ގިނަ ފައިސާތަކެއް މިހާތަނަށް ވަނީ ނުހޯދި އެވެ.
އެގޮތުން މިދިޔަ ޖޫން މަހު ހުޅުމާލޭގައި ހުޅުމާލޭގައި މީހެއްގެ އަތުން 15،000 ޑޮލަރާއި 150،000ރ. ފޭރުނު މައްސަލައިގައި މީހަކު މިހާތަނަށް މީހަކު ވެސް ހައްޔަރުކޮށްފައި ނުވާއިރު ފައިސާ ވެސް އަދި ނުހޯދެ އެވެ.
ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން މިހާތަނަށް ފެނުނު ކަމަށް ފުލުހުން ބުނެފައިވަނީ މަސް ކުންފުނި އެންސިސްގެ 2.3 މިލިއަން ރުފިޔާ އާއި ބީއެޗްއެމްގެ 1.3 މިލިއަން ރުފިޔާ އާއި މިފްކޯގެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން ހަތް ލައްކައެއްހާ ރުފިޔާ އެވެ. މި މައްސަލަތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށް ބައެއް މީހުންގެ މައްޗަށް ވަނީ ދައުވާކޮށްދިނުމަށް އެދި ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނިޔަ
23 July 2019
ތިތަން ފެނުނު އެވަގުތު...ވަޅި ޖެހީ ކަމަށް ހީކުރީ! ގައިމުވެސް ބޮޑު ވަޅިއެއް ގެންގުޅުނު..ބިރުން ހަލާކުނުވީ ކިރިޔާ!
އެޑްމުންޑޯ
23 July 2019
ޗާންދަނީ މަގުގެ އޯކިޑް މަގާއި ވީ ސަރަހައްދަކީ އެންމެ މީހުންގިނަ މާލޭގެ އެންމެ މުހިއްމު ސަރަހައްދު ، މިސަރަހައްދުން ފޭރަންފެށީމާ އެބަ އެގޭ މާލޭގެ ހާލަތު ، އަމާންކަން ނެތް މިންވަރު ، އިތުރަށް ބުނާނެ އެއްޗެއްނެތް
ފޭރުނުކަލޭގެ
23 July 2019
މިހާރު ރާއްޖޭގައި އެންމެ ފުޅަދާއިރާއެއްގައި މަނީލޯނޑަރ ކުރާފަރާތުން ބޭރުފުށުން ދެއްކުމަށް ބައިނަލްއަގުވާމީ ބްރޭންޑެއްގެ ނަންބޯރޑްގެ ހިޔާވަހިކަމުގައި ހިންގާ ޖަރިމާއެއްތީ ތިޔަ ފޭރުމަކީ ގޭމެއް ފައިސާއުފުލަން ގެންގުޅޭ ގޭންގުކުދިންލައްވައި ޖެއްސުވި ސްޓަންޓެއް މައްސަލަޔަކި މަނީލޯންޑަރ ކުރާކަމުގެ ޝަކުވާއެއް ކުރުން އަދި ކަޅުބާޒާރުގައި އެހެން ބަޔަކު ޑޮލަރުގެ ވިޔަފާރިކުރާތީ ޖެހިސަކަރާތެއްތީ
ޖމަލޭ
23 July 2019
ތިހުންނަނީ ކަންކަމެއް ނޫން. ސާބިތެއް ނުވާނެ. ނޫނީ ކޮންމެވެސް ސޔސ މީހެއްގެ ހިމާޔަތް ލިބޭނެ.
ނުފޭރިބަލަ
23 July 2019
ތި ފޭރޭ މީހުން ޝަރީއަތް ނިމެންދެން ޖަލުގަ ބައިތިއްބަ ބަލަ މީހުން ހަލާލުގޮތުގަ ހޯދާ ރުފިޔާ ފޭރެންޏާ މި މުޖުތަމައުއިން އެކަހެރި ކޮށްފަ ބައިތިއްބަބަލަ. ހެޔޮނުވާނެ.