ކުރީގެ ރައީސް އަބްދުﷲ ޔާމީން. އެމަނިކުފާނުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުން. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
27 ޖުލައި 2019 - 14:59
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަން ޖެހޭނީ ހަ ފުށް ފެންނަ ގޮތަށް ބެންޗަކާ އެކީގައި ކަމަށް ޕީޕީއެމް/ ޕީއެންސީން މިއަދު ބުނެފި އެވެ.
ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ޔާމީންގެ ޝަރީއަތް ނުބާއްވާކަށް އިދިކޮޅު ފަރާތްތަކުން އެއްވެސް އިރެއްގައި ވަކާލާތު ކޮށްފައި ނުވާނ ކަމަށެވެ. އެކަމަކު، އެ ޝަރީއަތް ބާއްވަން ޖެހޭނީ ހާމަކަން ބޮޑު ގޮތެއްގައި ވީހާ ވެސް އިންސާފުވެރިކަމާ އެކުގައި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ޔާމީންގެ ޝަރީއަތް އެއް ފަނޑިޔާރަކާ އެކީގައި ކުރިއަށް ގެންދެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެއީ ޔާމީންގެ ޝަރީއަތް އެހާ ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދާ އިރު، ގިނަ ކަންކަން ދިރާސާ ކުރަން ވަގުތު ބޭނުންވެފައި "އެންމެ ދުވަހަކުން" އެކަން ނުކުރެވޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ. ސައީދު ވަނީ އަވަސް އަރުވާލައިގެން ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދާތީ ކަންބޮޑުވެވަޑައިގެންފަ އެވެ.
ޔާމީންގެ މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ވެސް ކުރިއަށް ދިޔައީ ބެންޗަކާ އެކުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި ބެންޗަކާ އެކީގައި ކުރިއަށް ގެންދާ ނަމަ، މައްސަލަ ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
"އެކަކު އިނދެގެންތޯ ނަޝީދުގެ މައްސަލަތައް ބެލީ؟ ޔާމީންގެ ސަރުކާރުން ފުރުސަތު ދިނީ އެކި ގޮތް ގޮތަށް. އިސްތިއުނާފްގެ ފުރުސަތު ދީ ބައިނަލްއަގުވާމީ ފަރާތްތަށް ވަދެ، ހަ ފުށް ފެންނަ ގޮތަށް ކުރިއަށް ދިޔައީ،" ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށައިފަ އެވެ. އެންމެ ފަހުން، މިދިޔަ އާދީއްތަ ދުވަހު އޮތް އަޑުއެހުމުގައި ހެކިން ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ޔާމީނަށް ވަނީ ދީފަ އެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެންދީ
30 July 2019
އެދިވަސް އަރާހަމަކުރި އަވަސް ކަމާއެެެެެެެެެެވެެ.
ސަފަރު
28 July 2019
ޔާމީނުގެ މައްސަލަ ބައްލަވާނެ އެންމެން އެއްކުރައްވާ ދުވަހުން އެދުވަހަކު ނުތިނބޭނެ ތިޔަ މައްސަ ބައްލަވާކަށް މިހާރު ތި ތިއްބެވި ގާޒީންނެއް. އިންސާފު ގާއިމުވާނެ އެދުވަހުން.
ފޫހި
28 July 2019
މިވެރިން ލަދުގެ ކަންފުޅެެއްވެސް ނެތް. ޢެންމެ ބޭއިންސާފުކޮށް ހުކުމްތައްއައީ ތިޔަބައިގަނޑުގެ ވެރިކަމުގަ. އެއީ އަދި ދިވެހިން ހަނދާންނުގައި ހުންނާނެ ދުވަސްތަކެެއް. ޅަދު
ހަސަދު
28 July 2019
ބެންޗު ގަނެފާ ޝަރީއަތް ސިއްރު ކުރަންވީ ދެއްތޯ.
ހަނުހުންނަ މީހާ
28 July 2019
މުޅިރާއްޖެ އަށް ފެންނަ ގޮތަށް ޝަރީއަށްކުރާއިރު އަދި ހެކިތަކާއި ދަލީލުތައް އާންމުންނަށް ފެނިގެން ދާއިރު ނާއިންސާފުން ހުކުމެއް ނުކުރެވޭނެ. އެކަމަކު ފުރަތަމަ ޝަރިއަތުގެ މަޖިލީހުގައި އިވުނު ވާހަކަތަކާއި ހެކިތަކަށް ބިނާކޮށް އަހަރެންގެ ހުކުމަކީ ޖަލު
މެސީ
28 July 2019
ޔާމީން ހެދިހެން މިސަރުކާރުން ބެންޗްތައް ހަދަިގެން ގޮނޑި ކޮއްކޮ ކުޅޭކަށް ނޫޅޭ
1234
28 July 2019
ޤާސިމް ހޮސްޕިޓަލްގައިއޮށްވާ ހުކުމްނުކުރާށޭ ނުބުނީކީއްވެ؟
ސީސީސީ
28 July 2019
މިދުވަސް އަންނާނެކަމަށް ވެރިކަން ލިބުނީމާ ލިބުނު ލަނޑުތީ. ؟
ވަސަންތީ
28 July 2019
ދެންއަދުރޭއާސައީދު ބެންޗުގައި ބައިތިއްބާ އޭރުން ތިންފަޑިޔާރުންވީ.
ދާދޭ
28 July 2019
ޔާމީނުގެ މައްސަލަ އެބަބަލަޔޭ ވަށައިގެން ފެންނަގޮތަށް ހޮޅުއަށިތަކާ އުނދޯލީގާޔާއި ހުނިގޮނޑީގައި ތިބެގެންވެސް. މިވަރުވެސް ނޭގުނުދޯ؟