ކުޑަކުދިންގެ ދުޅަހެޔޮކަމަށް ޓްރީޓޮޕާއި ޔުނިސެފް މަސައްކަތް ކުރަނީ

ކުޑަކުދިންގެ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު ކުރިއަރުވަން ޓްރީ ޓޮޕް ހޮސްޕިޓަލާއި ޔުނިސެފުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.


ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ، ޓްރީޓޮޕްގެ ސީއީއޯ ޑޭވިޑް ފެއިންބާގާއި ޔުނިސެފުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. މުނީރު ސަފީލްދީނެވެ.

މި އެއްބަސްވުމުގެ ދަށުން، ހަށިގަނޑު ރައްކާތެރިކުރުމުގެ މުހިއްމުކަމާއި ރައްކާތެރިގޮތުގައި އިންޖެކްޝަން ދިނުން ހިދުމަތްތައް ފޯރުކޮށްދިނުމާއި ކުޑަކުދިންނަށް ހެޔޮގޮތުގައި ނާސްތާ ދިނުމާއި ދުޅަހެޔޮ ސިއްހަތުގެ މުހިއްމުކަން ކުރިއެރުވުމާއި ހޭލުންތެރިކުރުމަށް ދެ ފަރާތުން މަސައްކަތް ކުރާނެ އެވެ.

ޓްރީ ޓޮޕްގެ ސީއީއޯ ޑޭވިޑް ވިދާޅުވިގޮތުގައި މި އެއްބަސްވުމަކީ އެ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ފަހުރެކެވެ. އަދި ދެ ފަރާތުން ގުޅިގެން ކުޑަކުދިންގެ ސިއްހަތަށް ވަރަށް މުހިއްމު މަސައްކަތެއް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރީޓޮޕާއި ޔުނީސެފް ގުޅިގެން އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: ޓްރީޓޮޕް ހޮސްޕިޓަލް

ޔުނިސެފުން މި ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރު ޖީން ގޮގް ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް، ޓްރީ ޓޮޕަކީ ކުޑަކުދިންނާ ރައްޓެހި ހޮސްޕިޓަލަކަށް ހެދުމަށް މަސައްކަތްކުރެވޭނެ ކަމަށެވެ. އެގޮތުން ވިހެއުމަށް ފަހު ގާތުން ދިނުމަށް ބާރުއެޅުމާއި ދަރިފުޅާއި މައިމީހާއާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމަށް ކުޑަކުދިންނާ ރައްޓެހި ހޮސްޕިޓަލެއް ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

ޓްރީ ޓޮޕުން ބުނީ ސަރުކާރާ ގުޅިގެން މާލޭގެ ސްކޫލުތަކަށް ދަތުގެ ފަރުވާ ދިނުމަށް އަމާޒުކޮށް، ކުރިއަށް އޮތް އަހަރުތަކުގައި ހިދުމަތް ފުޅާކުރަން މަސައްކަތްކުރެވޭނެ ކަމަށެވެ.