ފުލުހުން މީގެ ކުރިން އަތުލައިގެން ހުރި މަސްތުވާތަކެތި--.ފޮޓޯ: ނިޝާން އަލީ/މިހާރު
31 ޖުލައި 2019 - 12:08
ހަ ކިލޯގެ ޑްރަގާ އެކު މާލެ އިން އިއްޔެ ހައްޔަރުކުރި ފަސް މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން 15 ދުވަސް މިއަދު ދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މީހުންގެ ބަންދުގެ މުއްދަތު ޖަހައި، އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ. އޭގެ ތެރޭގައި ޑްރަގްގެ ބޮޑު ޑީލަރެއް ވެސް ހިމެނެ އެވެ.
ފަސް މީހުންގެ ތެރެއިން ތިން މީހުން ހިފެހެއްޓީ ޓީ ޖެޓީ އަށް ކައިރިކުރި ލޯންޗަކުން ފައިބައިގެން ދަނިކޮށް ކަޅުތުއްކަލާ ކޮށި ކައިރިންނެވެ. ލޯންޗުގައި ތިބި ދެ މީހުން ހައްޔަރުކުރީ އޭގެ ފަހުންނެވެ. އެ މީހުން ގެންގުޅުނު ކަޅު ދަބަހެއް ފާސްކުރިއިރު އޭގެ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި ހަތަރު ރަބަރުގަނޑު ފެނިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރާއި 32 އަހަރާއި 33 އަހަރުގެ ދެ މީހުން އަދި 43 އަހަރުގެ ފިރިހެނެކެވެ. އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަލާ
31 July 2019
ކޯޓުތައް އިސްލާހުނުވެ، ފުލުހުން ހަރުދަނާނުވެ ށްރަގް މިގައުމުގަ ނުހުއްޓުވޭނެ.
ހަސީނާ ބޭގަމް
31 July 2019
މާދަމާ ދޫކޮށް ލާނެ! ޑްރަގް ވިޔަފާރި އަކީ ސިޔާސީ އެންމެ އެތެރެ ކޮއިލް އާއި ގުޅި ލޯބީގެ ގުޅުމެއް އޮތް ކަމެއް މާޒީގަވެސް މިއަދުވެސް! ޑްރަގް ގެ ބޮޑުން މަޖިލީސް އަދި ދައުލަތުގެ ބޮޑުން ގޮތުގައި ވޭ! ކެރޭނެތޯ މިކަންކަން ފަޅާއަރުވާ ސިޔާސީ ކަންކަން އިސްލާހުގެ މަގުން ގެންދަން؟ އަދި ނުފެނޭ އެމަންޒަރެއް! އިބޫ ފެންނަނީ ނަޝީދުގެ ބޯއެއް ގޮތުގައި. ވެދުން
ކޮރަލް
31 July 2019
ކުށުގެ ވެށީން ޑްރަގް އާއި އެކު މީހުން ހައްޔަރު ކުރާ އިރު 10 ދުވަސް ތެރޭ ތަހުގީގު ކޮށް މައްސަލަ ކޯޓަށް ނުފޮނުވެންވީ އެއްވެސް ސަބަބެއް ނެތެވެ. ގިނަ ދުވަސް ވުމުން ސަލާމަތް ވާން ފައިސާ އާއި ނުފޫޒުގެ ބޭނުން ކުރާނެއެވެ.
އަލީީީ
31 July 2019
ދެން ދޫކޮށްލާ . އެއީ އަދި ޑުރަގެއްނޫން. އެއީ ޑްރަގަށް ޝައްކުކުރެވޭ އެއްޗެއް. އަވަހަށް ދޫކޮށްލާ. ކޮއްމެސް މޮޅު ޑްރާމާއެއްރާވާފަ ދޫކޮށްލާ.