02 އޯގަސްޓް 2019 - 22:39
ނަފްސާނީ މައްސަލައެއް ހުންނަ މީހަކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން ބުނިގޮތުގައި މިދިޔަ ހުކުރު ދުވަހު 13 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މެދު ރާއްޖެ ތެރޭ ރަށަކުން ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލާގެ ތަހުގީގަށް އެނގުނު ގޮތުގައި ތުހުމަތު ކުރެވޭ މީހަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ އޭނާއަށް ފަރުވާ ދިނުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
"އޭނާ މުޖުތަމައު ތެރޭގައި އާންމުކޮށް ދޫވެފައި ހުރެއްޖެނަމަ މުޖުތަމައުގެ ސަލާމަތާއި އޭނާގެ އަމިއްލަ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފުލުހުންގެ ތަހުގީގަށް ފެނޭ،" ފުލުހުން ބުންޏެވެ.
އެއީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމާ ބެހޭ މައްސަލައަކަށްވާތީ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީވާ
03 August 2019
ހެޔޮނުވާނެ.ކޮންމެ ބޮޑުފާފައެއް ކޮށްފަ ބަލިމީހެކޯ. ތިޔަބުނާ ބަލިމީހާ އަވަހަށް ހައްޔަރުކުރަން ގޮވާލަން.
ގުދުގުދާ
03 August 2019
ދުނިޔެއިން މޮޔަ ވެފައިވާ މީހަކު ކިހިނެއްތަ؟ ހަމައެކަނި ޖިންސީ ގޯނާކުރާނީ! ތިޔައީ މޮޔައެއްކަމަށް ހެދިގެން އުޅޭމީހެއް!
ދަރުމަ
03 August 2019
ކަމާބެހޭފަރާތްތަކުން އާއިލާތައް މިފަދަ ކންކަމަށް ހޭލުންތެރިކުރުވުން މުުހިންމު...ބައެއްމީހުންނަކީ ކަމެއްވުނުގެކުރިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންއިނގޭ ބައެއްނޫން...ކުޑަކުދިން އަބަދުވެސް ބައިތިއްބަންޖެހޭނީ އިތުބާރުކުރެވޭ މީހެއްގެ ބެލުމުގެދަށުގަ..
މަރޭމިތުރު
03 August 2019
ބަލިމީހަކަސް އެކުށުގެ އަދަބު އޮންނަންވާނީ ހަމަ އެއްވަރަކަށް! ޖިންސީ ގޯނާކޮށްފައި މިހާރު ނަފްސާނީ މައްސަލަ ހުންނަކަމަށް ގިނަބަޔަކު ބުނޭ! މުސްކުޅިއުމުރުގައި ކޮންމެ މީހެއްގެވެސް ކޮންމެވެސް މައްސަލަތަކެއް ހުންނާނެ އެއީ އެހެންކަމެއް ކުށުގެ އަދަބު އެހެނަސް އޮންނަންވާނެ!
ރަދީފް
03 August 2019
ޖިންސީ ގޯނާ ކޮށްފިތަ ، އެއީ ސިކުނޑީގެ އުނިކަމެއް ހުރި ބަލި މީހެއް. އިސްލާމް ދީނަށް ފުރައްސާރަ ކޮށްފިތަ ، އެއީ ސިކުނޑީގެ އުނިކަމެއް ހުރި ބަލިމީހެއް.
ހުމް
02 August 2019
މިފަދަ ކޮންމެ ކަމެއްގަވެސް ބޯހަމަނުޖެހޭ މީހެއް. ސަޅިދޯ 19
ބަހޫބަލީ
02 August 2019
ގައުމުގެ ބައިތުލްމާލަށް އަނިޔާކުރިމީހަކު އިންޑިއާގެ ފަޅެއްގަ އަޅާފައިއޮތް ބޯޓެއްގަ އެބަހުރި. އެބޭފުޅާއާއިމެދު ފުލުހުން ބުނާނެއެއްޗެއްނެއްދޯ. ކިހާ ސަޅި.
ޑޮންޑޮންބެ
03 August 2019
ތި ޖެހުފަހުރި ސިޔާސީ ބައްޔަށް ބެސްކުރަން ފެނޭ. ޢޭރަށް ދުނިޔޭގަ އެހެންކަންތަޢްތައްވެސް ހިނގާކަން އެނގިދާނެ.
ތުނިޔަ
02 August 2019
ނުބައި ކަމެއްކޮށްފިއްޔާ މިވަނީ ނަފްސާނީ ބަލި މީހަކަށް! ޑރ އަފްރާޝީމް އަވަހާރަކޮށްލި ހުމާމަކީވެސް ވަކި ހިސާބަކުން ނަފްސާނީ ބަލިމީކަށް ހަދަންއުޅުނެއްނު!
ބަބުރުލް ސަލީމް
03 August 2019
ހުމާމު ބުނާގޮތުން އޭނާ ހުރީ ބޯގޮވާފާ.