ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލިހުގެ ރައީސް ނަޝީދު ބަލަހައްޓަވަނީ. އެޖެންޑާގައި ގިނަ ކަންކަން ހުރި ކަމަށް ވިދާޅުވި.---ފޮޓޯ: މަޖިލިހުގެ އިދާރާ
05 އޯގަސްޓް 2019 - 11:46
ރައްޔިތުންގެ މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރަން ހުރުމުން އެ ކަންކަން ނިންމަން މިރޭ ޖަލްސާއެއް ބާއްވަން މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން ނަޝީދު ވިދާޅުވީ، އެޖެންޑާގައި އިބްތިދާއީ ބަހުސަށް ފަށަން އޮތް ބިލްތަކާއި ކޮމިޓީތަކުން ނިންމާފައި ހުރި މައްސަލަތައް އެބަހުރި ކަމަށެވެ. އަދި އަންނަ ހަފުތާގައި އަޟްހާ އީދު ބަންދާ ދިމާވާތީ ވީހާ ވެސް ގިނަ މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ތިން ދުވަހަށް ފަހު، ދެން އަޅުގަނޑުމެން ދާނީ ބޮޑު އީދު (އަޟްހާ އީދު)ގެ ޗުއްޓީ އަށް. އެހެންވީމާ އެ ޗުއްޓީ އަށް ދިއުމުގެ ކުރިން މަޖިލިހުގެ މަސައްކަތްތައް ވީހާ ވެސް ބޮޑަކަށް ނިންމުމަކީ އަޅުގަނޑަށް ޔަގީން ހުރިހާ މެމްބަރުން ވެސް ބޭނުންވާނެ ގޮތް،" ނަޝީދު ވިދާޅުވި އެވެ.
"އެހެންވެ، އަޅުގަނޑު ގަސްދު ކުރަނީ މިރޭ ނުވައެއް ޖަހާ އިރު ވެސް ޖަލްސާއެއް ބާއްވަން."
މަޖިލިހުގައި ކުރިން އަމަލު ކުރާ އުސޫލަށް ބަލާ އިރު، ރޭގަނޑު ޖަލްސާތައް ބާއްވަނީ މުހިންމު ކަންކަން ނިންމުމަށެވެ. މަޖިލީހުގެ ގަވާއިދުގައި [އާ ގަވާއިދެއް އެކުލަވާލާތީ އަމަލު ކުރުން ހުއްޓާލާފައިވާ ގަވައިދު) ވާ ގޮތުން އާންމުކޮށް ޖަލްސާތައް ބާއްވަނީ ކޮންމެ ހޯމަ އަކާއި އަންގާރަ އަދި ބުދަ ދުވަހު އެވެ.
ނަޝީދު ވިދާޅުވީ އެޖެންޑާގައި ހުރި ކަންކަން ނުނިންމޭ ކަމަށްވާ ނަމަ، ކުރިއަށް އޮތް ތިން ދުވަހު ވެސް ރޭގަނޑު ޖަލްސާތައް ބާއްވަވާނެ ކަމަށެވެ. އަދި އީދު ޗުއްޓީ އަށް މެމްބަރުން ވަޑައިގަންނަވާ އިރު، އެޖެންޑާގައި ހުރި ކަންކަން ތޮއްޖެހިފައި ނޯންނަ ގޮތަކަށް ބާއްވަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް 13 މައްސަލައެއް އެޖެންޑާކޮށްފައިވެ އެވެ.
އޭގެ ތެރެއިން މުހިންމު ބައެއް މައްސަލަތަކުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފަސް މެމްބަރުން އައްޔަން ކުރުމާއި މަސްވެރިކަމުގެ ބިލްގެ ބަހުސް ފެށުން ހިމެނެ އެވެ. އަދި ބައެއް ގަރާރުތަކާއި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލްތަކުގެ ބަހުސް ފަށަން އެޖެންޑާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިލީޕޫޓް
05 August 2019
ސާބަސް ރައީސް ނަސީދު، އަދި އީދު މުބާރިކް.
ދޯރި
05 August 2019
18 ވަނަ މަޖިލީހުގެ މެމްބަރުން އުޅުނުގޮތައް ދަތްއުނގުޅާ ބޭހާ ޗޮކްލެޓް ބަންދުކުރާށާ ޚިތާނު ކޭންޕް ބާއްވަން މެމްބަރުންނަށް ވަގުތު ހުސްކޮށްދީގެން ނުވާނެއެވެ. ދުވާލަކު މަދުވެގެން 8 ގަޑިއިރު މަސައްކަތް ކުރާގޮތަށް ރާވާލާށެވެ.
މހރތނފހ
05 August 2019
ކިތައް ބަދަލު ކިތައް ކުންފުނި އައުވާނުންނަށް ދިނުމަށް ޕްރޮމިސްކޮށްގެންތަ މިފަހަރު އެންޑީޕީ ވެރިކަމަށް އައީ؟ އެމްޑީޕީއަކީ މަހުޖަނުންނަށް ވައުދުވާ އަދި އެވައުދު ފުއްދާނެ ޕާޓީއެއް. ރައްޔިތުންނަށް އޮންނާނެ ބުރޯ ސަރކަސް އާ ޔާމީނު ސާރކަސް ޕްރޮމިސްކުރިގޮތަށް ޑެލިވަރ ކޮށްފައި.
މީކާ
05 August 2019
ކޮބާ ރައީސް އިބޫ؟ ހޮލިޑޭ ޕްލޭނިންގ ގަތަ؟
ވާލުސޮރު
05 August 2019
ސާބަހޭ ރައީސް ނަޝީދު، އަދި ކިރިޔާ މަޖުލީހެއް ހިނގާ ގޮތަށް މި ހިނގަނީ، މެމްބަރު ޓޮމް އާއި މީދޫ ޝަރީފުމެން ތިބޭނެ ނިދި އަންނަނީއޭ ބިޒީއޭ ކިޔައިގެން ރައްޔިތުން ހަވާލުކުރި ޒިންމާއިން ރެކޭނެގޮތް ހޯދަން
ސީސީސީ
05 August 2019
ލިބޭ މުސާރަ އާއި އެއްވަރަށް މަސައްކަތްކުރަންޖެހޭނެ؟
އައިންތު
05 August 2019
މަޖްލިސް ރައީސް ކަމަށް މިވަރެއް ހަމަ ނެތް