މ. މުލީ ޕޮލިސް ސްޓޭޝަން: އެ ރަށުގައި އަންހެނަކު މަރުވި މައްސަލައެއް އަންނަނީ ބަލަމުން
06 އޯގަސްޓް 2019 - 00:34
ނޭވާ ނުލައިގެން މ. މުލީ ހޮސްޕިޓަލަށް ގެންދިޔަ އަންހެނަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނިގޮތުގައި މަރުވެފައިވަނީ 29 އަހަރުގެ އަންހެނެކެވެ. އެކަމަކު އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ. ފުލުހުން ހަމައެކަނި ބުނީ، ނޭވާ ނުލާތީ ކަމަށް ބުނެ މިއަދު ހަވީރު މުލީ ހޮސްޕިޓަލަށް ގެންގޮސްފައިވާ އަންހެނަކު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މުލީ މީހަކާ ކައިވެނިކޮށްގެން އެ ރަށުގައި ދިރިއުޅެމުންދާ އަންހެން މީހާ މުއްޔަށް ދިޔައީ މިދިޔަ ހަފުތާގަ އެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ވެސް އަދި މުލީ ހޮސްޕިޓަލަކުން ވެސް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދޭސް
06 August 2019
މި މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތުގެ ހަލާކު އެހެންވެ މި ވިއްކާމީހުންނަށް މަރުގެ އަދަބު ދެނީ. މި ގައުމުގައި މިހާރު މި ވިޔަފާރިިތެރެއަށް ބަނފްލާދޭޝްމީހުން ވަދެއްޖެ. ޢެމީހުނގެ ފިހާރަތަކުންނާއި ނިދާ ކޮޓަރިތަކުން ދިވެހި ޒުވާނުންނަށްވިއްކާ. މިތަންތަން ޗެކްކޮށްދީބަލަ.
އެސޮރު
06 August 2019
ޙިތާމަ ވެރިހަބަރެއްޚިތަންމެ ގޯސް ކޮށް އުޅުނު މީހަކަށްވެސް ﷲ ހެޔޮ ރަހުމަތް ލައްވަފާނެ .ޙަބަރު ލިބޭގިތުންނަމަ އެއަންހެން ކިއްޖާއަކީ ވަރަށް ބޮޑަށް މަސްތުވާ ތަކެތި ބޭނުން ކުރާ "މާލޭގަ"ދިރިއުޅޭ ކުއްޖެއް.ޢެ ރަށު މީހުން ބުނާގޮތުން ނަމަ އެކިއްޖާ އަށް އެކަމެއް ދިމާވެފަ ވަނީ އޯވަރ ޑޯސް ވެގެން..
މިސޮރު
06 August 2019
29 އަހަރުވީމަ އެހެރީ ބޮޑު އަންހެނަކަށްވެފަ. އެއީ ކުއްޖެއްނޫން