ތިމަރަފުށީގައި ދެ މީހަކަށް ވަޅިން ހަމަލާދީފި

ތ. ތިމަރަފުށީގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި އެވެ.


ފުލުހުން ބުނީ މިރޭ ތިމަރަފުށީގައި ހިންގި މާރާމާރީއެއްގައި ވަޅިން ހަމަލާދިން ދެ މީހުންގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށާއި އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.