މިއަދު ހައްޖުން އައި މީހެއްގެ ގައިގައި މީހަކު ބައްދާލަނީ. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
18 އޯގަސްޓް 2019 - 17:17
މި އަހަރު ރާއްޖޭން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ފުރަތަމަ ގުރޫޕް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ސައުދީ އެއާލައިނުން މިއަދު ހަވީރު ރާއްޖެ އައީ ތަޒްކިޔާ ޖަމާއަތުން ދިޔަ މީހުންގެ ތެރެއިން 44 މީހެކެވެ. އެ ޖަމާއަތުން ދިޔަ އިތުރު 75 ހައްޖުވެރިން މާދަމާ ވެސް ރާއްޖެ އަންނާނެ އެވެ.
ރާއްޖޭން ހައްޖަށް ދިޔަ 2،000 މީހުންގެ ތެރެއިން އެންމެ ފަހު ގްރޫޕް ރާއްޖެ އައުމަށް ނިންމާފައިވަނީ މިމަހު 31 ގަ އެވެ. އެއީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންގެ ތެރެއިން 263 މީހުންނެވެ.
އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގެންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ހައްޖުވެރިން އަންނަ ދުވަސްވަރު ގުޅިގެން ރޯގާ ފެތުރިދާނެތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރެ އެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ.
އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރު ރާއްޖޭން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ގްރޫޕްތަކުގެ ތެރެއިން 1،000 އަށް ވުރެ ގިނަ ޖާގަ ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި ބާކީ ޖާގަތައް ގްރޫޕްތަކުގެ މެދުގައި ވަނީ ބަހާލައިފަ އެވެ. އެއީ އަލްހަރަމައިން އާއި ތަޒްކިއާ އާއި މިނާ އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީވީގޮތޭ
18 August 2019
އިންފްލުއެންޒާ ޖަހައިގެންގޮސްފައި އަންނާނީ އެއަށްވުރެން ވަރުގަދަ ފްލޫއެއް ޖެހިގެންނެވެ. ހައްޖަށްދާއިރު މީކީއްކުރަން ޖަހާ އެއްޗެއް ބާވައޭ ހީވެއެވެ,
އެއްކަލަ ގޮލާ
19 August 2019
ކުދި ހުންހުމާ ބޮޑު ހުންހުމާ ލާމެހުނީމާ ޖެހެން އޮތް ބަލި ނުޖެހުމުގެ ފުރުސަތު ދައްވަނީ ތޯއްޗެއް. ރައްކާތެރިވުމުގެ ގޮތުން ޖެހޭނެ ދޯ ފިޔަވަޅު އަޅަން.