ޚަބަރު / އައްޑޫ ހައުސިން ޔުނިޓް

އައްޑޫގެ 1،500 ހައުސިން ޔުނިޓަށް ފައިސާ ދައްކަން 20 އަހަރުގެ މުއްދަތެއް

އައްޑޫގައި ދޫކުރި ގޯތިތަކެއްގެ އިން ވަކިކުރަނީ: އެ ސިޓީގައި އަލަށް 1،500 ހައުސިން ޔުނިޓް އަޅަން ވަނީ ނިންމާފައި

އައްޑޫގައި އަލަށް އަޅާ 1،500 ހައުސިން ޔުނިޓް ލިބޭ މީހުންނަށް އެތަންތަނަށް ފައިސާ ދައްކަން 20 އަހަރުގެ މުއްދަތެއް ދިނުމުގެ އިތުރުން ޑައުންޕޭމަންޓް ވެސް ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އައްޑޫގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓްތައް އަޅަން ނިންމާފައި ވަނީ މިހާރު ގޯތި ލިބިފައިވާ މީހުންނާއި އަލަށް އިއުލާން ކުރި ގޯތިތަކަށް ކުރިމަތިލި މީހުންގެ ތެރެއިން މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ނޭޅި ދަތި ހާލުގައި އުޅޭ އާއިލާތަކަށް އިސްކަންދޭ ގޮތަށެވެ.

އާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން މި މަހު 8 ގައި ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އަވަށްތަކުގެ އަވަށު އޮފިސްތަކުން އަންނަނީ ފޯމް ދޫކުރަމުންނެވެ.

ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.

މި ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ހިތަދޫގައި 712، މަރަދޫގައި 164، މަރަދޫފޭދޫގައި 81، ފޭދޫގައި 247، ހުޅުދޫގައި 165 އަދި މީދޫގައި 131 ހައުސިން ޔުނިޓް އަޅަން ވަނީ ނިންމައިފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫއުގެ ދަށުން އަޅާނީ ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓީން ރޫމް އަދި ބަދިގެ ހިމެނޭ ހައުސިން ޔުނިޓްތަކެއް ކަމަށެވެ. އެއިން ޔުނިޓެއްގެ ބޮޑުމިނުގައި 900 އަކަފޫޓު ހުރެ އެވެ.

ޔުނިޓްތަކަށް ފައިސާ ދައްކަން ފަށާނީ އިމާރާތްކޮށް ނިމި، ހައުސިން ޔުނިޓްތަކުގެ ވެރިންނާ ހަވާލުކުރާ ތާރީހުން ފެށިގެންނެވެ. ކައުންސިލުން ހަމަޖައްސާފައި ވަނީ ހައުސިން ޔުނިޓްތަކުގެ އަގު ދައްކައި ނިމެންދެން އެތަންތަން ރަހުނު ވެސް ކުރެވޭ ގޮތަށެވެ.

ކައުންސިލުން ވަނީ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާ މީހުންނަށް ޕޮއިންޓް ދޭނެ އުސޫލު ވެސް ކަނޑައަޅައިފަ އެވެ.

އައްޑޫގައި އެންމެ ފުރަތަމަ ހައުސިން ޔުނިޓްތަކެއް އެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. އޭރު ފޭދޫގެ ދެ ސަރަހަދެއްގައި ޖުމްލަ 25 ހައުސިން ޔުނިޓް އަޅާފައިވެ އެވެ.

Addu gai ithuru 1,500 housing unit alhanee

Addu gai ithuru 1,500 housing unit alhanee

The most trusted news source in the Maldives

Mihaaru

އައްޑޫގައި 1،500 ހައުސިން ޔުނިޓް އަޅާކަން އިއުލާން ކުރީ އެޕްރީލް މަހު.

އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިތަދޫގައި އެޅި 264 ފްލެޓާއި ހުޅުދޫގައި އެޅި 48 ފްލެޓް ދޫކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. ކައުންސިލުން ދާދި ފަހުން ވަނީ އައްޑޫގެ ތިން އަވަށަކުން ގޯތި ދޫކުރަން ވެސް އިއުލާންކޮށްފަ އެވެ. އެއީ މަރަދު އާއި ހުޅުދު އާއި މީދޫންނެވެ.

11 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 0%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރީޕަހުމީ

09 October 2019

ސަރުކާރުގެ ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބޭ މީހުން މިހާރު ކަށަވަރުވެފައިވާތީ، މީބޯހިޔާވަހިކަމުގެ ޕޮރޮގްރާމްގެ ދަށުން ރައްޔަތުން އަޅުވެތކޮއް ނިކަމެތިކޮއް ފަސޭހަ ކަމާއެކު ވޯޓް ހޯދައް ހިންގާ ގެސްޓް ހައުސް ރިޔަލް ސްޓޭޓް ވިޔަފާރިޔެއް ބައްލަވާ 3000 ގުނަ 12=36000 ގުނަ 20=720000ރފ މީގަ ހެއްވާކަމަކީ ރޭޑިއޯ ތަކުންނާ ޓީވީ ތަކުން ގޮވަނީ ފުލެޓް ދެއްވާ ވާހަކަ މިގޮތައް 24ގަޑިއިރު ދެއްވާ ފިހާރަ ތައްވެސް ެބަހުރި ރފ

The name is already taken The name is available. Register?

އެމްސް

20 August 2019

200% ފައިދާގަބާ؟

The name is already taken The name is available. Register?

ތުއްތަބެ

20 August 2019

މިސަރުކާރުން ބޯހިޔާވެހިކަން ކުރިޔަށްދާގޮތާ ދޭތެރޭ ވަރަށް ހިތާމަކުރަން އަޑެއް ބަޑެއް ނީވޭތާ އެތަކެއް ދުވަހެއް، ވޯޓްގެ ދުވަސްވަރު ދެއްކިވާހަކަ ދިމަލެއްނުވޭ.

The name is already taken The name is available. Register?

ބޯގަޅި

20 August 2019

900 އަކަފޫޓް. ގޫބަޑި

The name is already taken The name is available. Register?

ބޮޑުމީހާ

19 August 2019

އައްޑޫއިން 2000 އަކަފޫޓްގެ ގޯތި ދޭންވީ، ދިވެހި ރައްޔިތުންގެ ތެރެއިން އައްޑޫއަށް ބަދަލުވާން އެދޭ އެންމެންނަށް. ފްލެޓް ތީ ދިވެހިންގެ އާދަކާދައާއި ވައްޓަފާޅިއާއި ގުޅޭ ކަމެއް ނޫން

The name is already taken The name is available. Register?

ރަދީފް

19 August 2019

''ޑައުންޕޭމަންޓް ވެސް ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.'' މީތި ސަޅި އިނގޭ.މިހާރު ހަވާލްކުރަން ތައްޔާރުވެފަ ހުރި ފްލެޓްތަކުން ވެސް ރައްޔަތުންނަށް އޯގާތެރި ކަމަށް އަމިއްލައަށް ވަކާލާތުކުރާ ސަރުކާރުން ޑައުންޕޭމަންޓް ދައްކަން ނުޖެހޭގޮތަށް ހަމަޖައްސައިދޭނަމަ ވަރަށް ފުރިހަމަވާނެ.ވ.ވެެދުން

The name is already taken The name is available. Register?

ނަސީމާމުހައމަދު

19 August 2019

އައްޑޫ ކަހަލަ ތަންތަނުގައި ފުލެޓު އެޅުމުގެ ބޭނުމެއްނެތް. ހައުސިން ޔުނިޓު ކިޔަސް ތީ ފުލެޓެއް. ގޯތީގައި ގެ އަޅާދޭންވީ، ގެ އަޅަން ހޭދަވި ޚަރަދު 20 އަހަރުތެރޭގައި ދެއްކީމަ ނިމުނީ

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

19 August 2019

ހުޅުމީދޫ އަވަށުގައި ކޮންމެ ފްލޯރއެއްގަ 3 ކޮޓަރީގެ 10 އެޕާރޓްމަންޓް ހިމެނޭ 5 ބުރީގެ 20 ޓަވަރު ހެދުމަށްފަހު އައްޑޫގެ އިތުރުން ފުވައްމުލަކާއި ހުވަދޫއަތޮޅުން 1000 މީހުންހަވަނުވާ ރަށްރަށުގެ 50 އަހަރުންދަށް ކޮންމެ ދެމަފިރިއަކަށް “އެއްމެދު ފްލެޓްގެ ގޮތުގައި” ފްލެޓްލިބޭނެ ބިޔަ މަޝްރޫއެއް ފައްޓާ އެއްފަސްކުރުމުގެ ސިޔާސަތެއް އިއުލާންކުރާންޖެހޭ. * * އައްޑޫ ސިޓީ ތަރައްޤީ ނުކޮށް މާލޭގެ ތޮއްޖެހުމަށް ހައްލުހޯދުމަކީ ކުރެވޭނެކަމެއްނޫން. މިބަދަލަށް ރުހެންޖެހޭ.

The name is already taken The name is available. Register?

ކިޔު5

19 August 2019

ފުވައްމުލަކާއި ހުވަދޫ ރަނގަޅަށް އެނގޭހެން ހީނުވޭ!

The name is already taken The name is available. Register?

ެައަޖާއިބް

20 August 2019

ގިނަ މީހުން ހީކުރަނީ، ހައުސިން ޔުނިޓް އޭ ކިޔާތީ އެއީ ވެސް ފްލެޓް ކަމަށް.. އެހެނެއް ނޫން. މީ ހަމަ ސްޓޭންޑަރޑް ކުދި ކުދި 700 އަކަ ފޫޓްގެ ގެތަކެއް. ބިމުގެ ދަތިކަން އިންތިހާ އަށް ބޮޑު ވާނެ ކަމަށް ބެލެވޭ ސަރަހައްދެއްގައި، މިކަހަލަ ކުދި ގެތަކެއް އަޅައިގެން ބިން ވާނީ ބޭކާރު. މީގެ ބަދަލުގަ (މާރަނގާ) ބުނިހެން ފްލެޓް އަޅާނަމަ ވާނެ މިކަން ދާއިމީ ހައްލަކަށް. ބަލާބަ.. މާލެ، ސަރަހައްދުގަ އަޅަނީ ފްލެޓް.

The name is already taken The name is available. Register?

އައްޑޫ ބޮންޑާ

19 August 2019

ބޮނޑު ބަންދުގާ ޗުއްޓީ ދާން އެތަނުން ޔުނިޓެއް ނަގަން ވާނެ އެވެ.ދިރި އުޅެން ހުޅުމާލެއިން ފްލެޓެއް ނަގާނަމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454