ގޮވާ ޒާތުގެ އެއްޗެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެލާޓްގައި އޮތް ކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ދޮގުކޮށްފި އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެއާޕޯޓުގެ އޮޕަރޭޝަން ނޯމަލް ކަމަށާއި ފުލުހުން އާދައިގެ މަތިން ކުރިއަށް ގެންދާ ރޫޓިން ޗެކިން މިރޭ ކުރިއަށް ގެންދާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މިރޭ 9:30 ގައި ޖައްސަން އޮތް އީކޭ ފްލައިޓް ޖެއްސުން ލަސްވީ އެއާ ޓްރެފިކާ ހެދި ކަމަށެވެ.
"އެއްވެސް މައްސަލައެއް ނޫޅޭ. އޮޕަރޭޝަންތައް ބަރާބަރަށް އެބަ ހިނގާ،" އޮފިޝަލް ވިދާޅުވި އެވެ.