ޝަރީއަތެއްގެ މަޖިލިހުގައި ކުރީގެ ނައިބު ރައީސް ޖަމީލް (މ): ފަނޑިޔާރުން އައްޔަން ކުރުމުގައި ޖިންސަށް ބަލަން ނުޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
24 އޯގަސްޓް 2019 - 14:07
ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރުމުގައި ބަލަން ޖެހޭނީ ގާބިލްކަމަށް ކަމަށާއި ޖިންސަށް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާ މެދު ލަފައަކަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެެސްސީ) އަށް ފޮނުއްވައިފަ އެވެ. އެހެންވެ އަންހެން ފަނޑިޔާރުން އައްޔަންކުރުމާ މެދު ބައެއް މީހުންގެ މެދުގައި ޚިޔާލު ވަނީ ތަފާތުވެ އެވެ.
އެންމެ ފުރަތަމަ އަންހެން ގާޒީން އަންޔަންކުރި އިރު ޖަސްޓިސް މިނިސްޓަރަކަށް ހުންނެވި ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް އަންހެން ފަނޑިޔާރުން އެބަ ތިއްބެވި ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަންހެން ފަނޑިޔާރަކު ފުރަތަމަ އައްޔަންކުރީ ވަރަށް ގިނަ ގޮތްގޮތަށް ބެލުމަށް ފަހު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
#Maldives already has female judges. We appointed the first female judges on 11 July 2007, during Prez @maumoonagayoom's administration, after careful consideration. That debate is over. What should be considered in national service is capability & integrity, not the gender.
— Mohamed Jameel Ahmed (@MJameelAhmed) August 24, 2019
ޖަމީލްގެ ޓްވީޓް
"ގައުމީ ޚިދުމަތުގައި ބަލަން ޖެހޭނެ ކަމަކީ ގާބިލްކަމާއި، ތެދުވެރިކަމަށެވެ. ވަކި ޖިންސަކަށް ނޫނެވެ،" ޖަމީލް ލިއުއްވި އެވެ.
އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ބުރަވެ، ދާދިި ފަހުން ރާއްޖޭގެ އިސްލާމީ ފަތުވާ މަޖިލީހުން ވަނީ ފަތުވާއެއް ވެސް ނެރެފަ އެވެ.
އެންމެ ފުރަތަމަ އަންހެން ފަނޑިޔާރުން އައްޔަންކުރީ 2007 ވަނަ އަހަރު އެވެ. އޭރު ދަށު މަރުހަލާގެ ދެ ކޯޓަކަށް ދެ އަންހެން ބޭފުޅުން އައްޔަން ކުރި ފަހުން ހައި ކޯޓުގެ ފަނޑިޔާރުންގެ ގޮނޑި ވެސް އަންހެން ބޭފުޅަކު ވަނީ ފުރއްވައިފަ އެވެ.
މިހާރު ވެސް ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގައި އަންހެން ފަނޑިޔާރުން އެބަ ތިއްބެވި އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން މީގެ ކުރިން އަންހެން ބޭފުޅަކު ކުރައްވައިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޅި
25 August 2019
ކްރިމިނަލް ކޯޓްގައި ތިވާހަކަ ދަންނަވަންވީ ނޫންތޯ؟ ޑޜ. ޖަމީލް ކައިރީ ވިދާޅުވެބައްލަވާ ކްރިމިނަލް ކޯޓްގައި ވެސްތޯ؟ ސްޓޭޓްމަންޓްއެއް ދިނަކަސް ނުވާނޭ!
މުޙައްމަދު ހާން
25 August 2019
ފަޑިޔާރުން އަދި ޤާޟީއިންވެސް ނަގާއިރު އުޞޫލުތަކެއްގެ މަތީންނާއި ހަމަތަކުގެ މަތީން ނެގުން ވަރަށް މުޙިއްމު، އެއީ، ހައިކޯޓުގެ ފަޑިޔާރު ކަމުގައި ގިނަދުވަސް ތަކެއް ހޭދަ ކުރެވިފައިވާ މީހަކަށް ވާންޖެހޭނެ، އަދި ހަމަ އެހެންމެ ފަޑިޔާރުންގެ ކުރިއެރުމެއް އަދި ފުރުސަތެއްވެސް ނެތް، ހައިކޯތުގައި ތިއްބެވި ފަޑިޔާރުންނަށް މި ފުރުސަތު ނުދޭންވީ ކީއްވެބައި، މިހާރުވެސް ހައިކޯޓުގައި ތަޖުރިބާ ހުރި ރަނގަޅު ފަޑިޔާރުން އެބަތިބި، ޝުއަިބު ޢަލީ ސަމީރު އަދި ނިޔާޒް ފަދަ
މުއީންޓެ
25 August 2019
https://islamqa.info/en/answers/71338/ruling-on-appointing-a-woman-as-a-judge މި ކިޔާލައްވާ.
ހަސަންޓޭ
25 August 2019
ސަލަފިސްޓުންގެ ކިބައިން މި ގައުމު ސަލާމަތް ކުރައްވާށި.
އިހުސާނާ
25 August 2019
ސުޕްރީމް ކޯޓަށް ކަނޑައަޅަން ނިންމާފައިވާ ދެ އަންހެން ފަނޑިޔާރުންނަކީ އެ ބޭފުޅުންގެ ނަޒާހަތްތެރި ކަމާ ޤާބިލު ކަމާ ދޭތެރޭ އަދި މިހާތަނަށް އެއްވެސް މީހަކު ޝައްކުކުރާނެ ދެ ބޭފުޅުންނެއް ނޫން! ޤަބޫލު ކުރެވޭ ގޮތުގައި މިހާރު ސުޕްރީމް ކޯޓު ގަ ތިބި ފަނޑިޔާރުންނަށްވުރެ ހާސް ބައި ޤާބިލުވެފަ ކަމަށް އެކަށޭނެ ކަަމަށް ބެލެވެނީ! ދެން މިހާރު ވެއްޖެ ނޫންތަ ބޯދާ ވިސްނުން ދޫ ކޮށް ތަރައްޤީވެފަ ތިބި ޤައުމު ތަކުގަ މީހުން އުޅޭ ގޮތަށް އުޅެން ދަސްކުރަން!
ޟަލް
25 August 2019
ވަރަށް ބޮޑު ތެދުފުޅެއް! ޢެކަމަކު ސުޕްރީމްކޯޓްއަށް އަންހެން ދެބޭފުޅުން އައްޔަން ކުރުމުގެ ފަހަތުގައި އެޖެންޑާ އަކީ ކްރިމިނަލް ކޭސް ތަކަށް ބާރު ނުފޯރުވޭ ބައެއްލުން ކަމަށް ނުވެއްޖިއްޔާ ވަރަށް ރަނގަޅު.
އަލީރާޖާ
25 August 2019
ޕީޖީ ކަމުގައިވެސް ހުރި އަންހެނެއް. ދެނޯ؟ ސުޕްރީމް ކޯޓަކީ އެއްވެސް މައްސަލައެއް ވަކި ވަކި ފަޑިޔާރުން ބަލާ ނިންމާ ގޮތަށް ކަޑައެޅިފައި އޮންނަ ތަނެއް ނޫން. އެއީ ބެންޗަކުން މައްސަލަތައް ބަލާ ތަނެއް. 7 ފަޑިޔާރުން ތިބޭ ސުޕްރީމް ކޯޓުގެ ބެންޗެއްގައި 2 އަންހެނުން ތިބުމަކީ ކޮން މައްސަލައެއް އޮތް ކަމެއް؟ ފަޑިޔާރު ކަމުގައި އަންހެނަކަށް ނުހުރެވޭނެ ވާހަކައެއް ހަމަ އެންމެ ސައްހަ ހަދީސް އެއް ގައިވެސް އަދި ކީރިތި ގުރުއާނުގައިވެސް ނެތް.
ތެދުމަގު
25 August 2019
ހަމަމަގަށް އެޅުމުގަ ސޭހުންގެ ދައުރު ވަރަށްމުހިންމު. މަޑުން ނުތިއްބަވާ ސަރުކާރަށް ލަފާ ދެއްވާ. އިލްޔާސް އަދި އިމްރާނު ގެ ބަސް ވަރަށް މުހިންމުވާނެ.
ޖުވޭ
25 August 2019
ޖަމީލަކީ މިކަމުގެ މޭސްތިރިއެވެ. އެކަމަކު އަންނި ތިކަން ކުރަން އުޅުނުނަމަ, ޖަމީލަށްވެސް ތިކަން ލާދީނީވީހެވެ.
ޖަމްބެ
25 August 2019
ޖަމީލް މަޑުންހުރިއްޔާ މާރަނގަޅުވާނެ! މިހާރުތީ ކުޅިބަލާމީހެއް!
ނެޑް
24 August 2019
ޖަމީލުވެސް ރަނގަޅު ވަހަކައެއް ދައްކައިފި.