އާ މެމްބަރުންނާ އެކު އޭސީސީގެ މިހާރުގެ މެމްބަރުން ބައްދަލުވުމެއްގައި. --ފޮޓޯ/އޭސީސީ
25 އޯގަސްޓް 2019 - 14:55
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް އަލަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ފަސް ބޭފުޅުންނާ އެކު އެ ކޮމިޝަނުން މިއަދު ބައްދަލުވުމެއް ބާއްވައިފި އެވެ.
އާ މެމްބަރުންނާ އެކު އޭސީސީން ބައްދަލުވުމެއް ބޭއްވީ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޮރިއެންޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުންނެވެ. އެ ޕްރޮގްރާމް އަންނަ ހަފުތާ ތެރޭގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުން އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ އެކު އެ ކޮމިޝަންގައި މިހާރު ތިއްބަވަނީ ހަތަރު މެމްބަރުންނެވެ.
އޭސީސީ އަށް އަލަށް އައްޔަންކުރަން ފާސްކުރީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި މަސައްކަތް ކުރެއްވި އިބްރާހިމް ޝަކީލާއި ޓްރާންސްޕޭރަންސީގައި މަސައްކަތް ކުރައްވާ މަރިޔަމް ޝިއުނާ އާއި އޭސީސީގައި ކުރިން މަސައްކަތް ކުރެއްވި ދެ ބޭފުޅުން ކަމަށްވާ ފާތުމަތު އަނޫލާ އާއި އައިޝަތު އަބްދުﷲ އާއި ވިލާ ކޮލެޖުގެ މާކެޓިން ޑިރެކްޓަރު، އަލީ އަޝްރަފެވެ.
މި ފަސް މެމްބަރުން ހޮވީ އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލުމުން ކުރިމަތިލީ 68 މީހުންގެ ތެރެއިންނެވެ.
އޭސީސީގެ މެމްބަރުން މަގާމުގެ ޒިންމާއަދާކުރަން ޖެހެނީ ނުފޫޒުން އެއްކިބާވެ، މިނިވަންކަމާ އެކުގައި ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވީ ނަމަވެސް ވޭތުވެދިޔަ ފަސް އަހަރު އެ މުއައްސަސާގެ މިނިވަން ގެއްލިފައިވާ ކަމުގެ ބޮޑެތި ތުހުމަތުތަކެއްކޮށް އިތުބާރާ މެދު ވަނީ ސުވާލު އުފައްދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Juhaa
26 August 2019
ހަސީބޫ. މުވައްފިޒް ކިޔާ މީހަކު އެތާކު ނޫޅޭ. އެތާ އުޅެނީ މުއައްވިޒް ކިޔާ މީހެއް. ކުފޫ ހަމަވާނީ ތިޔަކަހަލަ ތަނެއްދޮރެއް ނޭނގޭ މީހުންދޯ.
ފޭމީހަައް
25 August 2019
ސަކީލް އަކީ އައިޓީ ކިޔެވިމީހެއް އެކަމު އޭނާ ތިއަލީ އޭސީސީއަށް.
އެޗްއެން
25 August 2019
ބުޜޫ.... އައިޓީ ކިޔެވިޔަސް،، އޭނަ އަކީ މައުލޫމާތު އެނަލިސިސް ގައި މަސައްކަތް ކުރި ތޫނު ފިލި މީހެއް.. ވަރަށް ކައިރިން މަސައްކަތް ކުރިން... އެހެން ނޫނަސް ކޮމްޕިއުޓަރު ކިޔަވާ މީހުން ސިކުނޑި ތޫނުފލިވެފަ ކަންކަން މާ އޮބްޖެކްޓިވް ކޮށް ދެނެގަންނާނެ،،، ވާން އުޅޭ ގޮތް ފަހުމު ވާލެއް ވެސް އަވަސް ވާން... އެޗް
ހަސީބޫ
25 August 2019
ތިޔަ ތަނުގެ މުވައްފިޒް އަދި ޝަކީލް އަކީ ތިޔަ މަގާމްޢަށް ކުފޫ ހަމަ ނުވާ ބައެއް