އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު. --- ފޮޓޯ: މިހާރު
27 އޯގަސްޓް 2019 - 20:10
ކުންފުނިތަކަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ޖެހެނީ ކުރީ ސަރުކާރުގެ ވެރިން އަމަލު ކުރެއްވި ގޮތުން ކަމަށާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފަދަ ބޭފުޅުންގެ ގެތައް ދައުލަތަށް ނަގަން ޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ބަޖެޓަށް ފައިސާ އިތުރު ކުރަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރައްވަމުން ރޮޒެއިނާ ވިދާޅުވީ ސަރުކާރުން އެކި ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުންތައް ބާތިލް ކުރުމުގެ ސަބަބުން އެ ފަރާތްތަކަށް ދޭންޖެހޭ ބަދަލުގެ ވާހަކަ ދައްކަވަން ޕީޕީއެމް ބޭފުޅުން ލަދު ގަންނަން ޖެހޭނެ ކަމަށެވެ. ކުރީގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ އެތައް ފައިސާއެއް ކުންފުނިތަކަށް ދޭން ޖެހިފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދައުލަތުން ކުންފުނިތަކަށް ބަދަލު ދޭން ޖެހިފައި ވަނީ އާބިޓްރޭޝަން މައްސަލަތަކުގައި އެބޭފުޅުން "ހާވާފައިވާ ހަޑީގެ މައްސަލަތައް ސާފު ނުވެގެން"ނެވެ. ކުރީ ސަރުކާރުގެ މިނިސްޓަރުން ބޭރު ގައުމުތަކުގެ ކޯޓުތަކުގައި ދޮގު ހެދެމުގެ ސަބަބުން ގައުމަށް ގެއްލުންވެފައިވާ ކަމަށް ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް ކަން ވެސް ކުރައްވަމުން ގެންދަވާ ރޮޒެއިނާ ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ އިދިކޮޅު ކޯލިޝަނުން އިންތިޒާމުކޮށްގެން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވާހަކަދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/ މިހާރު
"މިނިސްޓަރުން ވެސް ގޮސް ތަންތަނުގައި ދޮގު ހަދައި ގައުމުގެ އަގު ވައްޓާލައި ގެއްލުންވާ ގޮތަށް އަމަލު ކުރީމަ، މުއިއްޒު މެން ފަދަ ބޭފުޅުންގެ ގޭގެއާ އެއްޗެހި ނަގަންވީ. މުޅި ފައިސާ އޭގެން ނުދެއްކުނަސް ވީވަރެއް ވާނެ ނޫންތޯ،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ ބަދަލުގެ ގޮތުގައި ކޯޓުން ފައިސާ ދިނުމަށް ހުކުމްކޮށްފައިވީ ނަމަވެސް އެއްވެސް ފަރާތަކަށް ފައިސާ ދީފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަތައް އަލުން ދިރާސާ ކުރުމަށް މަޖިލީހަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އިޝާރާތް ކުރައްވައި ރޮޒެއިނާ ވިދާޅުވީ ކުރީގެ ސަރުކާރުގައި ފުރަތަމަ އެއް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ކަމެއް ވެފައި ނުވާ ކަމަށެވެ. އަދި ކަމެއް ނުކޮށްގެން އޭރުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ނުކުތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވި ގޮތުގައި މި ސަރުކާރަށް ކަމެއް ނުވެއޭ ބުނާ އިރު، ޔާމީންގެ ސަރުކާރުގައި ފެށި ކަންކަން އަލުން ކުރަން ވަނީ ޖެހިފަ އެވެ. މީދޫން މިސާލު ނަންގަވައި ރޮޒެއިނާ ވިދާޅުވީ މަގުތައް ހަދަން ވެގެން ކޮނެގެން ވަޅުލި ހޮޅިތަކުން ލީކްވާތީ އަލުން އެ ހޮޅިތައް ވެސް ނަގަން ޖެހިފައިވާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ކަންބޮޑުވެގެން އުޅެނީ ގާނޫނާ އެއް ގޮތަށް މި ސަރުކާރުން އަމަލުކުރާތީ ކަމަށާއި ވޭތުވެދިޔަ ފަސް އަހަރުގައި ބަޖެޓްގައި ޖެހި ކަންކަން އެ ނޫން ގޮތް ގޮތަށް ފުރޮޅިގެން ދިޔަ އިރު، މަޖިލިހަށް ރޭ ވެސް ކާނުލާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ރޮޒެއިނާ ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
ތަރައްގީގެ ނަމުގައި އެންމެ "ގާ ކޮޅެއް ވެސް ނުހިއްލޭ" ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ދެއްކެވި ވާހަކައަށް ރައްދު ދެއްވައި މިދިޔަ ސަރުކާރުން ކުރި ހުރިހާ ކަމެއް އަލުން ރަނގަޅަށް ކުރަން ޖެހުމުން "ގާކޮޅު" ހިއްލާނީ ކިހިނެއްތޯ" ރޮޒައިނާ ވަނީ ސުވާލު ކުރައްވައިފަ އެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ފާސްކުރަނީ ސަރުކާރުގެ އިސް ބޭފުޅުންނާ ގުޅުން ހުރި ކުންފުނިތަކަށް ބަދަލުދީ ހުސްކުރަން ކަމަށެވެ. އަދި ސަރުކާރުން ކުރި އާ ކަމެއް ނެތް ކަމަށް ބުނެ، ސަރުކާރަށް ވަނީ ފާޑު ކިޔައިފަ އެވެ.
އެކަމަކު، ރޮޒެއިނާ ވިދާޅުވީ އެސްއެމްއީ ލޯނުތައް ދީ، އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް، ހިލޭ ޑިގްރީ އަށް ކިޔަވައިދެވޭ ގޮތަށް ހަމަޖައްސައި ހެނދުނުގެ ނާސްތާ ދަރިވަރުންނަށް ދޭން ފެށުމަކީ ސަރުކާރުން ވި ބޮޑެތި ވައުދުތައް ފުއްދަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
ކުރީ ސަރުކާރުގެ އަމަލްތައް ހުރި ގޮތުން ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދޭން ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަމަކު ފައިސާގެ ބޮޑެތި އަދަދުތަކުން ދީފައިވާ ބައެއް ބަދަލުތަކާ މެދު އާންމުންގެ މެދުގައި ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޝްރަފު
28 August 2019
ކުރާނެ ކަންތައް ނެތުނީމަ ވާނީ ތިޔަހެން! އައްޑޫ ރައްޔިތުންނާ ބައްދަލުކުރި ރޭ ބަވާލި ހަނދާން ވޭދޯ؟ ބަލަ ނަގަންޏާ ނަގަންވީ ދޮންބިލެތް ކަހަލަ މީހުންގެ ރިސޯޓްތަކެއް ނޫންތޯ؟ އެމީހުން ދަތުރުކުރަން ރަށްދީމަ އެނެމެ ފަހުން އެމުސީބާތްވެސް މިޖެހުނީ އެމް.ޓީ.ސީ.ސީ އަށް!
ކެޓް
28 August 2019
އެއް އަންހެން މިނިސްޓަރަކު މޮޕާ ސްޕޮންޖާ ހިފައިގެން ކުރީ ސަރުކާރުގެ ހަޑި ސާފުކުރުމުގަ އަވަދިނެތި އުޅެނީ. ދެން ތިބި ތިޔަކަހަލ ކަމަނާމެން މީހުންގެ ގެތައް ނަގައިގެން އެއިން ލިބޭ ލާރިކޮޅުންވެސް ކަމެއް ވޭތޯ ބަލާބަލަ. ސަޕްލިމެންޓްރީ ބަޖެޓާ ހަމައަށް ދިއައިރުވެސް ކަމެއް ނުކުރެވިފަ ތިއްބަސް ގަންނާނެ ލަދެއް ނެތްތަނުގައި ކޮންމެ ކަމެއް ކުރީ ސަރުކާރު ބޮލުގައި އަޅުވާލައިގެން ފުއްދާލެވޭނެ އިރެއް މިއީ.
އާދަނުބޭ
28 August 2019
ޗޮއްޕަޓު ދޮން އާދަން ފުޅުގެ ގެ ނަގާފައި ދެން އޭގެ ފަހުން ތިޔަކަންވާނީ
ފަރީދާ
28 August 2019
ރޮޒޭނާ ވަރަށް ތާހިރު ގޯތީގެ ވާހަކަ ދައްކަން.. މާލޭން ގޯތި ދޫކުރުން ހުއްޓާލާފައި އޮއްވައި ސްޓެލްކޯ ކައިރިން ބިން ހޯދީ ކިހިނެތްކަން އެންމެނަށްވެސް އެނގޭ. ދެން އެމްޑީޕީ މީހުން މާއަވަހަށް ގޯތީގެ ފަހަތުން މިދުވަނީ ކީއްވެބާ؟ މައުމޫނުގެވެސް ގޯތީގެ ފަހަތުން.
ހުސޭނުބެގެ އާދަން
28 August 2019
ސަަހަރޯ... ކަމަނާގެ ބައްޕަ ގޯތި ހޯދައިގެން ދެގޯތީގެ މަންފާ ކިތައްދުވހު ހޯއްދެވިތޯ. އެފައިސާ ހަލާލުވާނެތޯ
ކޮލެޖު ބޯއި
28 August 2019
މުއިއްޒަށް ތާއީދުނުކުރަން. ރޮޒޭނާއަށް ތާއީދުކުރަން. އެކަމަކު މުއިއްޒުގެ ގެ ނަގަން ރޮޒޭނާ ގޮވާލި ގޮވާލުމަށް ބުނާނީ ތާއީދު ނުކުރަމޭ. އެހެނީ އެއީ ގުދޯގުދޯ ފަދަ ގޮވާލުމެއް
ފޮގުބަ
28 August 2019
ރޮޒައިނާ ތިއުޅެނީ އަމިއްލަ ގެއެއްގަތަ؟ މަގުމަތީގަ ކޯޓް ހަދައިގެން ކާމިނީގެ ނަގަން އުޅުހެން މީހުންގެ ގެދޮރާ ކުޅެން ނޫޅޭ
ކައްތުބޭ!
28 August 2019
ރޮޒޭނާ ތިޔައުޅުއްވަނީ ކިހިނެއް ހޯދި ގޯއްޗެއްގައިތޯ ބައްޕަ އާއި ސުވާލް ކޮއްބަލަ. އަދި މާފަންނުގަ ކުރިން އުޅުނުގެ ދައުލަތާ ހަވާލް ނުކޮއް އެތަނުގަ ފެކްޓަރީ ހިންގައިގެންނެގީ ކިހާ ފައިދާއެއްތޯ މަންމަ ބައްޕަ ގާތު އަހާލާ. އަދި މާފަންނު ގެ 90ގެ ކުރީ ކޮޅު އިމާރާތް ކުރަން ކަޅުތުއްކަލާ ކޮށިން ނެރެގެން ގެންގޮސަފައިވަނީ ކިހާ ހިލައަކާ ސިމެންތިއަކާ ދަނގަޑެއްތޯވެސް ބައްޕައާއި ސުވާލްކޮއްލާ. އަދި މިތަކެތި އުފުލީ ނޫކުލައިގެ ލޮރީގައި ހުދު ބައްޕަނޫންތޯވެސް އަހާލާތި!
Dhaadhey
28 August 2019
މުއިއްޒުގެ ގެނަގަންޖެހެނީ ސަރުކާރުގެ މިނިސްޓަރަކަށް އޭރު ހުރީމާތޯ؟ ނުވަތަ ނުހައްގުފައިސާއަކުން ގެއެއްގަތީމާތޯ؟ ދައުލަތުން ކޮށްފައިވާ އެގްރިމެންޓް ތަކުން ދައުލަތަށް ބުރަ އަންނަނީ ޖީބަށް ވަންނަގޮތަށް އެގްރިމެންޓް ކުރާތީ. ދައުލަތުގެ އެޓާނީއެއް ނަމެއްގައިހުރެ އެއިން އެއްވެސް ކަމަކަށް އަޅާނުލައި އެޅިހާބަތަކަށް ރިހަ އޭ ކިޔާ ގޮތަށް މަގާމު ގެއްލިދާނެތީ ލަފާ ނުލަފާ ވެސް ނުދޭތީ. އެކަމަކު ވެރިކަމޭ ބުނެފިތަ! ދެއިރު ދެދަޅައަށް ނޫސްކޮންފަރެންސް ބާއްވާނެ.
ދުމައިން
28 August 2019
ދޮންއާދަންފުޅުގެ މުންޑު ނަގަންވީ. ދައުލަތުން މިލިއަނުންވައްކަންކޮށްފަ.