މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއް ހިތަދޫ ހޮސްޕިޓަލުން ބަލަނީ

އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި އެޑްމިޓްކޮށްފައި އޮތް މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި ކަމަށް ބުނާ މައްސަލައެއް އެތަނުން ބަލަން ފަށައިފި އެވެ.


ހޮސްޕިޓަލްގެ މެނޭޖަރު ޝަރަފުއްސާދާތު މިއަދު ވިދާޅުވީ، އެ ފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި، ހިތަދު އަށް ނިސްބަތްވާ އަންހެން މީހާ ބަނޑަށް ރޭގެ ވަގުތެއްގައި ދަރިފުޅު މަރުވީ، މީގެ ދުވަސްކޮޅެއް ކުރިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ. އަދި އޭނާގެ ބަނޑަށް ދަރިފުޅު މަރުވީ ހޮސްޕިޓަލުން ލިބެންޖެހޭ ފަރުވާ ލިބުމުގައި ދިމާވި ކަންތައްތަކަކާ ގުޅިގެން ކަމަށް ތުހުމަތު ކުރެ އެވެ.

އެޗްއާރްއެޗްގައި މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ހިނގައި، ގިނަ ބައެއްގެ ފާޑުކިޔުންތައް ހޮސްޕިޓަލަށް އަމާޒުވެފައިވެ އެވެ.