ޕީއެންސީގެ ރައީސް އަބްދުއްރަހީމް: މި ސަރުކާރާ މެދު ރައްޔިތުން މާޔޫސްވެފައި ތިބި މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
07 ސެޕްޓެމްބަރ 2019 - 12:41
އިދިކޮޅު ކޯލިޝަނުން އަތޮޅު ތެރެއަށް ކުރި ދަތުރުން އެނގުނީ މި ސަރުކާރާ މެދު ރައްޔިތުން މާޔޫސްވެފައި ތިބި ތަން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން އދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު އެނބުރި ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ދަތުރުގައި ވަޑައިގަތް ތިން ރަށުން ވެސް ފެނުނީ ރައީސް ޔާމީނަށް ތާއީދު އިތުރުވަމުންދާ ތަން ކަމަށާއި އަދި މި ސަރުކާރާ މެދު ރައްޔިތުން މާޔޫސްވެފައި ތިބި ތަން ކަމަށެވެ
"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މިއަދުގެ ސަރުކާރު ދެކެ ރައްޔިތުން މާޔޫސްވެފައި ތިބި މަންޒަރު. އެކަން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ. ހަމައެއާ އެކީގައި ރައީސް ޔާމީނަށް އޮތް ތާއީދު އަތޮޅުތަކުގައި ދުވަހުން ދުވަހަށް އިތުރުވަމުންދާ ތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިދިިކޮޅު ކޯލިޝަންގެ އެ ދަތުރަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ އިތުރުން ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބެލުމަށް ކުރި ދަތުރެއް ކަމަށެވެ. އަދި އެ ދަތުރުގައި ވަޑައިގަތް ރަށްރަށުން ރައީސް ޔާމީނަށް ދެއްވި ހޫނު މަރުހަބާ އަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީނާއި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވެސް އެ ދަތުރުގައި ބައިވެރިވެ ވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަކާސްއަމާ
08 September 2019
ރައްޔިތުން މާސްކަން ފިލީ ވަގުން އެއްފަރާތްކޮށް ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ބިރުވއރިކަމާ ނާމާންކަމުން ސަލާމަތްވީމަ އަލްހަމްދު ލިއްލާހި
1234
08 September 2019
އެކަން އެގުނު އދ އަށް ކުރި ދަތުރުންވެސް ؟ ތިމީހުންނަށް ލަދުގަންނަންވެސް ނެއިގޭ
ދެރަ
08 September 2019
މިފަހަރު އަދުރޭ ތިޖެހީ ކޮންކަލަ ހިސާބެތް ތިޖެހީ އެހެރަހިސާބު ޔާމީނަށް ތާއީދު އޮތްވަރުން ގާތުގައިސް ކޮއް ތިބިމީހުން ކޮޅު ދިޔައީ ދެންދިޔައީ ބޯޅަކުޅެން ޖެހުނީ 07 ލަނޑު ގާތުގަ ތިބެފަދިޔައީ07 ދެން ފައިދާ ގޯލްވާ ގޮތް ބުނެދީބަލަ
ހެކް
08 September 2019
9 މަސް ތެރޭގައި 30 ބިލިއަން ރުފިޔާ އަށް ވީ ނުވީ އެއް ނޭގުން، އަދި އެވަރު ނުވެގެން 1.7 ބިލިއަން ސަޕްލިމެންޓްރީ ބަޖެޓެއް ފިނޭންސް އިން ނަގައިފި...އަހަރެއް ނުވަނީސް ރައްޔިތުންގެ ފައިސާ ދަވާލީ... ކުރި ކަމެއް ހަރާން ފެންފޯއް ޕާކެއް ހެދުން ފިޔަވާ... ހެހެހެ.ޕަކާސް....
ގޮބޮޅިއަލީ
08 September 2019
ވާނުވާނޭގުނަސް އެއްޗެއްސަށް ކޮމެންޓް ކުރާތި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓަށް ވަދެ ޚަރަދުތައް ކުރެވިފަހުރިގޮތާ ޚަރަދުކުރިވަރު ބަލާލައިފަ ކޮމެންޓް ކޮށްލަިނަމަ
އައްލާ
08 September 2019
ވާހަކަ ދައްކާއިރު މިގައުމުގެ ވެރިކަން ކުރެއްވި ބޭފުޅުންގެ ވާހަކަ ދައްކާއިރު މިހާރު މިހިނގާ ސަރުކާރުގަވެސް ތިޔަބުނާ ވަޒީފާތަކައް އެކްޓިވިސްޓުން ތިޔަ ގޮވަނީ ގުދޯގުދޯ މިގައުމުގެ ރުފިޔާ ވަންނަ އެސެޓެއް އޮތިއްޔާ ތިބަލަނީ ބޭރުބަޔަކައް ހިލޭ ދެވޭތޯ ބޮޑުސިޕިންގް ލައިނެއް ވީނުވީއެއް ނޭގި އެދިޔައީ ކީއްވެގެންތަ މިވާހަކަ ނުދައްކަނީ މިހާރު ތި މުސާރަނަގަނީ ރައްޔަތުން އަޅުވެތިކޮއްގެން ނަގާ ޖިޒީގެ ފައިސާއިން ލަދެއްނެތީމަ ޕޯޑިއަމް ތަކުގައި ވާހަކަ ދައްކަނީ ވެދުން
ބީކޭކޭ
07 September 2019
ރައްޔިތުން މިތިބީ ބޮލުރޮދިކެނޑިފަކާ ނޫން! ކަންބޮޑުވަނީ ތިވެރިން އެނބުރި އަތުވެދާނެތީ!!
ކާޖާ
07 September 2019
ސަރުކާރާ މެދު ރައްޔިތުން މާޔޫސްވެފައި ތިބީ ރައީސް އަބްދުﷲ ޔާމީނު ޖަލަށް ނުލައިގެން .
އަބްދު
07 September 2019
އަދުރަމެޓިކަލް ހިސާބުތައް ދިވެހިން ޤަބޫލެއް ނުކުރާނެ.. އަހަރުމެއް މާޔޫސްވަނީ ކަލޭމެން ކަހަލަ މީހުންނަށް އަދިވެސް މިނިވަންކަމާއެކީ އުޅެވޭތީ.. އިންސާފުގެ ކުރިމައްޗަށް ކަލޭމެން ނުގެނެވޭތީ
ބޭބެ
07 September 2019
ސަރުކާރު ބަރަވެލި ސުޕީޑްގައި
ސަންޕަ އަހަންމަދު
07 September 2019
އަދުރޭ މާޔޫސްވާނެކަން އިނގޭ. ގެއްލުނު އެތި ހިސާބަށްވުރެ ބޮޑުވީމާ ވާނީވެސް އެހެން.