ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހާގެ ފޮޓޯ.
09 ސެޕްޓެމްބަރ 2019 - 20:24
އެހެން މީހެއްގެ ޕާސްޕޯޓުގައި، ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު އެހެން މީހަކު ވެސް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހިފަހައްޓައިފި އެވެ. މިއީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މިފަދަ މައްސަލައިގައި ހިފެހެއްޓި ދެވަނަ މީހާ އެވެ.
އިމިގްރޭޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނީ ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން، ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓާފައިވާ ކަމަށެވެ. އެކަމަކު، އެމީހާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އިމިގްރޭޝަނުން އަދި ހާމައެއް ނުކުރެ އެވެ.
އިމިގްރޭޝަނުން ވަނީ ޕާސްޕޯޓުގައިވާ ފޮޓޯ އާއި އަސްލު މީހާގެ ފޮޓޯއެއް ވެސް އާއްމުކޮށްފަ އެވެ.
Vahtharu meehegge passport beynunkoh (imposter), shah’su olhuvaalaigen Raajje etherevumah masakkaiykuri faraatheh miadhuves Maldives Immigration in huttuvaifi. #RayyithungeKhidhumathuga#BorderSecurity pic.twitter.com/tmoP9ak46N
— Maldives Immigration (@ImmigrationMV) September 9, 2019
އިމިގްރޭޝަންގެ ޓުވީޓު
އެހެން މީހެއްގެ ޕާސްޕޯޓްގައި، އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަނުން ރޭ ވެސް ބުނެފައި ވެ އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ގަވައިދާ ހިލާފުވެގެން ޑީޕޯޓު ކުރުމުން، ޝަހުސު އޮޅުވާލައިގެން އެ މީހުން އެނބުރި ރާއްޖެ އާދެ އެވެ. އަދި ބައެއް މީހުން ރާއްޖެ އެތެރެވެ، ޕާސްޕޯޓާއި އެހެން ލިޔެކިޔުންތައް ފޮރުވައި ގަސްތުގައި ގަވައިދާ ހިލާފުވެ އެވެ. އޭރުން އެ މީހުން ރާއްޖޭން ޑީޕޯޓު ކުރެވޭނެ ގޮތެއް ނޯވެ އެވެ.
މިކަންކަން ހުއްޓުވުމަށް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ ބޯޑަރު ނިޒާމު ވަރުގަދަ ކުރުމަށް މަސައްކަތްތައް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒުވާނާ.
10 September 2019
ރާއްޖެ އެތެރެވާއިރު ކޮންމެ މީހެއްގެ ހަތަރެސްފައިން ފިންގަ ޕުރިންޓްނަގާ ރައްކާތެރިކަމައެކު މޮނިޓަރކޮއް ބަލންޖެހޭ
ރަދީފް
10 September 2019
އާ ކުޅިއެއް ދޯ.
ޟަޚުސު
10 September 2019
ޓެރޯ ޓެރޯ ސިފައިންނާ ފުލުހުން މިކާމެދު ވިސްނާ އަވަސް ފިޔަވަޅުތަކެއް އަޅަން ފެނޭ. ދިވެހި ކޯސްޓު ގާރޑުން ރާއްޖޭގެ ކަނޑުގެ ސަރަހަށްދުގެ ސެކިއުރިޓީ ވަރުގަދަ ކުރޭ... ރިސޯޓު ތަކުގަ ސެކިއުރިޓީ ކަންތަށް ރިވިއުކޮށް ދޭންޖެހޭ ޓުރެއިނިން ތަށްދީ ފަތުރު ވެރިންގެ ސަލާމަތާއި ރަށްކާތެތި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތަށް ލަސްނުކޮށް އަޅަން ފެނޭ!
ޚަރޫން
10 September 2019
މިދުވަސްކޮޅު ވަރަށް ސީރިއަލް ކިލާރސް ވެސް އެތެރެވާން މަސައްކަތް ކުރާނެ. ވަރަށް ބަލަންވާނެ. މިޒަމާނުގައި ބާރައި ނުފޫޒު ބޭނުންވެގެން މީހެއްގެ ލަގޮނޑި ދަމައިގަންނަން ފަސްވެސް ނުޖެހޭނެ. މި މުޖުތަމައު ސަލާމަތް ކުރުމަށް އެދި ދުއާކުރަން.
ޢަބްދުﷲނާފިޒް
10 September 2019
"އަދި ބައެއް މީހުން ރާއްޖެ އެތެރެވެ، ޕާސްޕޯޓާއި އެހެން ލިޔެކިޔުންތައް ފޮރުވައި ގަސްތުގައި ގަވައިދާ ހިލާފުވެ އެވެ. އޭރުން އެ މީހުން ރާއްޖޭން ޑީޕޯޓު ކުރެވޭނެ ގޮތެއް ނޯވެ އެވެ". މިހެން މިކަން އޮންނަ ނަމަ، މީ ދައުލަތެއްގެ ހާދަ އުރައްޕެއް ނެތްކަމުގެ ދަލީލެކޭ.
ޖަވް
10 September 2019
އެހެން އެކަން އޮތްނާނީ ކޮންމެ ގައުމެއްގަވެސް... ..ޑޮކިއުމަންޓު ނެތި މިތާހުރެފަ އެހެންގައުމަކައް ނުދެވޭނެ ނުވެސްފޮނުވޭނެ. ކޮނގައުމަކުންތޯ އެހެންދާމީހަކު ހަވާލްވާނީ. ބަގްލަދޭސްމީހަކު ވިއަސް ޑޮކިއުމެންޓް ނެތި އެގަުމުގެ އިމިގުރޭސަން އޮފިސަލުން ހަވާލުނުވެ އަބުރާ ފޮނުވާލާނީ އާކޮޅައް.
އަހަރުމެންނަށް
09 September 2019
އަހަރުމެންނަށް މައުލޫމާތު ނުދެވިންގެދޯމިތިބެނީ، ބޭޒާރުވާންބޭނުންތަ؟
ނަޖުދާ
09 September 2019
ޓެރަރިސްޓު ޖަމާއަތްތަށް ނައްތާލާނެކަމަށް ދިވެހި ސަރުކާރުން އިއުލާނުކުރިތާ މަދު ދުވަސްތަކެއްގެ ތެރޭގައި އާދަޔާއި ޙިލާފަށް ޔަމަނުންނާއި، ސީރިޔާއިން މީހުންތަށް ވަގު ޕާސްޕޯޓުގައި އެތެރެވާ ޙަބަރު އެބަ އިވޭ. މިއީ ބިރުވެރިކަމެއް. އަނެއްކާ މިގައުމުގައި އުޅޭ ރަތްލާޖެހި ޑޮޓު، ހަރުކަށި މީހުންނާއި ގުޅިގެން ގޭސްގަނޑެއް އަނބުރާލަން އުޅެނީތަ؟ ދިފާއީ ބާރުތަކުން އެބަޖެހޭ ވަރަށް ބޮޑަށް ފާރަވެރިވާން އިނގޭ. ބިރުވެރި ވާހަކަތަކެއް މިއީ
މާލުނަގާ
09 September 2019
ކިތައް ބަންގާޅުންތޯ އެތިބީ ތިގޮތަށް އައިސް
ރަދީފުއްދީނުލް އަކްބަރު
09 September 2019
ހާލަކުން މީހެއްދޯ މިއަތުޖެހެނީ. ކޮބާ 20، 30 ފަހަރު ފޮނުވާލާ ބަންގާޅީން. ކޮން އުކުޅަކުން އެމީހުން އެތެރެވަނީ!
@ރަދީފު
10 September 2019
މާލު ނުދޭތީ ފަލާ އަރުވާލީ ބައިކުޅަ ބައި ނަގައިގެން ކޮންހާ ފޮންޏެއްދޯ މި ކަނޑަނީ ހުސް ކަރަޕްޝަން