ފަންގް އަށް އެހީތެރިވި ދިވެހި ޑްރައިވަރު ސާމީ.--- ފޮޓޯ: ފަންގް ޓްވިޓާ
11 ސެޕްޓެމްބަރ 2019 - 16:21
ދިވެހި ބަސް ދަސް ކުރުމަށް ރާއްޖެ އައިސް އުޅޭ ޗައިނާގެ ޒުވާން އަންހެނަކަށް، ދިވެހި ޓެކްސީ ޑްރައިވަރަކު ދިން އެހީތެރިކަން ފާހަގަކޮށް ހާއްސަ ޝުކުރެއް މިއަދު އަދާކޮށްފި އެވެ.
ފަންގް ފަންގް، ނަމަކަށް ކިޔާ އެ ޒުވާނާ ޝުކުރު އަދާކޮށް، ޓްވީޓް ކުރީ އޭނާ ފުރަން ދިޔަ ޓެކްސީގައި ހަނދާން ނެތިގެން ބެހެއްޓުނު ލަގެޖް، އެ ޑުރައިވަރު ގެންގޮސް ދިނުމުންނެވެ. އޭނާ އަށް އެހީތެރިވީ އޮންލައިންކޮށް ކާރު ހޯދާ "އަވަސް ރައިޑް" ގެ ޑްރައިވަރެއް ކަމަށްވާ އާދަމް ސާމީ އެވެ.
This morning I took a @AvasRide taxi and left my luggage in the backseat. After calling, the driver was in hulhumale and came to send my luggage back right away. He didn’t charge me any money. That’s why I love Male’. Thank you Adam Saami! pic.twitter.com/RMGasd3FDJ
— Fang fang (@Fangfang21_) September 11, 2019
ފަންގް ކޮށްފައިވާ ޓްވީޓް--
އެ ޒުވާން އަންހެން ކުއްޖާ މިއަދު ކުރި ޓްވީޓެއްގައި ބުނީ ލަގެޖް ނެތްކަން ހަނދާންވެގެން ގުޅިއިރު، ޑްރައިވަރު ހުރީ ހުޅުމާލޭގައި ކަމަށާއި ކުޑައިރުކޮޅެއް ފަހުން އަނބުރާ ލަގެޖް ގެނެސްދިނީ އެއްވެސް އިތުރު އަގެއް ނެގުމަކާ ނުލައި ކަމަށެވެ.
"އެހެންވެ އަހަރެން މާލެ ދެކެ ލޯބިވަނީ،" ޑްރައިވަރުގެ ފޮޓޯއާ އެކު ކޮށްފައިވާ ޓްވީޓްގައި ޗައިނާގެ ޒުވާނާ ބުންޏެވެ.
ފަންގް "މިހާރު" އަށް ބުނީ އޭނާ އަށް އެ ޓެކްސީ ޑްރައިވަރު އެހީވީ ވަރަށް ކަންބޮޑުވެފައި ހުއްޓާ ކަމަށެވެ.
"އޭރު ފުރަން 10 ވަރަކަށް މިނިޓަށް ވެއްޖެ. އަވަސް ރައިޑް އޮފީހަށް ގުޅައިގެން ޑްރައިވަރަށް ގުޅުނީ،" އޭނާ ބުންޏެވެ.
ފަންގްގެ އެ ޓްވީޓާ އެކު ގިނަ ބަޔަކު އަންނަނީ ޑްރައިވަރުގެ ހިދުމަތް އަގު ވަޒަން ކުރަމުންނެވެ. ޓްވިޓާގައި ޑްރައިވަރަށް ޝުކުރު އަދާކޮށް އެތައް ބަޔަކު ޓްވީޓް ކޮށްފައިވެ އެވެ.
ފަންގް އަކީ އެކި ބަސްތައް ދަސް ކުރާ މީހެކެވެ. އޭނާ ވަނީ ސިންހަޅަ ބަހުން ޑިގްރީ ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަންގި ފިލާ
13 September 2019
ވަރަށް ސަޅި ޚަބަރެއް
ނަޖްވާ
12 September 2019
މި ކަހަލަ ޑްރައިވަރުން އަހަރުމެން ބޭނުންވަނީ! އެއްބައި ޑްނރައިވަރުން އުޅޭ ދާ މަގުމަތީގަ ހުއްޓާލިޔަސް ހަމަ ފުލް ދަތުރެއްގެ ފީ އަތުލާ!
ސަލީމް
12 September 2019
އަވަސް ރައިޑް ވަރަށް ރަގަޅު. ލަވް އިޓް
އަބްދުއްالله
12 September 2019
އިންޑިޔާ މީހަކު ދުވަހަކުވެސް މިގޮތަށް ދިވެއްސަކަށް ޝުކުރުވެރިއެއް ނުވާނެ. އިނާޑިޔާގަ އޮންނަ ކާސްޓް އިމްތިޔާޒުގަ ދިވެހިން ހިމެނެނީ ސުދުރާ އިންގެ ގޮތުގަ. އެމީހުން ބަލަނީ ސުދުރާ އިންނަކީ އެންމެ ދެރަސޮޑާ މީހުނަށްވުރެން ކުޑަތަންކޮޅެއް ދަރަޖަ މަތި ބައެއްކަމުގަ. ސިނައިންގެ އެކަހަލަ މައްސަލައެއް ނޯވޭ.
އމުޞްލިޙު
12 September 2019
ނަމޫނާ ޑްރައިވަރެއް. ހެޔޮ ޖަޒާ ދެއްވާށި. އާމީން. މަކަރުވެރިކަން ބޮޑު މިޒަމާނުގައި ތިޔަ ފަދަ ހިތްހެޔޮ އިޚްލާޞްތެރިން މަދުން ނަމަވެސް ފެންނާތީ ކަންކަން ރަނގަޅުވަމުންދާނޭ ކަމުގެ ހިތްހަމަޖެހުން ހިތަށް ލިބޭ. ތިގޮތުގައި ސާބިތުވެ ލައްވާ މަގޭ އަޚާ.
ލީން
12 September 2019
މިޔަށް ތަހުޒީބު، މިޔަށް ކިޔަނީ ތަރަށްޤީވެސް. ޢިންސާނާގެ މަތިވެރި އަޚުލާްްޤު.
ޗިކް
12 September 2019
މީނާގެ މަސައްކަތަށް ބަރަކާތް ލައްވާށި!
ސަޅި
12 September 2019
ސާމީތިއީ މަގޭ އެންމެ ފުރަތަމަ އަވަސް ރައިޑް އިން ނެގި ކާރުގެ ޑްރައިވަރު. ވަރަށް ރަނގަޅު ސޮރެއް އެއީ.
ދީމް
12 September 2019
އުފާވެރި ޚަބަރެއް. ދިވެހިންގެ މިސިފަ ހުރުމަކީ ހާދަހާވާ އުފާވާކަމެކޭ. ޑްރައިވަރަށް ފާގަތި ދުވަސްތަކަކަށް އެދެން
އިސްމާލ
11 September 2019
އަވަސް ރައިޑު ވަރެއް ނެތް!! ޝުކުރިއްޔާ ސާމީ