ހުޅުމާލޭގައި ހެދި ފާހަނާ ބަރިތައް. --- ފޮޓޯ: އެޗްޑީސީ
14 ސެޕްޓެމްބަރ 2019 - 23:49
ހުޅުމާލޭގެ ބީޗު ކައިރީގައި އާންމުން ބޭނުން ކުރާނެ ފާހާނާ ބަރިތަކެއް ހަދައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލެ ފަތާ ޓްރެކް ކައިރީގައި އަންހެނުންނާއި ފިރިހެނުން ވަކިން ބޭނުން ކުރެވޭނެ ފާހާނާތަކެއް ހަދާފައިވާ ކަމަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބޭނުން ކުރަން ފާހާނާތަކެއް ހުންނާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގައި ހެދި ފާހަނާ ބަރިތައް. --- ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ބުނީ މިއަދުން ފެށިގެން އެ ފާހާނާތަކުގެ ބޭނުން ހިފޭނެ ކަމަށެވެ.
މީގެއިތުރުން އަންހެނުން، އެމީހުންގެ ދަރިންނަށް ގާތުން ދޭން ބޭނުންވާ ނަމަ، އެކަމަށް ހާއްސަ ކޮޓަރިއެއް ވެސް ހަދާފައި ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގައި ހެދި ފާހަނާ ބަރިތައް. --- ފޮޓޯ: އެޗްޑީސީ
ފާހާނާ ބަރިތައް ހެދީ އާންމުންނަށް ފެން ވެރޭނެ ވަސީލަތްތަކާ އެކު ކަމަށް އެޗްޑީސީން ބުންޏެވެ.
ބަންދު ދުވަސްތަކާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު މޫދަށް އެރުމަށް ދަނީ ހުޅުމާލެއަށެވެ. އެކަމަކު، އާންމުން ބޭނުން ކުރާނެ ފާހާނާ ބަރިތަކެއް ނުހުންނާތީ އެކަމުގެ ޝަކުވާ ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަދޫރާ
16 September 2019
ތީ ވަރަށް ރަނގަޅު ކަމެއް. ކުރީގަ ވިއްޔާ ބަދޫމެން ހީސްލަވާގަތީމަ ހުޅުމާލެ ބީޗްގަ ހުރެފަ އަންނަނީ މާލެ.
ބޮސް
15 September 2019
ވަރަށް ސަޅި،ތިކަހަލަ ފާހާނާ ބަރިއެއް ރަސްފަންނަށް ލިބޭނީ ކޮންދުވަހަކުންބާ؟ ރެސްޓޯރެންޓް އިން ލިބޭ ފައިސާ އިންވެސް އަޅާދޭން ބޭނުނުްނަމަ އަޅާދެވޭނެ ނަންނޭގެ
ވޮޓް
15 September 2019
މިތަނުގައި ރާއްޖެތެރޭ ކުދިންނާ މާލޭ ކުދިން އެކަކު އަނެކަކާ ދިމާނުކުރަމާ. ކުދި ކަންކަމުގައި އެހާ ބޮޑަށް ފަރަގު ބޮޑުކުރީމަ އެކަން މާ ބޮޑުވެ ކުޑަނުކުރެވޭ ހިސާބަށް ގޮއްސާނެ. އެންމެންނަކީވެސް ދިވެހިން. ރަށްރަށުގެ މީހުންގެ ހުރޭ މާލޭ މީހުންގެ ނުހުންނަ އެތައް ރަގަޅު ކަމެއް އަދި ހަމަ އެގޮތަށް މާލޭ މީހުންގެ ތެރޭވެސް ތިބޭނެ ރަގަޅު މީހުންނާ ގޯސް މީހުން. ރުޅި ނައިސް ފަރަގު އެހާ ބޮޑަށް ނުބަލާނަމަ އެހާ ބޮޑު މައްސަލައަކަށްނުވާނެ.
މޯޑު_މާލެ
15 September 2019
ސާފުތާހިރުކޮށް ބެލެހެއްޓެންޏާ ސަޅިވާނެ!
ގިޓާ
15 September 2019
ސީލިންގަށްވުރެ މުހިއްމީ ތަންސާފުކޮށސް ބެހެއްޓުން
ައަލީބެ
15 September 2019
ތަނެއް ހަދާޢިރު އެތަން ބަލަހައްޓާނެ ގޮތެއްވެސް ރޭވުން މުހިންމު. ރާއްޖޭގައި ވަގަށްއުޅޭ ބޭރުމީހުނަށް ހަދައިދޭ ތަނަކަށް ނުހައްދަވާ.
ޖޭބުރު
15 September 2019
ތަމެންނަށް ފެނޭތަ ތަރައްގީ ސާބަސް
ޢަފްރާދު
15 September 2019
ހުރިހާ ދިމާއެއްގައިވެސް ފާޚާބަރިތަކެއް ހެދުން ވަރަށް ޚާއްޞަކޮށް މާލެ ހުޅުމާލެ ވިލިމާލެގައި
ކަޅުބެ
15 September 2019
ވިލިމާލޭގައިވެސް މިފަދަ ފާހާނާ / ފެންވެރޭނެ ހިދުމަތް ހުރުން މުހިނމު ނޫންތޯ؟
ބޮޑުމީހާ
15 September 2019
ތިތަން ބަލަހައްޓައި ސާފުކުރާނެ ބަޔަކު ތިބޭނެ ކަމަށް އުއްމީދުކުރަން. ތަނެއް ހަދަން ވަރަށް ފަސޭހަވޭނެ، އެ ތަނެއް ރަގަޅަށް ބަލަހައްޓައި ހިދުމަތް މެދުނުކެޑި ދިނުން އުދަގޫކަމަކީ. ތި ގޮތަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އެބަހުރި ކާރު ޕާކުކުރާނެ ސިސްޓަމްތަކެއްވެސް. އޭގެ މަސައްކަތްތައް ހުއްޓިފައިހުންނަނީ ކޮންސަބަބަކާތޯ