އެމެރިކާ އިން ބުނެފައި ވަނީ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ހަމަލާގައި އީރާން ބައިވެރިވެފައިވާ ކަމަށް. --ފޮޓޯ:ރޮއިޓާސް
16 ސެޕްޓެމްބަރ 2019 - 13:29
ވޮޝިންޓަން (ސެޕްޓެމްބަރު 16) - ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ދެ ޕްލާންޓަކަށް ދިން ޑްރޯން ހަމަލާގައި އީރާން ބައިވެރިވާކަމުގެ ސެޓެލައިޓް ފޮޓޯ އާއި އިންޓަލިޖެންސް މައުލޫމާތު އެމެރިކާ އިން ހާމަކޮށްފި އެވެ.
ސައުދީ އަރަބިއާގެ އަބްގައިގާއި ޚުވައިސްގައި ހުރި ދެ ކާރުކާޚާނާ އަށް ހޮނިހިރު ދުވަހު ދިން ޑްރޯން ހަމަލާގައި ބައިވެރިނުވާ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. ޑްރޯން ހަމަލާ ދިން ކަމަށް ޔަމަނުގެ ހޫތީން ވަނީ އެއްބަސްވެފަ އެވެ.
ނަން ހާމަނުކޮށް އެމެރިކާގެ ބައެއް އޮފިޝަލުން މީޑިއާތަކަށް ބުނެފައި ވަނީ ޑްރޯންތައް ދަތުރުކޮށްފައިވާ މިސްރާބަށް ބަލާއިރު އެއީ ހޫތީން ދިން ހަމަލާއެއް ނޫން ކަމަށެވެ. ނިއު ޔޯކް ޓައިމްސް އާއި އޭބީސީ އަދި ރޮއިޓާސް އަށް މައުލޫމާތު ދިން އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ ހަމަލާ ދީފައި ވަނީ ހުޅަނގުންނާއި ހުޅަނގު އުތުރުން ކަމަށެވެ.
އެމެރިކާގެ އެންމެ ފަހުގެ ތުހުމަތު ދޮގުކޮށް އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވިދާޅުވެފައި ވަނީ އެމެރިކާ އިން ދޭން އުޅުނު ޕްރެޝަރު ފެއިލްވުމުން ދެން އުޅުނީ އެންމެ ބޮޑު މަކަރު ހަދަން ކަމަށެވެ.
ޑްރޯން ހަމަލާތަކަކަށް ފަހު، ސައުދީން ތެޔޮ އުފައްދާ މިންވަރު ވަނީ ދެބައިކުޅަ އެއްބަޔަށް މަދުކޮށްފަ އެވެ. އަދި ދުނިޔޭގެ ބާޒާރުގައި ވޭތުވެދިޔަ ހަތަރު މަސް ދުވަހު ތެރޭ ނުދާ ވަރަށް، ތެލުގެ އަގު ވަނީ މައްޗަށް ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
21 September 2019
އެމެރިކާއިން ވަރަށް ސާފުކޮށް ކިޔައިފިން ސައްދާމް ގެންގުޅޭ ފަނާކުރަނިވި ހަތިޔާރުން މުޅިދުނިޔެއަށް އޮތް ގެއްލުން. އަދި ޓްވިން ޓަވަރަށް ހަމަލާ ދިނުމުގައި އިރާގުގެ އަތެއްވާކަން ވެސް. މުޅި ޢިރާގު ގައި އަލިފާން ޖަހައި އަންދާލި އިރުވެސް އެބުނާ ހަތިޔާރެއް ނުފެނުނު. އެމެރިކާގެ ޚާރިޖީ ސިޔަސަތު ކުޑަކޮށް ވެސް ދަންނަ މީހަކު ތިވާހަކައެއް ޤަބޫލެއް ނުކުރާނެ.
ހުސަންބޭ
17 September 2019
މިތާގައި މިހިރަ ކޮމެންޓްތައް ނިކަން ތިޔަ އެމެރިކާނުންނަށް ތަރުޖަމާކޮށްދޭނީ ކޮންކުއްޖެއް؟ އޭރުންތާ އެމީހުންނަށްވެސް އެނގޭނީ ތިމާމެންނަށް ތާއީދުއޮތްވަރު.
އަޙްމަދު މުޙައްމަދު
17 September 2019
އެމެރިކާ މީހުންނަކީ އަބަދުވެސް ދޮގުހަދާ ބައެއް. އެމީހުން އިރާގަށް އަރައިގަތީވެސް ބޮޑު ދޮގެއް ހަދާފަ. މިހާރު ދެން ތިއުޅެނީ ތި ދެގައުމު ފަނާކޮށްލަން
ކައްމަތިން
16 September 2019
ޢިރާންގެ އެހީއާ ނުލާ ހޫތީންނަށް މިވަރުގެ ޙަމަލާއެއް ނުދެވޭނެ. ޙޫތީންނަކީ ބާޤީ ގުރޫޕެއް. ޢަމަލީ ގޮތުން އިރާން ބައިވެރި ނުވެދާނެ.
ޢިބޫ
17 September 2019
އިޒްރޭލުގެ އެހީއާއެކުވެސް ކޮއްފާނެއްނު އިރާންގެ ބޮލަށް ކަނޑަން..
falcon_autho
16 September 2019
އެ ޑްރޯންތައް ދަތުރުކުރި މަގު އެނގުނުއިރު އެކަން ބަލައި ހަމަލާދޭން އަންނަ އެއްޗެއް ވައްޓާލަން ބެހެއްޓި ރާޑަރު ސިސްޓަމަކަށް ނޭނގުނު އައިކަމެއްވެސް. އަހަރެންގެ އަތުގައިވެސް ހެކި އެބަހުރި އެތަކެތި ދަތުރުކުރީ މަތިން. ވައްޓާލި ބޮން ގޮވީ އޮއިލް ފެސިލިޓީގައި. އަލިފާންގަނޑުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެސް ލިބުނު. އަހަރެންވެސް ނަން ހާމަކުރަން ބޭނުން ނޫން.
ސައުދުﷲ
16 September 2019
އެމެރިކާނުން ބުނި އިރާގު ނެތް ވައްތަރެއްގެ ހަތިޔާރެއް އެމެރިކާ އަތަކުވެސް ނެތޭ. އެކަމަކު އިރާގަށް އަރާބެލިއިރު އެތާކުނެތް އެކައްޗެއްވެސް.
ސަމަދު
16 September 2019
ސައްދާމުވެސް ކަނޑަނީ ފޮނި. ދެން އެހެނެއްނުވާނީ.
ރަދީފު ބިން ރަފައިދާ
16 September 2019
ތިއުޅެނީ އޭއްްޗެކޭ މީއްޗެކޭކިޔައިގެން އިރާނަށް އަރައިގަންނަން.
ކާފަބޭ2019
16 September 2019
ތިޔަހެންބުނި އިރާގުގަވެސްގުނާއަދަދުނުކުރެވޭވަރަށް ކެމިކަލްހަތުޔާރުހުރިކަމަށް އިރާގުތަޅާސުންނާފަތި ކުރިއިރުވެސް އެހަތިޔާރެއްނުފެނުނު ފެނުނު ހަތިޔާރަކީ މުސްލިމުންނަށްއީދުހަދިޔާއަކަށް ޝަހީދު ކުރިސައްދާމްހުސޭނު ދެންވެސްވާނީހަމައެހެން އެދައްކާދަޅައަށް އަތްޖަހާނެނުސްލިމުންވެސްއުޅޭނެ