މަސްތުވާތަކެތި ދެނެގަންނަން ފުލުހުން ގެންގުޅޭ ކުއްތާއެއް: ޑްރަގާ އެކު އަތުލައިގަތް ބަންގްލަދޭޝް މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި. -- ފޮޓޯ: ފުލުހުން
18 ސެޕްޓެމްބަރ 2019 - 20:24
ބަންގްލަދޭޝް އިން ރާއްޖެ އައި ފިރިހެނެއްގެ އަތުން 3.69 ކިލޯގެ މަސްތުވާތަކެތި އަތުލައިފި ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ވައިގެ މަގުން ރާއްޖެ އައި އުމުރުން 36 އަހަރުގެ އެ ފިރިހެން މީހާގެ ލަގެޖުގައި ހުރީ ކެނަބިސް ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި އިއްޔެ ރާއްޖެ އައި އެ މީހާގެ ލަގެޖުގައި މަސްތުވާތަކެތި ހުރިކަން އެނގުނީ އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން، ބަލާ ފާސްކުރުމުން ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އަތުލައި ގަނެވުނު މަސްތުވާތަކެތީގެ އަގު 2.9 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެ އެވެ.
މި އަހަރުގެ މިހާތަނަށް 28.49 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިލްހާމްބެ
19 September 2019
ތީނަ އަވަހަށް ފުރުވާލަން ފެނޭ. އެހެން ނޫނީ ތިވިޔަފާރީގައި އުޅޭ ދިވެހި ބޭފުޅުންގެ ވިޔަފާރިއަށް ހުރަސް އެޅިދާނެ.
ބޮޑުމީހާ
19 September 2019
މިހާރު ހަބަރުތައް އަންނަގޮތުން ހީވޭ، ޑްރަގް ވިޔަފާރިވެސް މިރާއްޖޭގަ ކޮންޓްރޯލް ކުރަނީ ބިދޭސީން އެހެން. މިކަމުގަ ހުރިހާ ގެއްލުމެއް ދިވެހި ކުދިންނަށް.
ގައުމު،
19 September 2019
ބަންގާޅިންގެ އުނދަގޫ ވަރައް ބޮޑުވެއްޖެ ސަރުކާރުންއެބަޖެހޭ ވަރައް ހަރުކަށި ކަމާއެކު ފިޔަވަޅުއަޅަން މަސަތްކަތް ކުރަން އަންނަ މީހުން އަތުން ދައުލަތައް އަހަރަކު 5000 ރުފިޔާ ލިބެންވާނެ އަހަރެންވެސް ބޭރުގައުމެއްގަ ވަޒީފާ އަދާކުރިން ވޯކުވިސާޔައް 500 ޔޫރޯ ދައްކަންޖެހޭ މަހަކު ވިމާ ބިދޭސީ ވޯކުވިސާގެ ގޮތުގަ 500 ރުފިޔާ މަހަކު ދައްކަންޖެހޭ ގޮތައް ގާނޫނު އިސްލާހުކުރަންޖެހޭ
ބޭބެ
19 September 2019
މާލޭގައި ހުޅާކޮށް ވިއްކާ ތަންތަން އެބަހުރި ތިގެންގުޅޭ ޑޯގުތައް ހިފައިގެން ދާނެމީހަކު ނެތް؟؟؟؟؟؟؟
މަގޭބުނީ
19 September 2019
ބަންގާލު މީހެއްތަ؟ މިހާރު އޭނަ ހުންނާނީ ސަލާމަތްވެފަ، މީވާ ގައުމެއް....، އިއްޔެވެސް ސަރުކާރުން ބުނެފަ އެއޮތީ ޤަވައިދާޚިލާފްވާ ބަންގާޅުމީހުން ޤަވައިދަށް ބަދަލުކުރުމުގެ ޕްރޮގްރާމް ފަށާވާހަކަ؟ ހަމަހިނިއަންނަނީ މިޒާތުގެވާހަކަ ދައްކާތީ، އެޖެންޑާ 19 ގައި ކުއްވެރިވުމެއްނޯންނާނެ، އެންމެނަކީ މިނިވަނުން، ކިތަންމެ ބޮޑުކުށެއްކުރިޔަސް......
ބަރުބާދު
19 September 2019
ތިޔަ ތަކެއްޗާއެއްކޮން ވަގުތުން ޑީޕޯޓް ނުކޮއްލީކީއްވެތޯ؟. ބޮޑެތިގަސްތަކެއްގެ ހިޔާލިބިފަނުވާތީތޯ؟.
ވާލުސޮރު
18 September 2019
ޕޮލިހުންނެއްނޫން އިނގޭތޯ މިމީޙުން ދޫކޮށްލަނީ، ކޯޓުތަކުން މުޅިންވެސް ދޫވާ މަންޒަރު މިފެންނަނީ. ހުރިހާ ބަދުނާމެއް ޕޮލިހަށް
މަސީހު
19 September 2019
ފުލުހުން ހެކި ނައްތާލާފަ ހެކި ހުށަ ނޭޅީމަ ކޯޓަކަށް މީހާ ހައްޔްރުގަ ބަހައްޓާކަށް ހުކުމެއް ނުކުރެވޭނެ.
ޕީޓާ
18 September 2019
ނަމާ ފޮޓޮޔާ ޖަހާލަބަލަ
ދޭސީބިދޭސީ11
18 September 2019
ބިދޭސީން މުއްސަނދިވާ އެއްސަބަބުތީ. ނުކުރާ ވަގު ވިޔަފާރިއެއް ނޯވޭ. ބިދޭސީންނަށް މަސައްކަތް ކުރަންކެރޭތީކީ ނޫން މުއްސަނދިވަނީކީ. ހަތަރު ދަމު ބުރަ މަސައްކަތް ކޮށްގެން ލާހިކު ކުޅަދާނައެއްނޫން 50 އަހަރުންވެސް 3 މިލިޔަން ހޯދާކަށް.
ބަބުރަންޖީ ހާޖީ
18 September 2019
ބިދޭސީންނާހެދި ހާދަ ބޮޑު ..... އެކޭ.