ބިދޭސީންތަކެއް މަސައްކަތްކުރަނީ: ކޯޓާ ހޯދަން ވަގުލިޔުން ހުށަހަޅާ މައްސަލަ ބޮޑު-- ފޮޓޯ: ނިޝާން އަލީ/ މިހާރު
25 ސެޕްޓެމްބަރ 2019 - 16:32
ބިދޭސީ މަސައްކަތްތެރިން ގެންނަން ވަގު ލިޔުންތަކެއް ހުށަހެޅި ކުންފުނިތަކެއްގެ މައުލޫމާތު އާއްމުކޮށް އެ މައްސަލަ ތަހުގީގުކުރަން ޕޮލިހަށް ހުށަހަޅައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ބިދޭސީން ގެންނަން ކޯޓާ އަށް އެދޭއިރު ސައްހަ ނޫން ލިޔުންތައް ހުށަހަޅާކަން ފާހަގަކުރެވޭ ކަމަށެވެ. އެފަދަ ފަރާތްތަކުން ހުށަހަޅާ ލިޔުންތަކުގެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަހަޅަމުން އަންނަ ކަމަށް ބުންޏެވެ.
ވަގު ލިޔުންތަކެއް ހުށަހެޅި 13 ކުންފުންޏެއްގެ ނަމެއް އާއްމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަމިއްލަ ބައެއް މީހުން ހިމެނެ އެވެ. އެއާ އެކު ކުންފުނިތަކުގެ ހިއްސާދާރުންގެ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފަ އެވެ.
1) ނިއު ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
2) މިޝްކާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
3) ވެމްޒޯ ޕްރައިވެޓް ލިމިޓެޑް
4) ސަރަމީ ޕްރައިވެޓް ލިމިޓެޑް
5) ޒުބެއިރު އަބްދުﷲ (ރަންހިރު ފެހުން)
6) ސައިފުﷲ ހަސަން (ކިންގް ކޮންސްޓްރަކްޝަން)
7) ޖިއާޒު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
8) ނިއޯ އީކޯ ޕްރައިވެޓް ލިމިޓެޑް
9) އުޘްމާން ނައީމް (ކޮމްބައިން ބިލްޑް)
10) މުހައްމަދު ފަތުހުﷲ (އެފްއެސްބީ ހޯލްޑިންސް)
11) ސަން ސިޓީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
12) ސިނޮޕެކް ޕްރައިވެޓް ލިމިޓެޑް
13) ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމުގެ ނުރައްކާ ބޮޑުވެގެން ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން އެޅި އެއް ފިޔަވަޅަކީ ބަންގްލަދޭޝް އިން މަސައްކަތު މީހުން ގެނައުން އެއް އަހަރު ދުވަހަށް މަޑުޖައްސާލުމެވެ. އަދި ރާއްޖޭގައި މިހާރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދީ، އަލުން ރަޖިސްޓްރީކޮށްދިނުމެވެ.
މިހާތަނަށް 300 މީހުން ވަނީ އަލުން ރަޖިސްޓްރީކޮށްދީފަ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުނުވެއްޖެ ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަމަދަަ
26 September 2019
ކޮބައިބާ ކުންފުނީގެ ހިިއްސާދާރުންގެ ނަން .. ކުންފުީގެ ހިއްސާދާރުންނާއި އެމީހުންގެ ފޮޓޯ އާންމު ކުރުން ވަރަށް މުހިންމު .. ކުންފުނިތަކާ ބެހޭ ވުޒާރާވީމާ ހުންނާނެ ހުރިހާ ލިޔެކިޔުމެއް
ޑޯން
26 September 2019
ރީ ރަޖިސްޓްރީ ކުރީމަ އެމީހުން މި ހުރިހާ ދުވަހު ރާއްޖޭގައި ވިސާ ނުދައްކާ އުޅުމުން ސަލާމަތްވީ!ހުރިހާ މޮޅެއް ބަންގާޅިން .، މީވާ ގައުމެއް
ރަދީފް
26 September 2019
ކުރީގެ އެމްޕްލޯޔާ މީރާ / އިމިގްރޭޝަނަށް ދައްކަންޖެހޭ ޑިއުސް ދައްކަންޖެހޭނެ.އެކްސްޕެޓް އޮންލައިންގަ ރަޖިސްޓްރީކޮށްފަ ހުރި ކުންފުނި / ޑޮމެސްޓިކް ކެޓަގަރީނަމަ މީހާ އެކަމުގެ ޒިންމާ ނަގަންޖެހޭނެ.މަމިކިޔާދިނީ މަށަށް ދޭހަވާމިންވަރު. ވ.ވެދުން ޑޮން. ހެހެހެހެ
މީމަށޭ
26 September 2019
ތި ލިސްޓްގަ ތިއޮތް ވެމްޒޯ 1000 ކޯޓާ އައް އެދުމުން މި ސަރުކާރުން 9 ސަތޭކަ އެތައް ކޯޓާއެއް ދިން 250 ހާމީހުން އެ ދިން ކޯޓާ އައް އެތެރެވެސް ވި. މީހުން އެވާތަކަ ދައްކަން ފެށީމަ އެ ންޓްރީ އެއްކޮއް ޑިލީޓް ކޮއްލީ!
އީމާން
26 September 2019
ރީ ރަޖިސްޓްރީ ކުރީމަ އެމީހުން މި ހުރިހާ ދުވަހު ރާއްޖޭގައި ވިސާ ނުދައްކާ އުޅުމުން ސަލާމަތްވީ! ކުރިންވެސް ތިގޮތަށް ރީ ރަޖިސްޓްރީ ކުރޭ، އަނެއްކާ ހަމަ ތިކަން އޮންނާނީ ތިހެން.
މިގޭ
26 September 2019
ޖަމަލުފޮޑި ސަރުކާރުގައި އުލޭ އެއްވެސްމީހަކު ބުނާބަހެއްގެ އިތުބާރެއް ނޯންނާނެ. ކޮރަޕްޓް ސަރުކާރު.
ރަދީފް
26 September 2019
ނަމްބަރު 6 އޮތް ކުންފުނި.ލޮލް (ސައިފުﷲ ހަސަން - ކިންގް ކޮންސްޓްރަކްޝަން). ވަރުގަދަ ކިންގެއް ދޯ.
ޢައިމިނަ
26 September 2019
މިހާރު އެބަ ރަގޅުވޭ ބާރަށް ކުރިއަށް
ހީވަނީ
26 September 2019
20 ޢަހަރު ފަހުން ދިވެހިންނަށް ވުރެ ގިނަވާނެ
އަނބު
26 September 2019
މިހާރުވެސް ގިނަ.... ބައެއް ހިސާބުތައް ހިސޯރުކޮށްގެން އެތިބީ. ޔޫސޭ ބުނީ ހަމަތެދެއް. އަދި ޕާލިމަންޓަށްވެސް އެމީހުން ކުރިމަތިލާނެ. މަދޭނީ 10 އަހަރު ގިނަވެގެން.
އަބްދޫ
26 September 2019
އެދޭ މިންވަރަށް ކޯޓާ ނުދޭނަމަ ވަގުލިއުންހަދައިގެންވެސް މަސައްކަތަށް ބޭނުންވާ މިންވަރަށް މީހުން ހޯދައިގެން މެނުވީ މަސައްކަތް ކުރެވޭކަށްނެތް ނޫނަބާ؟ އެދޭމިންވަރަށް ކޯޓާ ދީބަލަ އޭރުން ބިދޭސީން އިތުރުވެގެން އުޅެން ނުޖެހޭނެ.
ވާ، ވާ!
26 September 2019
ވާނުވާ މިއޮތް އެގެނީ. ދިވެހި މުޖުތަމަޢު ހަލާކުކޮށްގެން ވެސް ކަލޭމެންގެ ކޯޓާދޯ ހަމަކުރަންވީ. އެދޭމިންވަރަށް ކޯޓާ ދީފިއްޔާ ހުރިހާ ދިވެހީންޖެހޭނީ ކޮންކްރީޓް ބަގީޗާ ހަދާ ނިމެންދެން އަމިއްލަ ގައުމުން ފައިބަން!
އަނބު
26 September 2019
އެދޭ މިންވަރަށް ހަމަ ސެއްލައަށް ދޭންވީ؟ ކޮބާ ސިކުނޑި؟ ބަލަ ދިވެހިން މަސައްކަތަށް ނެރެންވީ. އެކަން ކުރާނީ ޤައުމީ ފެންވަރުގައި ހޭލުންތެރިކުރެވިގެން. އައި ފޯނާއި ގެލެކްސީ ނޯޓް 10+ ކޮންމެމީހަކު ގެންގުޅެންވަނީ. އެއީކީ ގޯހެއް ނޫން. ނަމަވެސް ފޯނު ގެންގުޅެފަވެސް ނިކުންނަންވީ ދިވެހިން ދިވެހި ޤައުމު ބިނާކުރަން. ބައެއް ޒުވާނުން އެބަ މަސްވެހިކަމަށް ނިކުންނަންފަށައިފި. މިއީ ހެޔޮ ފާލެއް. މިގޮތަށް އެހެނިހެން ކަންކަމުގައިވެސް ދިވެހިން ނިކުމޭ
ރާވެރިބެ
26 September 2019
ނުޖެހޭ އެދޭހާ މިންވަރަށް ދޭކަށް
އަހުމަދުބޭ
26 September 2019
އެދޭވަރަކަށް ކޯޓާ ދޭކަށް ނުޖެހޭ، އެހެން ނަމަވެސް ކޯޓާ ކަންތަކަށް އޮތް ހައްލަކީ އަޅުގަނޑަށްފެންނަ ގޮތުގައި ރަޖިސްޓްރީވެފައިވާ ހުރިހައި ކުންފުނިތަކާ ފިހާރަތަކާ ކެފޭތަކަށް އެތަނެއްގެ ނިސްބަތުން ރެޖިސްޓްރީ ވުމާއިއެކު ކޯޓާދޭންވީ، ކޯޓާގެ ޑިމާންޑް އެއްކޮށް ދުއްވާލަންވީ، އަލަށް ރަޖިސްޓުރާ ކުރާ އެންމެންނަށް ބޭނުން ނުވިޔަސް ނިސްބަތަށް ބަލައި ކޯޓާދޭން ދޭންވީ، ޑިޕޮސިޓް މިހާރުނަގައި ގޮތަށް ބަދަލްގެނެސް އެތަނެއްގެ ނިސްބަތަށް ބަލައި ޑިޕޮސިޓެއް ނަގަންވީ
ދިވެއްސެ
25 September 2019
މާލަސްވެސް ވެއްޖެ ނަންތައް އާންމުކުރަން.
picnic
01 October 2019
ސައްޙަ ލިޔުން ހުށަހޭޅުމުން ވަގުލިޔުމެކޭކިޔައިގެން މީހުންގެ ނަންތައް ބަދުނާމްކޮށްލުމަކީ އެހާ ރަނގަޅުކަމެއްނޫން ރަގަޅަށް ބަލައި ޗެކްކުރުމަށްފަހު އިއުލާންކުރުން އެދެން ސިސްޓަމުން މަސައްކަތްކުރަން ނޭގޭމުވައްޒަފުން ލައިގެން މީހުން ފޮނުވާފައިވާ ލިޔެކިއުންތަކަށް ނޭގިނަމަވެސް އަކުރަކަށް ބަދަލެއް އައިސްފައިއޮތަސް އެޅެނީ ފޮނުވިމީހަގެ ބޮލުގައި ޓްރޭނިން މުވައްޒަފުން ލައިގެން މަސައްކަތްކުރުވުމަކި ބުއްދިވެރިގޮތެއް