މި ސަރުކާރުން ފަސް އަހަރަށް އެކުލަވާލި އެކްޝަން ޕްލޭން ނެރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް
03 އޮކްޓޯބަރ 2019 - 13:16
ގޭބީސީއެއްގައި ދިރިއުޅޭ އަދަދަކީ ހަތަރު މީހުން ކަމަށް ބެލި ނަމަވެސް ކުރިއަށް އޮތް ނުވަ އަހަރުގެ ތެރޭގައި ރާއްޖެ އަށް 30،000 ގެ އިތުރަށް ބޭނުންވާ ކަމަށް އަންދާޒާކޮށް، ބޮޑު ހައްލެއް ހޯދައިދޭނެ ކަމުގެ އަދަދުތަކެއް މި ފަސް އަހަރަށް ސަރުކާރުން އެކުލަވާލި އެކްޝަން ޕްލޭންގައި ހިމަނައިފި އެވެ.
ވައުދުވެ، ކޮންމެ ސަރުކާރެއް ވެސް ފެއިލްވާ މައްސަލަ ހައްލުކުރަން މި ސަރުކާރުން ދިން ޔަގީން ކަމަކީ 2023 ގެ ނިޔަލަށް ރާއްޖޭގައި 20،000 ގެ އަޅައި ދިނުމެވެ. މި އަދަދުތަކުގެ ތެރޭގައި ހިމެނޭ ހައުސިން ޔުނިޓްތައް އެޅުމުގެ މަޝްރޫއުއެއް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.
އޭގެތެރޭގައި ސޯޝަލް ހައުސިންގެ ގޮތުގައި މާލެ ސަރަހައްދުގައި 4،200 ހައުސިން ޔުނިޓް އެޅުމާއި އަތޮޅުތަކުގައި 5،000 ހައުސިން ޔުނިޓް އިމާރާތް ކުރުން ހިމެނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެންމެ އިސްކަން ދެއްވާ ވައުދުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯދައި ދޭނެ ކަމުގެ ޔަގީންކަމާ އެކު ތާރީޚްތަކެއް ވެސް އޮތީ ދީފަ އެވެ.
އިމާރާތްތަކުން މާލެ ތޮއްޖެހިފައި: ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ވައުދަށް ހައްލު ހޯދައިދޭން އެކްޝަން ޕްލޭންގައި ވަނީ ހިމަނާފައި
ރާއްޖޭގެ މިހާރުގެ އާބާދީއަކީ ބިދޭސީން ވެސް ހިމެނޭ ގޮތުން 530،000 މީހުން ކަމަށް ލަފާކޮށްފައިވެ އެވެ. މި ރޭޓުން ބަލާ ނަމަ، 2028 ގައި މާލޭގެ އާބާދީ 650،000 އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޕްލޭންގައިވެ އެވެ.
- ފަސް އަހަރުގެ ތެރޭގައި 20،000 ހައުސިން ޔުނިޓް ހޯދައިދީ އެ ޔުނިޓްތައް ބޭނުން ކުރަން ފެށުން.
- ސުނާމީގައި ހާލުގައި ޖެހިފައިވާ ހުރިހާ އާއިލާތަކަށް 2020 ގެ ނިޔަލަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން.
- ދިރިއުޅޭ ރަށް ނޫން އެހެން ރަށަަކަށް ސަރުކާރުން ބަދަލުކޮށްފައިވާ ހުރިހާ އާއިލާ އަކަށް 2021 ގެ ނިޔަލަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން.
- ނެޝެނަލް އެފޯޑަބްލް ހައުސިން ލޯން ސްކީމްގެ ދަށުން މަދުވެގެން 1 ބިލިއަން ރުފިޔާގެ ލޯން ދިނުން.
މީގެއިތުރުން ދަފްތަރެއް ބަލަހައްޓައި ރައްޔިތުންނަށް ފުރިހަމަ އަށް އިތުބާރު ކުރެވޭނެ އުސޫލަކުން ހަަމަހަމަކަމާއި އިންސާފުވެރިކަމާއި އެކު ބޯހިޔާވަހިކަން ފޯރުކޯށްދެވޭނެ ނިޒާމެއް ގާއިމްކުރުން ހިމެނެ އެވެ. އިޖުތިމާއީ ގޮތުން ޚާއްސަ ރައްކާތެރިކަމެއް ލިބިދޭން ޖެހޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އިސްކަންދީ، މާލީ ދަތިކަން ކުރިމަތިވެ ބޯހިޔާވަހިކަމުން އެކަކު ވެސް މަހްރޫމް ނުކުރުން ޕްލޭންގައި ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާގުނޑ
04 October 2019
ބާއްވާ
ކިޑު
03 October 2019
2023 ގައި ދައުރު ހަމަވޭ! ކޮން 2028 ކިޔާކަށް؟ ރައްޔިތުން އިބޫއަށް އިތުރު ދައުރެއް ނުދޭނެ!
ހައްލުކުރުން
03 October 2019
ކުރަންވެފަނުކުރެވިހުރިކަންކަން ވެރިކަންލިބުނުއިރުވެސްއިނގޭ. ކަންކުރާނެގޮތްރާވާ ހިސާބުޖަހާ ފައިސާހޯދާނެގޮތާ ކަންކަމައްހޭދަވާނެވަގުތުވެސްބަލާ ބޮޑުމެނިފެސްޓާއެއް ލިޔެ ޗާޕްކޮއް ރައްޔިތުއެންމެނައް މެނިފެސްޓޯކިޔާދިހަދާގެން، އެޔައްއިތުބާރުކޮއް ރައްތިތުން ވެރިކަމާއި މަޖިލިސް ހިތަކައްދިނީމަވެސް ދެންވެސް ޕްލޭންކުރުމާއި ވައުދު ތަކުރާރުކުރުމުގަ. އަމަލީގޮތުންކުރާކުރާކަމަކީ ކޯލިޝަންޕާޓްނަރުންނައް ބޮޑުމުސާރަލިބޭސިޔާސީމަގާމުދިނުމާ، ޕާޓީކުދިންނައް ބަދަލުދިނުން
ކަންމަތީ ސޭޓް
03 October 2019
ދައުލަތަށް ލިބޭ މަދުފައިސާކޮޅު ހެޔޮގޮތުގައި ބޭނުންކުރައްވާ އެއްފަސްކުރުމުގެ ސިޔާސަތެއްހަދާ އެކަމަށް ކަނޑައެޅޭ ރައްތަކެއްގައި ނޫނީ ހައުސިންޔުނިޓް ނޭޅުމަށް އެދެން 4-5 ސަތޭކަ މިލިއަން ރުފިޔާއަކީ 1 ހާހުގެ އާބާދީއެއް ފުތުސަތު އޮތް ތަނަކަށް ބަދަލްކުރަންދާނެ އަދަދު މިކަން ކޮށްދެއްވާ
ދީދީބެ
03 October 2019
ޒަމާނުއްސުރެ ދިވެހިން ވަޒީފާ އަދާކޮށް މަސައްކަތްކޮށް އާމްދަނީ ހޯދަނީ ދިރިއުޅުމެއް ބިނާކުރުމަށެވެ. ނަމަވެސް މިހާރު ގައުމުގެ ސިޔާސަތު ބަދަލުވެފަ މިއޮތީ ދެން ދިވެހިން ވަޒީފާ އަދާކުރާނީވެސް އާމްދަނީ ހޯދާނީވެސް ދިރިއުޅޭނީވެސް ފުލެޓަށް ކުލިދެއްކުމަށެވެ.
ޢެޓޮމް
03 October 2019
އަމާންކަމެއްނެތް ހިތްހަމޖެހުމެއްނެތް ތިޔަ ކޮންކުރިޓްޖަންގައްޔަކަށް މަނުދާނަން ބޮޑެތި ރައްތަކަށް ތަޢުލީމު ސިއްހަތު ވިޔަފާރި ފުޅާ ކޮށްދެއްވާ
މަންޑޭލާ
03 October 2019
ރަސްފަންޑް ކައިރީ ހަދަމުން ދިޔަ 28 މުރީގެ 4 ޓަވަރު ހުއްޓުލީ ރައިސް ޔާމިން ފެށިކަމަކަށް ވާތީތަ؟ މިހާރު އެމަސްސަލަ ސިންގަޕޯ އަބިޓްރޭށަން ކޯޓުގަ އެމަސްސަލަ އޮތީ.
ޖައިސާމް
03 October 2019
އަހަންނަށް ރަނގަޅީ މާލޭގަ ތޮއްޖެހޭ ގޮތަށް ފްލެޓް ނޭޅިއްޔާ. ޕްލީސް. ތި ރަސްފަންނުން ގެ ގަނެވޭނީ ބޮޑެތި މަހުޖަނުންނަށް އެކެނި.
ބޭބެ
03 October 2019
ޔާމީނު ބިންޤާ އެޅީމަތޯ 7000 ފުލެޓް ނުނިންމަން ބޮޑާ ހާކަނީ، ރައްޔަތުން މަސްލަހަތައް އިސްކަން ދެއްވާ
އަލީީީީ
03 October 2019
އަންނަ ދައުރަށް ކެމްޕެއިން ފެއްޓެވީ ދެއްތޯ. މިދައުރުގައި ކޮށްދެއްވަން ބުނުއްވި ކަންކަން 2028 ގައި. ގޯހެއްނޫން.
ރަދީފުއްދީނުލް އަކްބަރު
03 October 2019
ތިޔަވަރަށް ގެތައް އަޅާފައިދައްކާ. އަނެއްކާ ގެ އަޅާނީ އިންޑިޔާއަކުނޫން. ރާއްޖޭގާ ގެއަޅާނީ.