ގައުމީ ކްރިކެޓް ޓީމްގެ ކޯޗް އާސިފް: ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައި-- ފޮޓޯ: އޭސީސީ
05 އޮކްޓޯބަރ 2019 - 16:02
ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ގައުމީ ކްރިކެޓް ޓީމްގެ ކޯޗް އާސިފް ހާން މިއަދު ހައްޔަރުކޮށްފި އެވެ.
ޕާކިސްތާނަށް އުފަން، ސައުތު އެފްރިކާ ރައްޔިތެއް ކަމަށްވާ އާސިފް، 46، ހައްޔަރުކުރީ ވަނީ ފުރަން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަސް ވެސް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެފްރިކާ ފިރިހެނެއް މިއަދު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އާސިފް ޚާން ގައުމީ ކްރިކެޓް ޓީމުގެ ކޯޗުކަން ކުރަމުން އަންނަނީ މިދިޔަ އަހަރުން ފެށިގެންނެވެ. އޭނާގެ ކޯޗުކަމުގައި ރާއްޖޭން ވަނީ މެލޭޝިއާގައި ޖޫން މަހު އޮތް ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީޓްވެންޓީ މުބާރާތުން ދެ ވަނަ ހޯދައިފަ އެވެ.
މީގެ އިތުރުން އިންޑިއާގެ ކުރީގެ ތަރި ޔުވްރާޖް ސިންގް ހިމެނޭ އެއާ އިންޑިއާ ޓީމާ ދެކޮޅަށް ފެބްރުއަރީ މަހު ރާއްޖޭން ކުޅުނު އެކުވެރިކަމުގެ މެޗުގައި ވެސް އިރުޝާދު ދިނީ އޭނާ އެވެ. ގައުމީ ކޯޗުކަމުގެ އިތުރުން ބައެއް މެޗުތަކުގައި އޭނާ އަމްޕަޔަރުކަން ވެސް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން...
06 October 2019
މިއޮތީވާ ގައުމެއް....
ހަސަން މަނިކު
06 October 2019
ކްރިކެޓު ބޯޑުގެ ބޭފުޅުން ޒިންމާވާންޖެހޭނެ. މިއީ 'ކަވަރ އަޕް' އެއް. ފާޅާއެރުމުގެ ކުރިން ރަށުން ފޮނުވާލަަން އުޅުނީ.
އަސްލަންޓޭ
06 October 2019
ދިވެހިން މިތިބެނީ ކިހިނެއް ވެފަތަ؟ ޖިންސީ ފުރައްސާރަ ކުރުމާ އެހެނިހެން ފުރައްސާރަ ކުރުންވެސް ވަރަށް ގިނަ. ރިވެތި އަޚްލާގެއް ނެތް.
ސދފސފ
06 October 2019
އިހަކަށްދުވަހު ފުވައްމުލަކަށް އައިސް އަހަރުމެންގެ ދަރިން ހައްދަން ގެންދިޔައީ މީނަތަ
އަލީ ހުސައިން
06 October 2019
ކްރިކެޓް ބޯޑާއިގުޅޭގޮތުން މެންބަރުން ނެރުނު ބަޔާން ބައްލަވާ. އަވަސްފިޔަވަޅު ކްރިކެޓް ބޯޑާއި މެދުގައި އަޅުއްވާ
ސައިފުލް
05 October 2019
މިއީ ވަރަށް ސީރިއަސް މައްސަލައެއް، އަދި ސިއްރުން ފުރުވާލަން އުޅުމުން ވަރަށް ދެރަ، ކްރިކެޓް ބޯޑުންވެސް މި މީހާ މިކަން ކުރިކަން އިނގި ހުރެ ފުރުވާލަން އުޅުކަމީ ވަރަށް ބިރުވެރިކަމެއް.. ވަރަށް ސުވާލު އުފެދޭ ކަމެއް
ނެތޭ
05 October 2019
ސަހަލު އެކަކު އެބަހުރި
ބޮނޑި ބަތް
05 October 2019
މީ ވެސް އޭގެ މީހެއްތަ؟؟
ޖޮލި
05 October 2019
އަޅުގަޑުމެންގެ ދަރިންނަށް ވަކި ސަލާމަތްތެރި ވަގުތެއްނެއް ތަނެއްނެތް. ކުޅިވަރު ކުޅެންދާ ތަނުގަވެސް އެފާޑުމީހުން.
ފފފސ
05 October 2019
ޚަބަރު މުޅިން ފުރިހަމައެއް ނޫން! ހޯދުން މުހިއްމު * ޖިންސީ ގޯނާކުރީ ކޮން ޖިންސެއްގެ ބަޔަކަށް! * ކުޑަކުދިންނަމަ އެކުދިންގެ އުމުރަކީ ކޮބާ؟ * ޖިންސީ ގޯނާ އާއި ކުރިމަތިވި މާހައުލަކީ ކޮބާ؟
ހަކީމް
05 October 2019
މީ ބެލެނިވެރިންނަށް މުހިންމު މައުލޫމާތު ... މިހާ ކުޅިވަރުވެގެން އުޅޭ ދުވަސްވަރެއްގައި އިތުބާރު ހިފެހެއްޓުމުގެ ގޮތުން މީކުރަން ވަރަށް މުހިންމު ކަމެއް. މީ އަދައިގެ ކަމެއް ނޫން. މިސަރުކާރުން ދެބޯގެރި ދުއްވާ މިކަހަލަ ބޮޑެތި މައްސަލަތަށް އޮއްބާލުން އާމު ކަމަކަށް ވެއްޖެ.