މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިފެހެއްޓި ބޯޓު: މިއީ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް -- ފޮޓޯ: އެމްއެންޑީއެފް
07 އޮކްޓޯބަރ 2019 - 16:35
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތީ ބޭރުގެ ބޯޓެއް އެކަންޏެއް ނޫން ކަމަށާއި ރާއްޖޭގެ މަސް ދޯންޏެއް އެ މައްސަލާގައި ހިފަހައްޓާފައިވާ ކަމަށް، ކަމާ ބެހޭ ފަރާތްތަކުން މިއަދު ބުނެފި އެވެ.
މިދިއަ ހޮނިހިރު ދުވަހުގެ ރޭ، ސްރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ހިންގި އޮޕަރޭޝަންގައި ހިފެހެއްޓީ "ހެދޭކުރި-7" ނަމަކަށް ކިޔާ މަސް ދޯންޏެއް ކަމަށް، އެމްއެންޑީއެފުން ބުނެ އެވެ. މި ބޮޑު އޮޕަރޭޝަންގައި އިންޑިއާ ވެސް އިސް ރޯލެއް ކުޅުނެވެ.
ދެ ދިވެހިންނާއި ދެ ބިދޭސީން ތިބި ދޯނި މިހާރު އޮތީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅޭ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކޯސްޓް ގާޑާއި ޕޮލިހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް
ރާއްޖޭގެ ކަނޑު ސަރަހައްދަށް ވަދެ، ހިންގާ ޑްރަގްގެ ބޮޑެތި މުއާމަލާތްތަކުގައި ރާއްޖޭގެ އުޅަނދުފަހަރު ބައިވެރިވެ އެވެ. ބޭރު ބޯޓުން ގެންނަ މަސްތުވާތަކެއްޗާ ހަވާލުވެ، އެ އެއްޗެހި ރާއްޖޭގެ ކޮންމެވެސް ހިސާބަކަށް ގެންދަނީ ރާއްޖޭގެ އުޅަނދުފަހަރުންނެވެ.
އެކަމަކު "ހެދޭކުރި-7" އާއި މަސްތުވާތަކެއްޗާ އެކު ހިފެހެއްޓި ބޭރުގެ ބޯޓާ އޮތީ ކޮން ގުޅުމެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
މި ޑްރަގް ޝިޕްމަންޓުގެ މައުލޫމާތު އިންޑިއާގެ ސަލާމަތީ ބާރުތަކަށް ލިބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހެވެ. އެއާ އެކު ހަ ފަޅުވެރިން ތިބި ބޯޓަށް އިންޑިއާ އާއި ރާއްޖެ އަދި ސްރީ ލަންކާގެ ސިފައިން ގެންދިޔައީ ފާރަލަމުންނެވެ.
އެ ބޯޓު އަތުލައިގަތީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުންނެވެ. ބޯޓު ދަތުރުކުރީ ޕާކިސްތާނުން ފުރައިގެން ކަމަށް، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ، އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ބޯޓުގައި ހުރީ އީރާނުގެ ދިދައެކެވެ. އަދި ބޯޓުން ކަންކުރަންވީ ގޮތް ފަޅުވެރިންނަށް އަންގަމުން ދިޔައީ ޕާކިސްތާނުގައި ތިބި ބައެއް ކަމަށް ވެސް އެ ނޫސްތަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާ
08 October 2019
މާއްޓޭމެން ރާއްޖެއަށް ބަގުލާދޭސް މީހުން ގެނައިގޮތްވެސް ބަލަންޖެހޭނެ! އެއްވެސް ޕާސްޕޯޓެއް ލިއުމެއް ނެތި، ބަންގާޅުން އިންޑިޔާއަށް ރޭލުގައި، ދެން އަންނަނީ ކޮޗިންއަށް، އެއަށްފަހު އެދުވަސްވަރު ތިލަފުށީގައި އަމިއްލަ ޕޯޓްހަދައިގެން އުޅޭކޮންޕެނީގެ ބޯޓުގައި، ތިލަފުއްޓައް! ދެން ކޮޅުވެއްޓީގައި މާލެއައީމާ އެއާދެވުނީ!
ހުކޫމަތު
08 October 2019
ކޯޓަށް ގެންދާއިރަށް ކޮން މެވެސް އިޖުރާއަތެއް ފުރިހަ މަނުކޮށޭ އިތީ ކިޔައިފަ ދޫކޮށްލަފާނެ
ހމ
07 October 2019
ތިޔައީ ބޭކާރު ކަމަކަށް ނުހެއްދެވުން އެދެން.
ތޮރާ
07 October 2019
ހިތާަ މަޔަކީ ކޮންމެވެސް ގޮތަކުން އެމީހުން ދޫވާތީ، ތިކުރައްވާ ޕްރޮފެޝަނަލް މަސައްކަތައް ހަމަ ސެލިއުޓް.
ޢަބްދުﷲނާފިޒް
07 October 2019
ރާއްޖޭގެ ހަފޮޅުން އެތެރޭގަ ހިނގާ ކޮންމެ ކަމެއްގަވެސް ބިދޭސީންގެ ބައިވެރިވުމެއްނެތި އެއްކަމެއްވެސް ނުހިނގައޭ އުތަ، ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
މަގޭބުނީ
07 October 2019
އަވަހަށް ކޯޓަށް ގެންގޮސް ދޫކޮށްލާ...، އެއްގޮތަކަށްވެސް އެމީހުން ހައްޔަރުކޮށްގެންނުވާނެ.....
ހަކީމް
07 October 2019
އަނެއްކާވެސް ހަދާންކޮއްލަ ދޭނަން. މިކަން ހުއްޓުވޭނީ މިމީހުން މަރަން ހުކުން ކޮއްގެން. ލާހިކެއް ނޫން އެނޫން ގޮތަކަށް މިކަން ހުއްޓުވާކަށް. ހަމަ ވާނީ އިތުރު. އެމީހުން ރަށުގައި ދިރިއުޅޭ ހާލަށް ވުރެން ރާއްޖޭގެ ޖަލުތަށް މާއަރާމު. އަދި އަތުން ފައިން ކަމެއް ނުކޮއް ކެއުން ބުއިން ހަމަ ޖެހޭ. އަދި ދެތިން އަހަރުފަހުން މިނިވަންވެސްވޭ. އަތުނުވެ ކޮއްލާ ކޮންމެ ދަތުރަކުން އެތަން ހާސް ޑޮލަރެއް ލިބޭ. މިކަން ނުކުރާންވީ އެއްވެސް ސަބަބެއް އެމީހުންނަކަށް ނުފެނޭ.
ޑަމީ
07 October 2019
ޢަވަހަށް އެކުދިން ދޫކޮށްލާ.
ގަޓް ބްރޯ
07 October 2019
"ޑްރަގް މަސްވެރިކަން" ކުރާ ފަރާތްތަކުން ބޮޑެތި ސިންގާ ޒަމާނީ ފައިބަރު މަސްދޯނިތައް ބަނދެ އަހަރު ދެކޮޅު ބާލަމުން އެދަނީ އެ ވިޔަފާރީގެ ނަފާ ހަމަ ރަނގަޅުކަމުން ކަމަށް ބެލެވެނީ.
ކަލޫބެ
08 October 2019
އަނެއްކާ ބޭނޭ އެތިކޮޅު ނުކިރިގެން އުކާލާކައްވެސް ނުޖެހޭނެދޯ؟
ލިމް
07 October 2019
އެޖެންޑާ 19 ގެ ދަށުން ވަރަށް ތަފާތު ކަންތައް ފެންނަމުންދާނެ .ދެން މިކަންކަމުގެ މާބޮޑު ތަފްސީލެއް މިނޫސްތަކުގައި ނުލިޔާނެ