އައްޑު އަށް ވެހުނު ބޯ ވާރޭގައި މަގެއްގައި ފެންބޮޑުވެފައި.
12 އޮކްޓޯބަރ 2019 - 22:55
އައްޑޫގެ އަވަށްތަކަށް އިއްޔެ އާއި މިއަދު ވެހުނު ބޯ ވާރޭގައި ބޮޑު ސަަރަހައްދެއްގައި ފެން ބޮޑުވެ، ބައެއް ގެތަކުން މީހުން ހުސްކޮށްފި އެވެ.
އައްޑޫ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) "މިހާރު" އަށް މިރޭ ވިދާޅުވީ ފެންބޮޑުވެ، ހާލުގައި ޖެހުމުގެ ސަބަބުން ހައެއްކަ ގޭގެ މީހުން އެހެން ތަންތަނަށް ބަދަލުކުރަން މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފެން ވަދެ ގެއްލުންވި ގެތައް ގިނަ ކަމުން އަދިވެސް ބައެއް ގޭގޭގެ މީހުންނަށް އެންމެ ފުރިހަމަ އަށް އެހީތެރިކަން ނުދެވި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެލި ބަސްތާ ޖެހުމުން ފަށައިގެން ގޮސް، ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ހުރިހާ ގެ އެއްގެ މީހުންނަށް ވެސް ވަނީ ފޯރުކޮށްދެވިފައި. ހައެއްކަ ގޭގެ މީހުން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުަރަމުން،" އޭނާ ވިދާޅުވި އެވެ.
އައްޑު އަށް އިއްޔެ އާއި މިއަދު ކުރި ގަދަ ވިއްސާރައިގައި މަގެއްގައި ފެންބޮޑުވެފައި: ހާލަތު ގޯސް.
ސޯބެ ވިދާޅުވި ގޮތުގައި ފެން ވަދެ، ކައްކައި ކައިބޮއި އުޅެވެން ނެތް ގެތަކުގެ މީހުންނަށް ކެއުމުގެ ކަންތައްތައް ވެސް އަންނަނީ ހަމަޖައްސައި ދެމުންނެވެ. ހާލުގައި ޖެހުނު އާއިލާތަކަށް އެހީވުމުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ސިފައިންނާއި ފުލުހުންނާއި ކުންފުނިތައް އަދި ގިނަ އަދަދެއްގެ އާއްމުން ވެސް ބައިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑު އަށް އިއްޔެ މެންދުރެއްހާއިރު ވެެހެން ފެށި ވާރޭ މުޅިން މެދުކެނޑުނީ ސޯބެ ވިދާޅުވިގޮތުގައި މިއަދު ހަވީރެވެ. އިއްޔެ އިން ފެށިގެން ކުރަމުންދާ ވިއްސާރަ އޭނާ ސިފަކުރެއްވީ ތޫފާނެއް ފަދަ ކަމެއްގެ ގޮތުގަ އެވެ.
"މީ އާދައިގެ ވިއްސާރައެއް ކޮށް، ފެންބޮޑުވުމަށް ވުރެ ބޮޑަށް ތޫފާނެއް ފަދަ ކަމެއް ގޮތަށް އަޅުގަނޑުމެންނަށް މި ސިފަ ވަނީ. އައްޑޫގެ ހާލަތާ މެދު ދަންނަވާނީ ކީކޭ ކަމެއް ވެސް ނޭނގޭ. ހާލަތު ވަރަށް ގޯސް،" މޭޔަރު ވިދާޅުވި އެވެ.
#adducity #MDP adhuge haalath pic.twitter.com/vcjEZSLtlj
— fathima (@fathun6663) October 12, 2019
ފުލުހުން ބުނީ އައްޑޫގެ 140 ގެއަަކަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިތަދޫގެ 44 ގެ، މަރަދޫ ހަތަރުގެ، މަރަދޫ ފެދޫގެ 12 ގެ، ފޭދޫގެ 43 ގެ، ހުޅުދޫގެ 10 ގެ އަދި މީދޫގެ 27 ގެ ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ. ފެންބޮޑުވުމުގެ ސަބަބުން އެހީތެރިކަަމަށް އެދުނު ގެތަކުގެ ތެރެއިން 28 ގެއަކަށް އެހީތެރިކަން ނުދެވި ވާ ކަމަށާއި ނަމަ ވެސް އެ ގެތަކަށް އެހީތެރިކަން ފޯރުކޮށްދޭން މަސަައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އައްޑުއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުން ވެލިބަސްތާ ޖަހަނީ.
އައްޑޫގެ މޫސުން މިހާރު ލަފާކުރާ ގޮތުގައި މިރޭ ދަންވަރު އަލުން ވާރޭ ވެހިދާނެ އެވެ. ސޯބެ ވިދާޅުވީ ވާރޭ މެދުކެނޑިފައި އޮތް ނަމަވެސް އަދިވެސް އޮތީ ވަރަށް ބަނަކޮށް ކަަމަށެވެ.
އައްޑު އަށް މި ދެ ދުވަހު ވެހުނު ބޯ ވާރޭގައި، ހިނގައިބިނގާވެ ނޫޅެވޭ ވަރަށް މަގުތަކުގައި ވަނީ ފެންބޮޑުވެ، ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި ގޭގެ އަށް ފެން ވަނުމުގެ ސަބަބުން ބައެއް އާއިލާތައް ރޭ ނިދި ނަގާލައި ވަގުތު ހޭދަކުރަނީ ފެން ހިއްކުމުގަ އެވެ.
ރޭދަންވަރުއްސުރެ ނުހިއްޓި ވާރޭވެހުމުގެ ސަބަބުން އައްޑޫ ސިޓީގައި ވަނީ ފެންބޮޑުވެފައި. ފެންހިންދުމުގެ މަސައްކަތް ވަރައް ފޯރިއާއިއެކު ފުލުހުންނާއި ސިފައިންނާއި ސިވިލްސާވިސްގެ މުވައްޒަފުންނާއި އާއްމު ރައްޔިތުން ކުރަމުން އެބަގެންދޭ. ޝުކުރިއްޔާ އެންމެ ބޭފުޅުން!!@SobeAbdulla #AdduCity pic.twitter.com/vmRFN1PJ97
— Hussain R. Hassan (@DrHussainHassan) October 12, 2019
އައްޑޫގެ ހާލަތާ ގުޅޭ ގޮތުން ތިމާވެއްޓާ ބެހޭ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ކުރެއްވި ޓުވީޓު
މޫސުމާ ބެހޭ އިދާރާ އިން ބުނިގޮތުގައި ރޭ 8:00 އިން ފެށިގެން މިއަދު ހެނދުނު 6:00 އާ ހަމައަށް އައްޑު އަށް 107 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޭަެއެހުން ތެރިއެއް
13 October 2019
މި ކަންތައް ތަކާ އެބަޖެހޭ ވިސްނާ ގިކުރު ކުަރަން އަައްޑޫ އަށް ހާދަ ބޮޑު ގެއްލުެކޭ މީހުން ަިސްލާހުވާންވޭ
އެލެން
13 October 2019
މިލި މީޓަރޭ؟
ލައުރާ
13 October 2019
ތީ އާކަމެ އްނޫން ރާ އްޖޭގެ ހުށިހާ ތާކިވެސް ފެންބޮނޑުވޭ ގޮތްބޮނޑު ނިކޮ އް ދުވާކެރަންވޫ ފަތިސްނަމާދާ ޖަމާ އަތިގަ ކެރަންވޫ
ލަދުކުޑޭ
13 October 2019
ޕީޕީއެމް މީހުންނަށް ހީވަނީ ރާއްޖޭގެ ރަށެއްގައި ވާރޭ ވެހިގެން ފެންބޮޑުވީ އަލަށްހެން. މުއިޒު ބުންޏެއްނު މާލޭގައި ފެންބޮޑުވި ހަދާނެއް ހުރި މީހަކުވެސް ނެތޭ؟؟
އަލީރާޖާ
13 October 2019
އައްޑޫ ގައިވެސް މާލޭގައިވެސް މިކަން ރަގަޅު ވާނީ މުއިޒު ހެދި މަގުތައް ނަގާ އަލުން ރަގަޅަށް މަގު ހަދައިގެން.
ޢާޣާ
13 October 2019
އައްޑޫ ގައި މުޢިއްޒު ހެދި މަގެއް ނޯންނާނެ. އައްޑޫގައި އޮތީ މައުމޫނު ހެދި ލިންކްރޯޑު. ދެން ކޮންމެ ރަށެއްގެ ވެސް ބޮޑު މަގު (މާލޭ ނަމަ މަޖީދީ މަގު) އަދި އީސީސީ ވަށައިގެން އޮތް ތަނުގައި ނަޝީދު ތާރުއަޅައިދިން. އެނޫން މަގެއް އައްޑޫގައި ހަދާފަ ނޯންނާނެ. މުއްޒު ކޮށްދިން ކަމަކީ އީސީސީ ހަލާކުކުރުން. އިތުރު ކަމެއް އައްޑުއަށް ކޮށްނުދޭ.
ވާލުސޮރު
13 October 2019
ތިރިތިރި ޖަޒީރާ ރައްތަކެއްގައި ވާރޭ ވެހޭއިރަށް ފެންބޮޑުވުމަކީ ހައިރާންވާންވީ ކަމެއްނޫން. އަދި އެއީ އެއްވެސް ސަރުކާރުތަކެއްގެ މައްސަލައެއްވެސްނޫން. ދުނިޔޭގަ އުޅޭ ބިންގަނޑު ތިރި ތަންތާންގައާއި ފަރުބަދަ މަތީގަ އަދި އަލިފާން ފަރުބަދައާއި ބިންހެލުން އަންނަ ސަރަހައްދުތަކުގައިވެސް. އެކަމުން ރައްކާތެރިވުމަށް ގެދޮރު އަޅާއިރު ސަމާލުކަން ދެވިދާނެ
ބޮޑުމީހާ
13 October 2019
ކިހިނެއްތަ މަގުތަކާއި ތަންތަން ޑިސައިނގް ކުރާ މީހުން މިހަދަނީ، ވަށައިގެން މޫދު އޮންނަ އިރު ފަސޭހަކމާއިއެކު މޫދަށް ފެންދާނެ ގޮތަކަށް މަގުތައް ހެދިފަ ހުންނަނަމަ ތިހެން ނުވާނެ ކަންނޭގެ. އަދި ތާރުކޮޅެއް އަޅާލިޔަސް ނުފުދޭ، އޭގެ ސަބަބުން ފެން ބޮޑުވާނެކަން ދަނެ ތިބެ ރަގަޅު ނިޒާމެއް ގާއިމްކުރަންވާނެ
ގަބުންނޭ
12 October 2019
އައްޑޫ އަކީ އެއީ މީހުން ދިރިއުޅެން ކަމުނުދާ އުސޫލުން ގެތައް އިމާރާތް ކޮށްފައި ހުންނަ ތަންތަން ކަން މިދަނީ އެނގި ފާޅުވަމުންނޭ ދެން ވެސް ތަމެން ގެދޮރު އިމާރާތް ކުރަން ދަސްކުރަން މާލެ އަންނަން އުޅެގަ އިނގޭތޭ...
ރަދީފް
13 October 2019
ކޮސް ނުގޮވާ ހުރޭ.
އޭނަ
12 October 2019
އައްޑޫގެ ޚާއްސަކޮށް ހިތަދޫގެ ގިނަ ގެތަށް ރާނާފައި ހުންނައިރު ގޭގެ އެތެރެއަށް ފޫޓެއްހައިތަން ތިރިކޮށް ހުންނަ ކަން ފާހަގަ ކުރެވުނު. ޚާއްސަކޮށް ދުވަސްވީގެތައް. މިކަމުގެ ސަބަބުން ވަރަށް ގިނަ ގެތަކަށް ފެންވަދެ ގެންލުން ވުމުގެ ފުރުސަތު ބޮޑު. މަގޭ ހިތަށްއަރާ ތަފިރިން ކީއްވެގެން ކުރާކަމެއް ބާއޭ އޮޅިގަނޑުންފެށިގެން ގޭތެރެ ހަމަ ބިމަށްވުރެ ތިރިއަށް ނުވަތަ އަޑިކޮށް ބާއްވާނީ.. ކޮންމެ ވެސް ޚުރާފާތެއް ކަމެއް ކަމަށް މަގޭ ހިތް ލައްކަފަހަރު ބުނެއޭ...
ޢަހުމަދު މުއީނު
13 October 2019
ކަލޯ ސަރުކާރުން މަގުހަދަން ފަސް އަޅަމުން ގޮސް މަގުތަކަށް ވުރެ ގޯތި ތިރިވެފަ އެހެރީ. ދެން ބިން ހިއްކާއިރު ނުބަލާ ރަށް އުފެދިފަ އޮޮތްގޮތެއް. ހިތަދޫގެ ހުޅަގު ފަރާތަކީ ރަށް އުފެދިފަ އޮތް އިރުވެސް އުސްކޮށް އޮތް ފަރާތެއް. ޢިރުމަތިން ބިން ހިއްކުމަށް ފަހު ތާރު އެޅިމަގު އުސްކޮށް ހެދުމުން މިހާރު ހިތަދޫ އެއޮތީ ޕޫލް އަކަށް ވެފަ. ބޯބޭނުން ކޮށް ވިސްނައިގެން ލިޔެބަލަ. އަދި ވެރިންނަށް ޑްރެއިނޭޖް ކިޔަވައިދީބަލަ.
ގެނޭއެމެން
12 October 2019
އައްޑޫ އަށް ބޭކާރު ޚަރަދު ކުރުމަށް ވުރެން އެޚަރަދު މާލެ ސަރަހައްދަށް ކޮށް އަހަރަކު 2 ހާސް އަކަފޫޓްގެ 10 ހާސް ފްލެޓްސް މާލެ ސަރަހައްދުގައި އެޅުމުން ދެން ތިޔާ ގަނަ ތެޅެން ނުޖެހޭނެއޭ ތަމެން ވިސްނާ ހުށި ކަމޭ އަވަހަށް މާލެ ސަރަހައްދަށް ބަދަލުވާހުށި ކަމޭ އިނގޭތޭ...
މަޒްނާ
12 October 2019
މުޅި އުމުރު ކުލީ އަޅަކަށްވެ، ކުލި ދެއްކުން ނޫންގޮތެއް ނެތި، ތިމާ މުޚި އުމުރު ކޮންކުރިޓް ކުޑަ ގޮޅިއެއްގައި ނިމި ދިއުމަކީ ރަަގޅު ގޮތެއް ނޫނޭ