ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން. އިންޑިއާ އިން ގާޒީ ނިހާން ހުއްޓުވައި ސުވާލު ކުރި. --- ފޮޓޯ: މިހާރު
13 އޮކްޓޯބަރ 2019 - 10:50
ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ކަމަށް ހީކޮށް އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ހުއްޓުވައި އިންޑިއާ އިން ސުވާލުކޮށްފި އެވެ.
ގާޒީ ނިހާން އިއްޔެ މެންދުރު ފަހު އިންޑިއާ އަށް ވަޑައިގެންނެވީ އޭނާގެ ކޮއްކޮއަކާ އެކު ބޭސްފަރުވާއަށެވެ. ނިހާން އިންޑިއާ އަށް ވަޑައިގެންނެވުމާ އެކު އެ ގައުމުގެ އިމިގްރޭޝަންގެ އޮފިޝަލުން ވަނީ އެއާޕޯޓުގައި ވިއްސަކަށް މިނިޓު ވަންދެން އޭނާ ހިފަހައްޓައި ސުވާލު ކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ގާޒީ ނިހާން ދޫކޮށްލީ އޭނާއަކީ ކުރީގެ މެމްބަރު ނިހާން ނޫން ކަން އިމިގްރޭޝަނަށް ކަށަވަރުވުމުންނެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ސައިނަސް އަށް ފަރުވާ ހޯއްދަވަން އިންޑިއާގެ ޗެންނާއީ އަށް ވަޑައިގަތުމުން އެ ގައުމަށް އެތެރެވިޔަ ނުދީ، ކުރީގެ މެމްބަރު ނިހާން އަނބުރާ ރާއްޖެ ފޮނުވާލި އެވެ. ޑިޕްލޮމެޓިކް ޕާސްޕޯޓުގައި އިންޑިއާ އަށް ވަޑައިގެންނެވި ނިހާން އަނބުރާ ފޮނުވާލި ސަބަބެއް އޭރަކު ނުބުނެ އެވެ.
ގާޒީ ނިހާންގެ އާއިލާގެ މެމްބަރަކު "މިހާރު" އަށް މިއަދު ބުނީ ނިހާން އެއާޕޯޓުގައި ހިފަހައްޓައިގެން ވަޒީފާ އަދާކުރާ ތަނުގެ މައުލޫމާތާއި ބައްޕަ އަށް ކިޔާ ނަން ފަދަ މައުލޫމާތު ހޯދި ކަމަށެވެ. އޭރުގައި ނިހާނަށް ވެގެން އުޅޭ ގޮތެއް އެއްވެސް ގޮތަކަށް ސާފުނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"މެމްބަރު ކަން ކުރެއްވި ނިހާންގެ ފޮޓޯ ދައްކާފައި ބުނީ ތިއީ އެ ނިހާންހޭ. މަޖިލިހުގެ މެމްބަރަކަށް އެއްވެސް އިރެއްގައި އުޅުނުތޯ ވެސް އެހި،" އެ މީހާ ކިޔައިދިނެވެ.
"ނިހާނަށް ވެގެން އުޅޭ ގޮތް ސާފުވީ ކުރީގެ މެމްބަރު ނިހާންގެ ފޮޓޯތައް އޮފިޝަލުން ދެއްކީމަ."
އެއާ އެކު މެޖިސްޓްރޭޓް ކާޑު ދެއްކުމުން، އެއީ ކުރީގެ މެމްބަރު ނިހާން ނޫންކަން އެ މީހުންނަށް އިތުރަށް ޔަގީންވުމާ ގުޅިގެން އިތުރު ސުވާލެއް ކުރުމަކާ ނުލައި ދޫކޮށްލީ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެ މީހުން މާފަށް އެދިފައި ފަހުން ބުނީ މެމްބަރު ކަން ކުރި ނިހާނަކީ އިންޑިއާ އަށް އެރުން މަނާ މީހެއް ކަމަށް. އެހެންވެ އެ މީހުން ހީކުރީ އެ ނިހާން ކަމަށް ނަން އެއްގޮތްވީމަ،" އާއިލާގެ މެމްބަރު ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލާގައި ގާޒީ ނިހާންގެ މައްޗަށް 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރުމާ ގުޅިގެން އޭނާ ވަނީ މިނިވަންވެފަ އެވެ.
ފެބްރުއަރީ 6، 2016 ގައި މާމިގިލީ ކޯޓު ހުޅުވައި، ކ. މާފުށީ ކޯޓުގެ ނަމުގައި ލިޔުން ތައްޔާރު ކުރި ކަމަށް ބުނެ، ދައުލަތުން ނިހާންގެ މައްޗަށް ދައުވާ ކުރީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ އެވެ. ނިހާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބާތިލްކޮށް، ހައި ކޯޓުން ކުރި ހުކުމްގައި ވަނީ ނިހާންގެ މައްޗަށް ހުކުމް ކުރީ ޝަރުއީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.
ފަސް އަހަރު ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ޔާމީން ދިފާއު ކުރެއްވުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅެއް ކަމުގައިވާ ކުރީގެ މެމްބަރު ނިހާން، މިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ތިނަދޫ ދެކުނު ދާއިރާ އަށް ވާދަކުރެއްވުމުން އޭނާ އަށް ނާކާމިޔާބާ ކުރިމަތިވެވަޑައިގަތެވެ. އެކަމަކު، މިހާރު އޭނާ ވަނީ އިދިކޮޅު ފަރާތްތައް ދޫކުރައްވައި ސަރުކާރު ކޯލިޝަންގެ ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ސިޔާސީ މަސައްކަތް ފައްޓަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
14 October 2019
ގައުމަކަށް ފްލައިޓެއް ދަތުރުކުރަންޏާ ކުރީބައިގައި ދަތުރުވެރިންގެ ނަން ލިސްޓެއް ފުނުވާނެ އެއަރލައިނުން. މިކަމުން އެނގެނީ އިންޑިއާގެ އިންޓެލިޖެންސުގައި ފޫވެެއްޓިފައިވާ މިންވަރު. ނޫނީ އިންޑިއާ ސަރުކާރުން ދިވެހިންނަށް ޖެއްސުން ކުރާ މިންވަރު.
ކެރެލާ
14 October 2019
ނިިހާނެށް ކަމަކު އިންޑިޔާއިން ޒާތީވަކަށް ނުޖެހޭ ނިހާނަކީވެސް ދިވެހި ރައްޔަތަކަށް ވާހިނދު ނިހާނަށް އިންޑިޔާ އަށް ނޭރެނީޔާމު އިންޑިޔާ މީހުންނަކަށްވެސް އެރިގެން ނުވާނެ ޔާމިނު ދައުރުގައި ސައިޒް ކުރިހެން ކުރަންޖެހޭ އެމްޑީޕީ އަށް ވެރިކަން ލިބުމީ ދިވެހިންނަށް ހިތު ހުރިގޮތެއް ހެދުމަށް ލިބުނު ފުރުސަތެެއްނޫން.
ރީތި މޫސަ
14 October 2019
މިޤައުމުގެ އަގުވައްޓާލި މީހަކީ ނަޝީދު އޭނާވަނީ އޭނަހިތްހަމަނުޖެހޭ ކޮންމެމީހަކީ ޓެރަރިސްޓެއްކަމަށްބުނެ މުޅިދުނިޔެއަށް ލިސްޓްކޮށްފަ އެގޮތުން ނިހާންގެ ނަންދީފައޮތުމުންވާގޮތްމީ
މަތިވެރި
13 October 2019
މިޔޮށް ބޮޑު އިންޑިޔާގަ 2 މީހަކު ވަކި ކޮށްލާނެ ސިސްޓަމެއް ނެތް. ދެން ކޮން އެހީ އެއް މި ރާއްޖެއަށް ދެވޭނީ.
ރަންބުއްދި
15 October 2019
ތިޔަބުނީ ހަމަތެދެއް އިންޑިއާގެ ގަމާރު އިންޓަލިޖަންސް އަދި އިމިގްރޭޝަންސިސްޓަމް ގަ އެބުނާ މެމްބަރުނިހާންގެ ފިންގާޕްރިންޓްވެސްނެތީތަ.އިންޑިޢާގެ ގަމާރު އިމިގްރޭސަން އޮފިސަލުން ވަނީ 10 އަހަރު އިންޑިއާގަ ކިޔަވަން ހުރި އަހަރެންގެ އުމުރުން 10 އަހަރުގެ ފިރިހެން ދަރިފުޅު އަދި 5 އަހަރުގެ ދަރިފުޅުގެ މާލެއަންނަން ފުރިޔަނުދީ 2010 ގަ ބެންގްލޯރު އެއާޕޯޓްގަ 1 ގަޑިއިރު ހިފަހައްޓާ ކުދިންގެމަންމަޔާ ސުވާލުކޮށް ޓޯޗާކޮއްފަ.ޓެރަރިސްޓް ސާނޭމް އެއް އޮވެގެންނޭކިޔާފަ
ބޮޑުމީހާ
13 October 2019
އިންޑިއާ މީހުން ލަދެއް ނުގަނޭތަ ފުރަތަމަ ދެމީހަކު ވަކިކުރާކަށްނޭގެ، ދެން އެހެން މީހެއްގެ ޕާސަނަލް ވާހަކަތަކެއްޖެހޭތަ އެހެންމީހުންނާ ހިއްސާކުރަން، ނިހާނު ތިހާ ބޭނުންވާނަމަ އެއާޕޯޓްތަކާއި މަގުތަކުގަ ޕޯސްޓަރތަށް ކުރަންވީނުން ލަދުން ބޯހަލާކު
ކަޅުކަޅު ދޮނޭ
13 October 2019
މިފެންނަނީ އޭނަ، ރައްޔިތުންނަށް ދައްކާފަހުރި ނުބައި ނުލަފާކަން މުޅި ސަރަހައްދުން.. ގާސިމޫ! ތިބޭޅާއަށް ހަމަސާބަސް..
ރާއްޖެތެރޭއިބުރޭ
13 October 2019
އިންޑިއާގެ އިމިގުރޭސަން ސިސްޓަމްގެ ނާގާބިލް ކަން ތީގެން އެންގިގެން އެ ދިޔައީ ރާއްޖެ އަށް ވުރެން ފަހަތުގަ އިންޑިއާ އޮތީ
ދޮން ކެޔޮ
13 October 2019
ފުކެއް ބޮޑުވަރު
ބޮޑުދައިތަ
13 October 2019
ކަލޯމެންނޭ ބޮޑުބޭބެ އިންޑިޔާއަށްކަށް ނޭގޭތަ މޕ ނިހާނު މިހާރު ޕާޓީ ބަދަލުވުމުން ކުލަބަދަލުވެއްޖެކަމެ؟އެއީ މިހާރު ސަރުކާރު ކޯލިޝަނުގެ އާއްމު މެމްބަރެ. ދެންކީއްވެ ނިހާނުކަމަށް ހީކޮށް އެހެން ނިހާނަކަށްވެސް ސުވާލުކުރަންވީ.. ކުރީގެ ކުއްތަ މިހާރު ވަނީ މައާފުވެފަ.
ޝާއިރާ
13 October 2019
ސިޔާސީ ކަންކަމުގައި އޯވާ ވުމުގެ ނަތީޖާ މިފެންނަނި. އަހަރެމެންގެ ސައިޒު އޮޅިވަޑަިއިގެން ނުވަތަ ހަނދުމަފުޅުނެތިގެން ނަމަވެސް ވެރިކަމުގެ ބާރުގައި ތިބިއިރު ވެރިމީހާ ރުއްސަން އަނގައިން ގޯސް ވާހަކަތައް ދެއްކުނީ މާގިނައި. ވީމާ ކުރީގެ ނަޝީދުވެސް ވަކިގައުމެއްގެ ރުހުން ހޯދަން ، އެހެން ގައުމުތަކަށް ބަސްފުޅުތައް ވިދާޅުވުން ހުއްޓާލެެއްވުމަށް މިފުރުސަތުގައި ދަންނަވަމެވެ.