13 އޮކްޓޯބަރ 2019 - 12:07
ވާރޭ ވެހޭ އިރަށް އައްޑޫގެ ރަށްރަށުގެ މަގުތަކުގައި އާދަޔާ ޚިލާފަށް ފެންބޮޑުވެ، ގޭގެ އަށް ފެން ވަންނަ މައްސަލަ ހައްލު ކުރުމަށްޓަކައި، ފެން ހިންދާ ނިޒާމުގެ މަސައްކަތް އަވަހަށް ނިންމައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އެދިވަޑައިގެންފި އެވެ.
އައްޑު އަށް މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކުރި ވިއްސާރައިގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބުމާ ގުޅިގެން، މި ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރު ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ފެންބޮޑުވާ މައްސަލަ ހައްލުނުވެ ކުރިއަށް ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"ސްޓޯމް ވޯޓާ ޑްރައިނޭޖް ސިސްޓަމެއް ގާއިމުކުރުމަށް މި އަހަރު ބަޖެޓްކުރެވިފައި އޮތް ނަމަވެސް އެ މަސައްކަތް އަދިވެސް ފެށިގެން ކުރިއަށް [އެކަށީގެންވާ ގޮތަކަށް] ނުދާތީ ކަންބޮޑުވޭ. މިކަން އަވަސްކޮށްދިނުން އެދެން،" ޝަރީފް ވިދާޅުވި އެވެ.
Addu City ge fen boduvaa masala akee avas halle beynun vaa kameh.emmenah ves ingey.Mi aharu Budget ga vaa gothah storm water drainage system ge masakkaiy feshun avas Koh dhevvumah sarukaaruge kamaabehey idhaaraathakuga dhannavan @AslamAslamtey @AdduCityCouncil @iameeru @ibusolih
— Ibrahim Shareef (@AdduShareef) October 12, 2019
އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ފެންހިންދާ ނިޒާމު އަވަސްކޮށް ދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަަށް ދަންނަވަން ކަމަށެވެ.
Fenboduvumuge massala hallu kurumah Maradhoo Keeranma Goalhi adhi Karanka Goalhi mi dhe magugai fen hindhaa nizaam gaaimu kurumuge masahkaiy kuriyah dhany pic.twitter.com/dYuI8gSrs8
— Addu City Council (@AdduCityCouncil) September 9, 2019
އައްޑޫގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން މަސައްކަތްތަތެއް ކުރެވެމުން އަންނަނީ 2015 އިން ފެށިގެންނެވެ.
Addu City ge Magu thakugai fenboduvaa massala ah dhaaimy halleh hoadhumuge masahkaiy Addu City Council in dhany kuramun pic.twitter.com/408qjUEaP8
— Addu City Council (@AdduCityCouncil) December 17, 2018
އެގޮތުން ފެންބޮޑުވާ މައްސަލަ ވަކިން ބޮޑު ސަރަހައްދުތަކަށް ހާއްސަކޮށްގެން މަސައްކަތްތަކެއް ކުރެވެމުންދާތާ ދުވަސްތަކެއްވެއްޖެ އެވެ. އޭގެ ތެރޭގައި އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ފޭދޫ، މަރަދޫފޭދޫ މަރަދޫ އަދި ހިތަދޫ ހިމެނެ އެވެ.
Link roaduge kaanuthah saafukoh fen hindhumuge nizaamu rangalhu kurumuge masahkathuge therein pic.twitter.com/Qz0CM6A8E6
— Addu City Council (@AdduCityCouncil) June 17, 2019
ނަމަވެސް މި މަސައްކަތް އެއްކޮށް ނުނިމި ދިގުލައިގެންދާތީ އައްޑޫގެ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައި ވެ އެވެ. ހާއްސަކޮށް ގުޅިފައިވާ އަވަށްތަކުގެ ބޮޑުމަގުގައި ފެންބޮޑުވާ މައްސަލަ އަކީ ހައްލުނުކުރެވި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ކަމެކެވެ.
Link road gai fenboduvaa massala hallu kurumuge masahkaiy kuriyah dhany pic.twitter.com/T3cY7IKjxb
— Addu City Council (@AdduCityCouncil) June 12, 2019
އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިދިޔަ ހަފުތާގައި އައްޑު އަށް ކުރެއްވި ދަތުރުގައި ވެސް މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާފައިވެ އެވެ.
މިދިޔަ ހުކުރާއި ހޮނިހިރު ދުވަހު އައްޑު އަށް ކުރި ވިއްސާރައިގައި، ބައެއް ގޭގެ އަށް ފެން ވަނުމުން، އެ ގެތަކުގައި ދިރިނޫޅެވޭ ވަރަށް ހާލަތު ވަނީ ގޯސްވެފަ އެވެ. އެހެންވެ، ވަގުތީ ގޮތުން އެ ގެ ތަކުގެ މީހުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާފު
13 October 2019
މި ފަސް އަހަރު ނިމިގެން ދާއިރު މިކަމަށް ހައްލެއް ނުލިބެއްޖެއްޔާ ދެން އިތުރަށް މިވެރިން މަޖުލިސްގައި ބަހައްޓަން ނުފެނޭ.
ޒުވާނާ.
13 October 2019
އައްޑޫގެ ކޮންރަށެއް ގައި މު ހިތަދޫގަ ނެތްފެނެއް ފެންފޮދެއްގަ ނުޖެހިބާ ތިވަރުވީ އަވަހެއް ނުވާނެ ވާވަރަކުންވާނީ އޯކޭ
ބަބުރަންޖީ ހާޖީ
13 October 2019
ތީ އައްޑޫގާ އުޅޭ މީހެއްނޫނެއްނު. ދެން.....
ބުނެބަލަ
13 October 2019
ޢައްޑުގެ ގިނަ ގެތައް ފަޅަށް ހުރެއޭ ބުނަނީ އެއީ ކިއެއްވެތޭ ތަމެން ބޯރަތޭ މެން މަމެންނަށް ބުނެދެގަ.
ސސސސ7
13 October 2019
ކަލޯ މާލޭގެ ބޮޑު ބުރިޖަކަށް ލާރި ޖަހާފައި ބަޖެޓްވެސް ފާސްކުރަން ވޯޓު ދޭނީ. ފެން ހިންދާނެ ކަމެއްނެތް. ގުޅިމާލެ ހިއްކާލާ ބްރިޖް އަޅާލާ. ލަދުހަޔާތް...