ބަންޑާރަ ނައިބު ރިފްއަތު: ގެއްލުމުގެ ބަދަލު ދިނުމުގައި ސަރުކާރަށް ލަފާ ދޭނެ މިނިވަން އޮޑިޓަރެއް އައްޔަން ކުރަން ވަނީ ނިންމާފައި -- ފޮޓޯ/މިިހާރު
14 އޮކްޓޯބަރ 2019 - 13:29
ގެއްލުމުގެ ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ހުށަހަޅާ މައްސަލަތަކުގައި ބަދަލުގެ މިންވަރު ދެނެގަތުމަށްޓަކައި މިނިވަން އޮޑިޓް ފާމެއް އައްޔަން ކުރަން ބަންޑާރަ ނައިބުގެ އޮފީހުން ނިންމައިފި އެވެ.
ސަރުކާރުން އެކި ފަރާތްތަކާ އެކު ހަދާ އެއްބަސްވުންތަކާއި އަދި އެކި މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކާ ގުޅިގެން ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ އާބިޓްރޭޝަނަށް ހުށަހަޅާ މައްސަލަތައް ކޯޓުން ބޭރުގައި ހައްލު ކުރުމާ ބެހޭގޮތުން ރައީސަށް ލަފާ އަރުވާ ކޮމިޓީއެއް މިހާރު އޮވެ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޓީ އަށް ހުށަހަޅާ މައްސަލަތަކުގައި، މާލީ ހިސާބުތަކާއި ލިޔުންތައް މިނިވަން ގޮތެއްގައި އޮޑިޓް ކުރުމަށް ފަހު، ލިބިފައިވާ ގެއްލުމުގެ މިންވަރު ކަނޑައެޅުމަށްޓަކައި ލަފާ އަރުވަން މިނިވަން އޮޑިޓަރެއް އައްޔަން ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އޭގެ ބޭނުމަކީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްގެން، ދޭ ބަދަލަކީ އެކަށީގެންވާ މިންވަރެއް ކަން ޔަގީން ކުރުން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
ބަޔާނުގައިވާ ގޮތުން މިނިވަން އޮޑިޓަރަކު އެކަމަށް އައްޔަން ކުރާނި ބީލަމުގެ އުސޫލުން އެކަމަށް އިއުލާން ކުރުމަށް ފަހު އެވެ.
ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމުގައި ލަފާ ދޭން މިނިވަން އޮޑިޓަރަކު އައްޔަން ކުރަން ސަރުކާރުން ނިންމިއިރު، މިހާތަނަށް ވެސް ގިނަ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ މި ސަރުކާރުން ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ކޯޓުތަކުން ހުކުމް ކޮށްގެން ބަދަލު ދިން މައްސަލަތަކާއި ކޯޓުން ބޭރުގައި މައްސަލަ ހައްލު ކޮށްގެން ބަދަލު ދިން މައްސަލަތައް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނީނނޭ
15 October 2019
ސަރުކާރުން ފައިސާ ދޭން ބޭނުންވާ ބަޔަކަށް ދީ ނިންމާފަ އޮޑިޓް ކުރުން.. ޒީރޯ ޓޮލަރެންސް
ކޮއްކޯ
15 October 2019
ކާންދޭ ވަރަށް ކާންދީ ނިމުނީތަ؟
ޢަލީ
15 October 2019
ދިވެހިދައުލަތުން ދިވެހިރައްޔިތުންގެ ފައިސާއިން ބަދަލުދޭކަށް ނުޖެހޭނެ. ރައްޔިތުން ގުބޯހައްދައިގެން ތިޔަ ކުޅެނީ ގޭމް. ޤާނޫނާ ޚިލާފަށް ތިޔަ އެއްބަސްވުންތައް އުވާލި މީހުން އަތުން ބަދަލު ނަގާފައި ދީބަލަ. ރައީސް މީހާ ޖިނާޢީ ކުށަށް ޒިންމާވާން ޖެހޭ އިރު މަދަނީ ކުށަށްވެސް ޒިންމާވާން ޖެހޭނެ.
ގީއެމްއާރް
15 October 2019
ޖީއެމްއާރް އަށްވީމާ އޯކޭ... ބޭރު ބަޔަކަޑްވީމާ އޯކެ ބޯގަންވިލާ މަންދު ބިގް ސަހިންދާ އޯކޭ މުއްސަދިންނަށް އެކަނި، ދިވެހިނިކަމެތިން ނަށްވެސް ބަދަލުދޭންޖެހޭ...
ސިޔާސީ ކޯޅުން
14 October 2019
ބަދަލޭ ކިޔާފައި ދައުލަތުން މުއްސަނދި ކުރަން ބޭނުންވި އެއްމެނަށް ފައިސާދީ ނިމުނީމާ މިނިވަން އޮޑިޓަރު އައްޔަން ކުރުމުން ތަފާތު ކުރާ މިންވަރު ހާމަވުން ނޫން އެހެންކަމެއް ނުވޭ. ހުރިހާ ސަރުކާރެއްގައިވެސް ބޮޑުމީހާ އަށް ބޮޑުގޮތް. ނިކަމެތިން ބިކަވަނީ
ވަހީދު
14 October 2019
އިބްރާއަށް 50 މިލިޔަން ރުފިޔާ އެހެން ބައެއް މީހުންނަށް 70 މިލިޔަން ރުރިޔާއިން މިނޫނަސް ބޮޑެތި އަދަދުން ބަދަލުގެ ގޮތުގައި ކަމަށް ހަދާފައި ރައްޔިތުންގެ ނަގުދު ފައިސާ ތިބަހާ ހުސްކުރަނީ މިނޫން ދުވަހެއް އޮތްކަން ގަބޫލު ނުކުރާތީތަ؟ ރައްޔިތުން ހާދަ ހާލެއްގައިއޭ އުޅެނީ. ތިމީހުންނަށް މިކިޔާއެއްޗެއް ވިސްނޭތަ؟
ވަހީދު
14 October 2019
އިބްރާއަށް 50 މިލިޔަން ރުފިޔާ އެހެން ބައެއް މީހުންނަށް 70 މިލިޔަން ރުރިޔާއިން މިނޫނަސް ބޮޑެތި އަދަދުން ބަދަލުގެ ގޮތުގައި ކަމަށް ހަދާފައި ރައްޔިތުންގެ ނަގުދު ފައިސާ ތިބަހާ ހުސްކުރަނީ މިނޫން ދުވަހެއް އޮތްކަން ގަބޫލު ނުކުރާތީތަ؟ ރައްޔިތުން ހާދަ ހާލެއްގައިއޭ އުޅެނީ. ތިމީހުންނަށް މިކިޔާއެއްޗެއް ވިސްނޭތަ؟
ކޮރަލް
14 October 2019
ބޮޑު އޮޅުވާލު މެކެވެ. މިނިވަނެއް ނުވާނެއެވެ. އެއޮޑިޓަރަށް ވެސް ފައިސާ ލިބުނީ އެވެ. ބޭނުން ވަނީ ސިއްރު ކުރާށެވެ.
ފޫހި
14 October 2019
އެބުނާ މިނިވަން އޯޑިޓް ފާމަކީ އިންޑިއާގެ ކޮންމެވެސް ކުންފުންޏެއް.
ދެރަ
14 October 2019
މިނިވަން އިޑިޓެއްނުހަދާތަ ބަދަލުދޭން ތިޔަ ލަފާދެނީ. ސުބްޙާނަ ﷲ.