ަރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ، އެސްއޭޕީއާ ބެހޭ ގޮޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. ފޮޓޯ: ހުސައިން ވަހީދު/މިހާރު
16 އޮކްޓޯބަރ 2019 - 20:19
އެންމެ ތަނަވަސްކަން ކުޑަ އާއިލާތަކުގެ މީހުން އެމީހުންގެ ނާޒުކު ހާލަތުން އަރައިގަނެވެންދެން ބޯހިޔާވަހިކަން ހިލޭ ދިނުން ވެސް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި އެބަ އޮތް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އޮފީސްތަކުން ބާއްވަމުން އަންނަ "ނުވަ ގަޑި" ސިލްސިލާގެ ތެރެއިން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ވިދާޅުވީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން މީހުންގެ ހާލަތަށް ރިއާޔަތްކޮށް، ހާލަތާ ގުޅޭ ހައްލުތަކެއް ހޯދައިދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މީހުންގެ ފަގީރު ހާލަތު ސަރުކާރުން ވަޒަން ކުރާނީ އދ. އިން އެކަމުގައި މިހާރު ގެންގުޅޭ އުސޫލާ އެއްގޮތަށް ކަމަށެވެ. އެއީ މީހުންނަށް ލިބޭ އާމްދަނީ އަށް އެކަނި ނުބަލައި އެހެން ގިނަ ކަންތައްތަކަށް ވެސް ބަލާ އުސޫލެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެންގެ ހަމަ އެއް ސިޔާސަތަކަށް އޮންނާނެ އެމީހަކު އެ ވަލްނަރަބުލް ހާލަތުން އަރައިގަނެވެން ދެން އެއްވެސް ފައިސާއެއް ނުދައްކާ ވެސް ވަކި މުއްދަތެއް ވަންދެން އެމީހުންނަށް ތިބެވޭނެ ކަހަލަ (ގޮތަކަށް ހަމަ ޖެއްސުން)" ޝައުނާ ވިދާޅުވި އެވެ. "އޭގެ މާނަޔަކީ ހަމަ އެކަނި ލިބޭ އާމްދަނީއަކުން ނޫނޭ ޑިފައިން ކުރަނީއަކީ އެ މީހާގެ ފަގީރުކަމުގެ ހާލަތު. ވަރަށް ގިނަ ކަންތައްތައް ވަދެގެންނޭ މީހެއްގެ ފަގީރުކަމުގެ ހާލަތު ޑިފައިން ކުރާނީ."
ރާއްޖޭގައި މީހުންގެ ހާލަތު ރަނަގަޅަށް ދެނެގަނެވޭ ސާވޭތަކެއް ކުރެވިފައި ނެތް ކަަމަށާއި ހާލަތު އެންމެ ރަނގަޅަށް ދެނެގަނެވޭނީ ގިނަ ކަންތައްތަކަށް ބަލައި މީހުންގެ ހާލަތު ވަޒަން ކުރުމުގެ ސާވޭއެއް "މަލްޓި ޑައިމެންޝަނަލް ޕަވަޓީ އިންޑެކްސް" ހެދުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ރާއްޖޭގައި އިންކަމް ޓެކްސް ނަަގަން ފެށުމުން، އެހީތެރިކަން ފޯރުކޮށްދިނުމުގައި ބަލަންވީ އާއިލާތައް ކޮންމެވެސް ވަރަކަށް އެނގިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ކުރިއަށް އޮތް ފަސް އަހަރު ދުވަަހުގެ ތެރޭގައި 20،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި ވަނީ ހިމަނައިފަ އެވެ. ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އަހުމަަދު ހަމްދާން ވިދާޅުވީ 20،000 އާއިލާ އަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ހުރިހާ މަޝްރޫއެއް ހިންގާނީ ދައުލަތުގެ ބަޖެޓުން ނޫން ކަމަށާއި އޭގެ ތެރޭގައި ސަރުކާރުން އިކުއިޓީ ދިނީމާ ފަހިދިރިއުޅުން ކޯޕަރޭޝަނުން ހައުސިން ޔުނިޓްތައް އަޅާ އުސޫލުން ކުރާ މަސައްކަތްތައް ވެސް ހިމެނޭނެ ކަމަށެވެ.
"މިސާލަކަށް ދެކުނުގައި އަޅާ 5،000 ހައުސިން ޔުނިޓްގެ މަޝްވަރާތައް އެ ދަނީ، އެއީ އެ މޮޑެލްގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.
ހަމްދާން ވިދާޅުވީ އެ އުސޫލުން އަޅާ ހައުސިން ޔުނިޓްތައް ވެސް ދޫކުރާނީ ސަބްސިޑައިޒްޑް އަގުތަކެއްގައި ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ގާތްގަނޑަކަށް މަހަކު 6،000ރ. ދައްކާ ގޮތަށް ހައުސިން ޔުނިޓް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގެންގުޅޭނެ އަނެއް އުސޫލަކީ އަމިއްލައަށް ގެދޮރު އަޅަން ބޭނުންވާ މީހުންނަށް ކުޑަ އިންޓަރެސްޓެއްގައި ލޯނު ދޫކޮށްގެން ގެދޮރު އެޅުމެވެ. ޝައުނާ ވިދާޅުވީ ގެދޮރު އަޅަން ލޯނު ދޫކުރާނީ ރިއަލް އެސްޓޭޓް ވިޔަފާރި ކުރަން ނޫން ކަމަށާއި ދިރިއުޅެން ގެއަޅަން ކަމަށެވެ.
އޭގެ އިތުރުން ރަށް ރަށުގައި ގެ ނޭޅި ހުރި ފަޅު ގޯތިތަކުގައި ސަރުކާރުން ގެ އަޅައިދިނުުމުގެ ސިޔާސަތެއް ވެސް އެ ބަ އޮތް ކަމަށް ޝައުނާ ވިދާޅުވި އެވެ.
"އެއް ގޮތަކީ ރާއްޖޭގެ ރަށްރަށުގައި އެބަހުރި ފަޅު ގޯތި. އެ ގޯތި ތަކުގައި މީހުން ދިރިއުޅޭނެ ހައުސިން ޔުނިޓްސް އަޅައިދިނުން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުު
18 October 2019
ދެންބުނޭ އެވަރު ތަނަވަސްކަން ކުޑަ އާއިލާއެއް ނެތޭ
ނާން
17 October 2019
20000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުންބާ އެޖެންޑާ 19ގައި އޮތޯ؟ :/
ހުސޭނުު
18 October 2019
ދެލޯފުޅާ އެޖެންޑާ 19 އަކި ސަރުކާރުގެ ވައުދު ލިސްޓެއް ނޫނޭ! އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގާނޫނުތައް ހެދުމުގެ މެނިފެސްޓޯ އަށް ބޭނުންކުރެވުނު ސްލޯގަނެކޭ!
ލީމް
17 October 2019
ތިކަމެއް މި 05 އަހަރު ނިމުމުގެ ކުރިން ވާނެބާ؟
ވާލުސޮރު
17 October 2019
ޝައުނާމެން މިގޮތަށް ފޮނިކަނޑާފަ ސޯސަލް މީޑިއާގަ ތިބެނީ ސަރުކާރަށް ފާޑުކިޔާ އެމްޑީޕީގެ ޖޮބްލެސް އެކްޓިވިސްޓުންނާ އެކީ އަނގަތަޅަން. މިކަމުގަ ދެވަޒީފާގެ ވެރިޔާ އައިލެންޑު އޭވިއޭޝަންގެ ޖެނީވެސް މިއީ އެންމެ ނަގާކިޔާ އެކަކު. މިމީހުންގެ ސޯސަލް މީޑިއާ ބަލާލީމަ ހީވަނީ ރައީސްއަށް ޖެއްސުންކުރަން ސަރުކާރު ބަލިކަށިކުރަން އުޅޭ ބައެކޭ. ޕްރެސްކޮންފަރެންސް ތަކާ ދަތުރުތަކުގަ މިމީހުންގެ ދެއްކުންތެރިކަން ފެންނަނީ
އިނގެންވާނެއޭ
17 October 2019
ތަނަވަސްކަން ކުޑަ އާއިލާތަކަށް ހިލޭ ވެސް ބޯހިޔާވަހިކަން ދޭނެ ކަމަށް ސަރުކާރުން ބުނުމަކީ އެއީ ވަރަށް ދެކޮޅު ނުޖެހޭނެ ކަމެކޭ މިރާއްޖޭގެ ހުރިހާ ދިވެހި ރައްޔިތުންނަކީ އެއީ އެއްވަރަށް ޓެކްސް ދައްކާ މީހުންނޭ އަދި ވަކިން ޚާއްސަ ކޮށް ވިޔަފާރި ވެރިން ނަކީ ރިސްކް ނަގައިގެން ވިޔަފާރި ކުރާ މީހުން ކަމަށްވާއިރު އެމީހުން ނަށް ޖެހޭނެއޭ ހިލޭ ގޯތި ދޭން ހުޅުމާލޭން ނުވަތަ މާލެ ސަރަހައްދުން ވިޔަފާރި ކުރުމަށް ޓަކައި އެއީ ކަށަވަރު ކުރަން ޖެހޭނެ ކަމެއް ކަން ތަމެންނަށް
ޝޮކްތެރަޕީ
17 October 2019
މިސަރުކާރު ނިމޭއިރު ރާއްޖޭގަ ބިންކޮޅެ ނުހުންނާނެ. މުސްތަގްބޮލަ ބަލާބައެއްނުންމީ.
އަސްތާ
17 October 2019
ދީން ވިއްކާލީމާ ބަދަލުގެ ގޮތުގައި އަނދިރި ދައުލަތަށް ފަންޑު ކުރާ ފަރާތްތަކުން ގަނެދޭނެ ފްލެޓްވެސް. ނިކަން ބަލަން ތިބެމާ
ގުޑިހަސަނު
17 October 2019
ވެރިކަމަށް އަންނަން ކޭންޕޭންކުރަމުން ގެންދިޔައީ ކޮންމެ ގެއަކީ އާމްދަނީ ލިބޭނެ ޓުވަރިސްޓުންނަށް ރޫމް ކުއްޔަށްދީގެން ޑޮލަރު ވަންނާނެ ގެޔަކަށް ހަދާދޭނަމޯ ކިޔަމުން. ކޮންމެ އާއިލާއަކަށްވެސް ގޯތިތެރޭގައި އާމްދަނީ ލިބޭނެ ކަންކަން ކުރެވޭނެމަގު ހަމަޖައްސާދޭނަމޯ ކިޔަމުން. ގައުމު ހިންގާނީ ލާމަރުކަޒީ އުސޫލުންނޭ ކިޔަމުން، މާލޭ ސަރުކާރަކަށް މާލޭ ހުންނަ އޮފީހެއްގައި ހުންނަ މާލޭ ބޭފުޅަކަށް އަތޮޅުތަކުގެ ރައްޔިތުންގެ ކަންކަން ނޭގޭނޭކިޔަމުން. މިހާރު ކިހިނެތްމިވަނީ
ރަށުމީހާ
17 October 2019
ނާސޭހަތައް ބުނެލަން މީހަކުދެކެ ރުޅި އަޔަސް ވެރިއަކައް ހުރީ އަންނީތާ ތީތަންކޮޅެއް ބޮޑުވަރު. ގަމާރުވީމާ ވާނީ މިހެން.
އަސްތާ
17 October 2019
ވެރިކަމުގަ ހުރެދާނެ ކަންކަން ކޮންޓްރޯލް ކުރަން ނުދަންނަ މީހަކުވެސް. ހަގީގަތް ހަޖަމް ކުރޭ
އަހުމަދުއަލޯ
17 October 2019
ބަލައްޗޭ މާލޭ ނޫން ތަނަކުން ތިޔަ ތަންވަސްކަން ނެތް އާއިލާތައް ފެނޭތޯ!