ޚަބަރު / ރުއްގަސްނެގުން

ބާރަށުން ރުއްގަސް ނެގީ ހުއްދަ ނުދެނީސްކަން އެނގުމުން މައްސަލަ ބަލަނީ

ބާރަށު ހޭޅިފަށުން ގަސް ކަނޑާފައި: އެރަށުން ރުއްގަސް ނެގި މައްސަލަ އީޕީއޭން އަންނަނީ ބަލަމުން--

ބާރަށުން ގިނަ އަދަދެއްގެ ރުއްގަސް ނެގީ ދެ ޕްރޮޖެކްޓެއްގެ ބޭނުމަށް، ހުއްދަ ހޯދައިގެން ކަމަށް ކުރިން ބުނި ނަމަވެސް އެ ޕްރޮޖެކްޓްތަކަށް ހުއްދަ ނުދޭކަން އެނގި، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މައްސަލަ ބަލަން ފަށައިފި އެވެ.

ބާރަށުން ގިނަ އަދަދެއްގެ ރުއް ނަގައި ރިސޯޓަކަށް ގެންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި މިހާރު އެރަށު ހޭޅިފަށުން ވެސް ވަނީ ގިނަ އަދަދެއްގެ ގަސް ކަނޑައިފަ އެވެ. ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން ވަނީ މިމަހު ކުރީކޮޅު ވެސް އެކަން އީޕީއޭގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

3 Rashakah resort akah gina adhadhakah ruh beyrukoffi

3 Rashakah resort akah gina adhadhakah ruh beyrukoffi

The most trusted news source in the Maldives

Mihaaru

އުތުރުގެ ތިން ރަށަކުން ރުއްގަސް ނެގުން---

އެކަމާ ގުޅޭގޮތުން އޭރު އީޕީއޭން ބުނީ ބާރަށުން ރުއްގަސް ނަގަނީ އީއައިއޭ ހަދައި، ގަވައިދާ އެއްގޮތަށް ކަމަށެވެ. އެ ރަށުން ރުއްގަސް ނަގަން ހުއްދަ ދިނީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށް އޭރު އީޕީއޭ އިން ބުންޏެވެ.

ނަމަވެސް އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓަ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ އެ ޕްރޮޖެކްޓްތައް ހިންގުމުގެ ހުއްދަ ބާރަށު ކައުންސިލަށް ނުދޭ ކަމަށް ޕްލޭނިން މިނިސްޓްރީން މިހާރު އަންގާފައިވާ ކަމަށެވެ. އެހެންވެ އެކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބާރަށު ހޭޅިފަށުން ގަސް ކަނޑަނީ: އެރަށުން ރުއްގަސް ނެގި މައްސަލަ އީޕީއޭ އިން އަންނަނީ ބަލަމުން--

"ޕްލޭނިން މިނިސްޓްރީން ހުއްދަ ދިނީމަ އެ ކައުންސިލަށް އެކަން ކުރެވޭނީ. ޕްލޭނިން އިން އެބަ ބުނޭ ހުއްދައެއް ނުދެމޭ. އެހެންވެ އަޅުގަނޑުމެން ވާނީ އެ ކައުންސިލުން ޖަވާބުދާރީވާން އަންގާފައި،" އިބްރާހިމް ވިދާޅުވި އެވެ.

ބާރަށުގައި ނަރުދަމާ އާއި ހައުންސިން ޕްރޮޖެކްޓެއް ހިންގުމަށް 2016 އާއި 2017 ގައި ހަދާފައިވާ އީއައިއޭ ބުނާގޮތުން އެ ރަށުން 700 އަށް ވުރެ ގިނަ ރުއްގަސް ނަގަން ޖެހެ އެވެ. އެ މަސައްކަތް ކުރާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެތައް ސަތޭކަ ރުކެއް ނަގައި އެ ރަށުން މިހާރު ވަނީ ބޭރުކޮށްފަ އެވެ.

ބާރަށު ކައުންސިލްގެ ރައީސް އާސިފް އަބްދުﷲ ވިދާޅުވީ މަސައްކަތްތައް ކުރަނީ ސަރުކާރުން ހަމަޖައްސާފައިވާ ކޮންޓެކްޓަރު ކަމަށެވެ. އީއައިއޭގެ ބޭރުން އެއްވެސް ރުއްގަހެއް ނުނަގާ ކަމަށާއި މިއަދުގެ ވަގުތެއްގައި އީޕީއޭ އަށް ޖަވާބުދާރީވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންޓެކްޓަރު އައިސް މަސައްކަތެއް ނުކުރާނެ ދެއްތޯ ސަރުކާރުން ހުއްދަ ނުދެނީހެނެއް. އެ މީހުން މަސައްކަތް ކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ މިހާރު ވެސް،" އާސިފް ވިދާޅުވި އެވެ.

ބާރަށު ހޭޅިފަށުން ގަސް ކަނޑާފައި.

ކައުންސިލްގެ ޖަވާބާ ގުޅޭގޮތުން އީޕީއޭއާ ސުވާލުކުރުމުން އިބްރާހިމް ވިދާޅުވީ އެކަމާ މެދު އެއްޗެއް ދަންނަވަން އެނގޭނީ ބާރަށު ކައުންސިލުން ޖަވާބު ދިނީމާ ކަމަށެވެ.

ރަށްރަށުން ރުއް ނެގުން އިތުރުވަމުން ދާތީ، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރިސޯޓްތަކަށް ރުއް ވިއްކަން ބޭނުންވެގެން އެކި ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ކައުންސިލްތަކުން އެކަން ކުރާ ކަމަށް ވެސް އެ މީހުން ތުހުމަތު ކުރެ އެވެ.

ރިސޯޓްތަކަށް ފެހި ކުރުމަށް ރަށްތަކުން ރުއް ކަނޑައިގެންނާއި އުފުރާލައިގެން ގެންދިއުމަކީ ފަހަކަށް އައިސް ވަރަށް އާންމު ކަމެކެވެ. ގިނަ ރަށްތަކަކުން އެތައް ސަތޭކަ ރުކެއް ވަނީ ގެންގޮސްފަ އެވެ. އެކަން ހުއްޓުވުމަށް ރުއް ގަސް ނަގައިގެން ގެންދިއުމާ ބެހޭ ގަވައިދަށް އިސްލާހު ގެނައުމަށް މި ސަރުކާރުން ނިންމި އެވެ. ނަމަވެސް އެކަމަށް އާންމުންގެ ހިޔާލު ހޯދިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ގަވައިދު އަދިވެސް ނުނިމެ އެވެ.

4 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު

17 October 2019

ޢަތޮޅު ތެރޭގެ ރަށަކުން އެ ރަށުގެ ރަޢްޔިތުން އެދިގެން ރުއްގަސް ކަނޑާ ނެގުމަކީ ވަރަށް ބޮޑު ކުށެއް ، މާލޭގެ މަގެއް ހަދަން ބައިވަރު ގަސް ކަނޑާ ނެގިއަސް އޯކޭ ، ބާރަށުގެ ހޭޅި ފަށުން އެއްވެސް ގަހެއް ނުކަނޑާ ، ހޭޅިއާ 100 ފޫޓް ދުރުން މަގެއް ހަދަނީ ، ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ، ރަށްރަށުގެ ތަރައްޤީ އަށް ހުރަސް ނާޅުއްވާ

The name is already taken The name is available. Register?

ވަގު ކަދުރު

17 October 2019

ކޮބައިތޯ ޅ މަޑިވަރު ދޮވެސާފުކުރިމީހުން!!!!!!!.

The name is already taken The name is available. Register?

ޓްރީ ގްރޫޕް

17 October 2019

ތިޔައީ މިސަރުކާރުން ރާވައިގެން ހިންގާ ޖަރީމާއެއް ކޮބާ އެއްކަލަ ތިމާވަށި ގްރޫޕް ކޮބާ އެއްލަ ޓްރީ ގްރޫޕް މިހުރިހާ ކަމެއްގައިވެސް ސޯސަލް މީޑިއާގައި އެތިވަރުގޮވީ މިސަރުކާރުގެ އެކްޓިވިސްޓް ގްރޫޕްތަކުން މިއަދު މިއިން އެއްވެސް ގުރޫޕެއް ވީތަނެއް ނޭގޭ

The name is already taken The name is available. Register?

ބުރާސްފަތި

17 October 2019

ބަލަ އަހަރުމެން #SaveBaarah ގޮވާތާ ކޮން ޒަމާނެއް؟ކަލޯ ހުރީ ހޭބަލިވެފައި ކަމަށް ވީނަމަވެސް އަހަރެމެންނަށް ކުރެވުނުހާ ކަމެއް އަހަރެމެން ކުރާނެކަން ކަށަވަރު. ކާމިޔާބު ދެއްވާނީ ﷲ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454