އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވަނީ. ފޮޓޯ: ސޯޝަލް މީޑިއާ( ސިމްވާރް)
17 އޮކްޓޯބަރ 2019 - 23:12
އެމްޑީޕީއަކީ ލާދީނީ ޕާޓީއެއް ކަމަށް ގަބޫލު ނުކުރަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ މެމްބަރުންނަށް ގޮވާލައްވައިފި އެވެ.
އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް ވުރެ ވަކި ރަނގަޅަށް އުޅޭ ބަޔަކު ރާއްޖޭގައި ނެތް ކަމަށެވެ. އެމްޑީޕީ އަކީ ލާދީނީ ބައެއް ކަމަށް ގަބޫލު ނުކުރަން ގޮވާލައްވައި ވާހަކަފުޅު ދެއްކެވުމުގެ ކުރިން އެ އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތީ ޕާޓީ އަށް މާ ފަސޭހަ ދުވަސްތަކަކަށް ނުވެެދާނެ ކަމަށެވެ.
"ކުރިއަށް މިއޮތް ދުވަސްތަކަކީ އަޅުގަނޑުމެންނަށް އުނދަގޫ ދުވަސްތަކަކަށް ވެދާނެ. އަޅުގަނޑަށް ފެންނަ ގޮތުގައި މާ ފަސޭހަ ދުވަސްތަކަށް ނުވާނެ އަޅުގަނޑުމެންނަށް. އަޅުގަނޑުމެންނަކީ އިނގޭތޯ އެއްވެސް ހާލެއްގައި ލާދީނީ ޕާޓީއެއް ކަމަށް ލާދީނީ ބައެއް ކަމަށް ތީގެ އެއްވެސް ބޭފުޅަކު ގަބޫލުކުރައްވައިގެނެއް ނުވާނެ." ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއާ ވާދައަށް އެހެން ޕާޓީތަކުން ދައްކަމުންދާ ވާހަކަ އަށް ޕާޓީގެ މެމްބަރުން އަޅައިލަން ނުޖެހޭ ކަމަށާއި ޕާޓީގެ ކަންތައްތައް "ސޯލިހު ގޮތުގައި" ކުރަމުން ގެންދިޔައިމަ އެ ނިމުނީ ކަމަށެވެ. އެމްޑީޕީގެ މަސައްކަތަކީ ތަރައްގީގެ މަސައްކަތެއް ކަމަށާއި ބަލަންވީ އެންމެންނަށް ވަޒީފާ ހޯދައިދެވޭތޯ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެމްޑީޕީގެ މެމްބަރުންނާ އެއްވަރަށް މިސްކިތަށް ނަމާދަށް އަރާ ބައެއް، އަދި ރޯދާ ހިފާ ބައެއް ވެސް ރާއްޖޭގައި ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކެނީ އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެނަށް ކޮށްދެވޭނެ. ވަޒީފާއެއް ވެސް އިރާދަކުރެއްވިއްޔާ ހޯދައިދެވޭނެ. އަދި އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަމެއް ވެސް އަޅުގަނޑުމެނަށް ހޯދައިދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވި ބައްދަލުވުމުގައި ނަޝީދު އެދިވަޑައިގެންނެވީ އެ ޕާޓީގެ ރައީސަކު ހޮވަން ބާއްްވާ އިންތިހާބުގައި އެމަނިކުފާނަށް ތާއީދު ކޮށްދިނުމަށެވެ.
އެމްޑީޕީއަކީ ލާދީނީ ޕާޓީއެއް ކަމަށް ގަބޫލު ނުކުރަން ނަޝީދު ގޮވާލައްވާފައި މިވަނީ މޯލްޑިވިސް ޑިމޮކްރަސީ ނެޓްވޯކް ( އެމްޑީއެން) އިން ނެރުނު ރިޕޯޓެެއްގައި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކުރުމުން ސަރުކާރުން އަމަލުކުރަމުންދާ ގޮތާ ގުޅުވައިގެން އިލްމުވެރިންނާއި އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ދާ ވަގުތެއްގަ އެވެ.
"ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. އޭގައި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިއެފައިވެ އެވެ.
އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓު ލިޔުނު މައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި ބަލާނެ ކަމަށް މި ސަރުކާރުގެ ކަމާ ގުޅޭ އިސްވެރިން ވިދާޅުވިޔަސް އެ ލިޔުނު އެއްވެސް މީހަކު ރާއްޖެ އަކު ނެތެވެ. ރިޕޯޓުގެ މައްސަލަ ބޮޑުވި އިރު، އެމްޑީއެންގައި އިސްކޮށް އުޅުއްވި ޝަހިންދާ އިސްމާއިލް ހުންނެވީ ޖަރުމަނުގަ އެވެ. އެ ޖަމިއްޔާގައި، މި ރިޕޯޓް ލިއުމުގައި ދެން އުޅުނު ބައެއް މީހުން ވެސް މިހާރު ރާއްޖޭގައި ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮންސި
19 October 2019
ލާދީނީ އެއް ނޫނޭ ވިދާޅުވަން މަނިކުފާނު ތީ ކޮނ ބެފުޅެއްތޯއެވެ. ދާދި މިދާކަށް ދުވަހު ޑެންމާކުގަ މިކުޅިގަނޑު އިފްތިތާހުކޮށްދެއްވީ ކޮން ބޭފުޅެއްތޯއެވެ.
ކާސިމު
19 October 2019
ލާ ދީނީއެއްނޫން.. ދީނެއް ނެތިއްޔާ ލާ ދީނެއް ނުވާނެތާ ދޯ.
ބުއްޅަބޭ
19 October 2019
ދެން ކީއްވެތީ ތިޕާރޓީގެ ގައުމީ ކައުންސިލުން ތިނިންމީ ދީނާދެ ކޮޅު ރިޕޯރޓް ދިފާއު ކުރަން؟
އަބްދުއްالله
19 October 2019
ޕާޓީގެ ކަންތައްތައް "ސޯލިހު ގޮތުގައި" ކުރެވޭނެ. ރައީސުއަކަށް ހުރީވެސް ހަމަ ސޯލިހު.
އަބްދުއްالله
19 October 2019
މޑޕ ގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު. ތިންތިން ފަށްކުރީ.
ތިޔައީވާހަމަތެދެއް
19 October 2019
އެމްޑީޕީއަކީ ލާދީނީ ބައިގަނޑެއް ކަމަށް ނުވެވެސް ފަހަރެއްގަ ހިނގައިދާނެ. އެކަމަކު އަންނި އެކިތަންތާނގަ އެކި ފަހަރު ދައްކާފަ ހުރި ވާހަކަތަކަށާއި މިހާރުވެސް ދައްކަމުން އެހެރަ ގެންދާ ވާހަކަތަކުގެ މައްޗަށް ބިނާކުރާއިރު ލާދީނީއޭ ނޫނިއްްޔާ ދެން ކިޔާނެ ބަހެއް ޖެހޭނީ އުފައްދަން.
އަސަދު
19 October 2019
މި އެމްޑީޕީ އަށް ވެރިކަން ލިބިއްޖެއްޔާ އަބަދުވެސް ހާލަކީ މީ. 2008 ގައި ރަސޫލާގެ އަނބިކަބަލުން އައިޝަތުގެ ފާނަށް ޖެއްސުންކުރީ, މިފަހަރު ބޮޑު އަޢުލަބިއްޔަތު ލިބުނީމާ ތިމާ އާއި އަދި ތިމާގެ ވަށައިގެންވާ ހުރިހާތަކެއްޗެއް އުފެއްދެވި ﷲ އާއި އަދި ތެދުމަގު ދެއްކެވުމަށް ޚިޔާރުކުރެއްވި ރަސޫލާ އަށް ފުރައްސާރަކުރަނީ. މި ޕާޓީން ދެން ކޮންމެފަދަ ދުނިޔެވީ މޮޅުވާހަކަދެއްކިޔަސް މަށެއް ދުވަހަކުވެސް ވޯޓެއްނުދޭނަން. ހެޔޮ ދެން ޑީއާރޕީ އަޔަސް
ހަމަވިސްނުން
19 October 2019
ވެރިކަމުގައި މިއޮތީ އެމް.ޑީ.ޕީ އެކަންޏެއްނޫން.. މިނިސްޓަރުންނާ އެހެނިހެން ސަރުކާރުގެ ބާރުގަދަ މަގާމުތައް ވަނީ ބަހާލާފައި.. ގާސިމު ކީއްވެ ޒިންމާނަގަން ނުޖެހެނީ .. ޖުމްހޫރި ޕާޓީގެ ިނިސްޓަރުންނާ އެފެންވަރުގެ ކިތައް މަގާމު؟؟؟؟ ހުރިހާ މުސާރަޔާ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރޭ! އެކަމަކު ކަމެއް ވެއްޖިއްޔާ ބޮލުގަ އަޅުވަނީ އެމްޑީޕީ ގެ .. ނޮޓް ފެއަރ ދޯ މީތި..ގާސިމު ކީއްވެ އިދިކޮޅު ހަރަކާތް ހިންގުމުގައި ބިޒީކޮށް ތިއުޅެނީ ..
އިސްހާގު
19 October 2019
ދިވެހިންގެ ބަހަކީ ދިވެހި ބަސް. ދިވެހިންނަކީ އެހެން އިންސާނުންނެކޭ އެއްފަދައިން ﷲ އުފެއްދެވި އިންސާނުން. ނަސާރާދީނަށް ނިސްބަތްވާ މުޅިދުނިޔޭގެ މަޝްހޫރު ޕްރޮފެސަރ ކީތް އެލްމޯ ވިދާޅުވަނީ ޤުރުއާނަކީ ﷲ ގެ ރަސޫލާއަށް . މީސްތަކުންނަށްޓަކައި ﷲ ގެ މަލާއިކަތާ ޖިބްރީލް މެދުވެރިކޮށް ބާވައިލެއްވި ފޮތެއްކަން. އަދި އެފޮތަށް މުޅި ދުނިޔެ ތަބާވެއްޖެނަމަ އުފާވެރި ދުނިޔެއަކަށް , ދުނިޔެ ބަދަލުވާނެކަމަށް. ދެން ރަސޫލާގެ އިސްރާ މިއުރާޖްގެ ވާހަކަ ފޮތުގައި އޮވެ އަދި މޫސާގެފާނުގެ އަސާކޮޅު ހަރުފަޔަކަށް ބަދަލުވިގޮތް އޮވެ އެކަން ސައިންޓިފިކަލީ ހޯދާކަށްވެސްނުޖެހޭ. އިންސާނާގ ސައިޒަކީ 2 2 އެއްކުރަމުންގޮސް މުޅިދުނިޔޭގައި ހުރި ހުރިހާކަރުދާސް ހުސްވެ އަދި ދެލި ހުސްވިޔަސް އީކުއޭޝަން ނުނިމޭނެ
އިންސާފް
18 October 2019
އެމް.ޑީ.ޕީ މެންބަރުން ލާދީނީ ވާހަކަ އެއް ނުދައްކާ ދިވެހި ރައްޔިތުންނެއް. ނަމަވެސް ނަޝީދު އެއީ މުސްލިމެއްކަމާއި މެދު ޝައްކުވާ މިންވަރަށް އިސްލާމް ދީނާއި ދެކޮޅަށް ވާހަކަ ދައްކަމުން އެދަނީ އަދި ﷲ ގެ ރަސޫލާ އަމަލުފުޅު ތަކަށް ހަޖޫޖެހި ބައިގަނޑަށް ތާއީދު ކޮށް ދިފާއު ކުރަމުން އެދަނީ. ﷲ މިފަދަ ނުބައި ފާސިޤުންގެ ކިބައިން ދިވެހި ޤައުމާ ރައްޔިތުން ސަލާމަތް ކުރައްވާނދޭ.
އިން ދަ ސަރފް
19 October 2019
އާމީން
ހުސޭނު
18 October 2019
އެމްޑީޕީއާއި މެމްބަރުންގެ ކިބައިން ލާދީނީ ލައްގަނޑު ނައްޓާލުމަށް އެއްފަރާތައް ޖެހިލަންވީ ނޫންތޯ. އެމްޑީޕީއާއި މެމްބަރުންނަށް ނަސީދަށް ކޮއްދެވޭނެ އެންމެ ރަނގަޅު އަދި އެމްޑީޕީއަށް އެންމެ ފައިދާ ހުރި ކަމަކީ އެއީ. ވާނެބާ?