ހެލްތު މިނިސްޓަރު އަމީން މިއަދު ވިނަވި އެޕްލިކޭޝަން އިފްތިތާހު ކުރުމަށް ލ. ގަމުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހެލްތު މިނިސްޓްރީ
20 އޮކްޓޯބަރ 2019 - 16:06
ރާއްޖޭގެ ހުރިހާ ރަށެއްގައި "ވިނަވި" އެޕްލިކޭޝަން ބޭނުން ކުރަން ފެށުމަކީ ސިއްހީ ހިދުމަތަށް ލިބުނު ބޮޑު އާރޯކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
"ވިނަވި" އެޕްލިކޭޝަން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތައާރަފް ކުރުމުގެ ގޮތުން ލ. ގަމުގައި ބޭއްވި ޖަލްސާގައި އަމީން ވިދާޅުވީ އެޕްލިކޭޝަން ތައާރަފް ކުރުމަކީ ސިއްހީ މައުލޫމާތުގެ ބާރުވެރިކަން، ހިދުމަތް ލިބިގަންނަ މީހުންނަށް ލިބުނު ވަރަށް ވަރުގަދަ ތަޅުދަނޑިއެއް ކަމަށެވެ.
ޑޮކްޓަރު ދޭ ފަރުވާ އާއި ބޭހާއި އެ ނޫން ގޮތް ގޮތުން ހޯދާ ސިއްހީ ހިދުމަތްތަކާ ބެހޭ އެންމެހައި މައުލޫމާތެއް ވިނަވި އެޕްލިކޭޝަން ގައި ވަގުތުން ވަގުތަށް ރައްކާ ކުރެވޭނެ ކަމަށް އަމީން ވިދާޅުވި އެވެ. އަދި މައުލޫމާތުތަކުގެ މައްޗަށް ޕޮލިސީ ލެވެލްގައި ކަންކަން ނިންމަން މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު އަމީން މިއަދު ލ. ގަމަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން އޭނާ އަށް ހޫނު މަރުހަބާ އެއް ދަންނަވަނީ. --- ފޮޓޯ: ހެލްތު މިނިސްޓްރީ
މީގެ އިތުރުން، ޑޮކްޓަރުންގެ ފަރުވާ އާއި ދޭ ބޭހާ ދޭތެރޭ، އުފެދޭ ސުވާލުތަކަށް ވެސް ޖަވާބުދާރީވުމަށް ވަރަށް ބޮޑަށް މަގުފަހިވާނެ ކަމަށް އަމީން ވިދާޅުވި އެވެ. ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް މި އެޕްލިކޭޝަންގެ ބޭނުން ހިފޭނެ ކަމަށް އަމީން ވިދާޅުވި އެވެ.
"މިއީ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާ ދޭތެރޭގައި އޮންނަ ގުޅުމާއި ހަރަދުތައް ދެނެގަތުމާއި ހާމަކަން ބޮޑު ގޮތެއްގައި ސިއްހީ މައުލޫމާތުތައް ރައްކާ ކުރެވުމާއި އެ މައުލޫމާތުގެ ބޭނުން ހިފުމަށް އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ފުރުސަތު،" އަމީން ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު އަމީން މިއަދު ވިނަވި އެޕްލިކޭޝަން ތައާރަފްކޮށް ދެއްވަނީ. --- ފޮޓޯ: ހެލްތު މިނިސްޓްރީ
އަމީން ވިދާޅުވީ ސިއްހީ ދާއިރާގެ ހުރިހާ ތަނެއްގައި އިންވެންޓްރީ މެނޭޖްމަންޓް ގާއިމުކޮށް މިހާރު މެނުއަލްކޮށް ކުރާ ހުރިހާ މަސައްކަތެއް ސޮފްޓްވެއާ މެދުވެރިކޮށް ކުރެވޭ ގޮތަށް ބަދަލު ކުރެވޭނެ ކަމަށެވެ. އަދި އެ ސިސްޓަމް ގާއިމު ކުރުމުގެ ބޮޑު ބައި ނިމިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ހުރިހާ ރަށެއްގައި ސޮފްޓްވެއާ ބޭނުން ކުރަން ފަށާނެ،" އަމީން ވިދާޅުވި އެވެ.
އޭރުން އަމީން ވިދާޅުވި ގޮތުގައި ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ ސާމާނާއި ވަސީލަތާއި ބޭހާއި މި ނޫން ވެސް ސާމާނު ގެންގުޅުމަށް މިހާރު ގެންގުޅޭ މެނުއަލް ނިޒާމް އެއްކޮށް ދޫކޮށް، ސޮފްޓްވެއާ އަށް ބަދަލުވާނެ އެވެ. އެކަމުގެ ސަބަބުން މަސައްކަތް އަވަސްވެ، ހަރަދު ކުޑަވެ، މުވައްޒަފުންނަށް އެތައް ގޮތަކުން މަސައްކަތް ކުރަން ފަސޭހަ ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި (ކ) ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް. --- ފޮޓޯ: ހެލްތު މިނިސްޓްރީ
ވިނަވި އެޕްލިކޭޝަނަކީ އާސަންދަ ސްކީމުގެ ދަށުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ލުއި ފަސޭހަތަކެއް ގާއިމުކޮށްދީ، ހިދުމަތް ދިނުމުގައި ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ހިދުމަތް ކުރިއަށް ގެންދިއުމަށް ހެދި އެޕްލިކޭޝަނެކެވެ.
އަމީން ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު އެއް ވިއުގައަކުން ގުޅާ ނުލެވޭ ނަމަ، ސިއްހީ ހިދުމަތުގެ ތެރެއިން އަންނަންވީ ޒަމާނީ ވަސީލަތްތައް ފުރިހަމަ ގޮތުގައި ނާންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލާލާ
21 October 2019
މީ ކިތައްފަހަރު ލޯންޗް ކުރާ ކުނިގަންޑެއްތަ؟
ބަތޮލް
21 October 2019
ކްރިއޭޓިވް އެއްވެސް ކަމެއް ނުކުރެވޭ. ކުރާކަމަކީ ނޫހައްއްރުވަނީ ކޮންމެކަމެއްވެސް. ތިމާކަންކުރާކަން ދައްކަން. ނިކަން އަތޮޅުތަކުން އޮޕަރޭޝަން ތައްކުރެވޭގޮތް ހަދާބަލަ މޮޅިއްޔާ
ވިނަވި
20 October 2019
ސޮފްޓްވެއާ އައިފަހުން މާ އުނދަގޫ ބޮޑު.. މި ބޭނުން ކުރާބަޔަކަށް އެނގޭނީ މީގަ ހުރި ފޫނުބެދޭ ކަންކަން ގިނަކަން.. އިރު އިރުކޮޅުން މުޅި ޕޯޓަލް ސްޓަކުވެފަ ބަލިމީހުން ބޭސް ނުނެގިފަ އެބަ ތިބެންޖެހޭ
ނޭނގެންޏާ އަނގަނުލާ
20 October 2019
ތީ އަލަށް ފެށި ކަމެއް ނޫން. ތި ޕޯރޓަލް "ވިނަވި ޕޯރޓަލް" އަހަރުމެން މިރަށުގެ ޞިއްޙީމަރުކަޒުގައި ބޭނުންކުރާތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ! ބޭނުންކުރާ ބަޔަކަށްތާ އެނގޭނީ. ކްރެޑިޓް ހޯދަން ބޮޑު ރަސްމިއްޔާތެއް ބާއްވައިގެން ތިކަން ކުރިޔަސް ތީ އާ ކަމެއް ނޫން!
ބީޓާ
21 October 2019
ބީޓާ ޓެސްޓިންގަ ބޭނުންކުރުމަކުން ރަސްމީކޮށް ބޭނުންކުރިކަމަކަށް ނުވާނެ
މުޖާހިދު
20 October 2019
ހަމަ ގަދަ ވަޒީރަކީ. އޭރުވެސް މިހާރުވެސް، ލިބުނު ކޮންމެ ޕްލެޓްފޯމެއްގައިވެސް
ރާއަތޮޅު
20 October 2019
ޝުކުރިއްޔާ. އަދި އަޅުގަނޑު އެދެން ރާއްޖޭގެ ހުރިހާ އިދާރާތަކެއްގެ ކަންކަން އެއް ވިއުގައަކުން ކުރެވޭނެ އިންތިޒާމު ހެދުން. މިސާލަކަށް ފިނޭންސްގެ ސެޕްއާއި، މިލިޔުމުގައިވާ ވިނަވި ފަދައިން.
ޝޮކްތެރަޕީ
20 October 2019
މަށަކަ ނުފެނޭ މިސަރުކާރުގެ މޮޅޮކަމެ. ކުރީސަރުކާރުގެ ވިސްނުން މިފެންނަނީ.
އަޝްރަފް އަބްދުﷲ
20 October 2019
އެންމެ މަދުން ސޯޝަލް މީޑިޔާގައި އަމިއްލައަށް މެޑަލް ޖައްސަވާ، އެހެނަސް އެންމެ ގިނަ ކަންތައްތައް ކޮށްދެއްވަމުން ގެންދަވާ، އެންމެ ޕާފޮމަންސް ރަނގަޅު ވަޒީރު. ތި ކުޅަދާނަކަމަށް ހަމަ ސާބަސްދެން
ނަސީމް
20 October 2019
އަންތަރީސްވެއްޖެ މިއޮއްހުރުހާދުވަހު ކީއްބާ މިކުރީ. އަމީން ކަލޭމެން ކުދިންނަށް ޝުކުރު ހައްގު.
ޖީމު
20 October 2019
މީގެ އެތަކެއް އަހަރުކުރިން ތަރަށްޤީ ކުރަމުން އައި ސްފްޓްވެއަރ އެއް އަމީން ކުރެޑި ދާމާގަންނަން ތިކުރާ މަސައްކަތަކީ ހަމަ ނާޖާއިޒު ފައިދާ ހޯދުން އަމީން އަކި ކޮރަޕް މީހެއް
ބާކުކުޅު
20 October 2019
މިހާރު ތި ލަވަ ބާ ވެެއްޖެ، ހުސް އާ ކަންތައްތައް އަމީން ކުރަމުންދާތަން ލޮލުން ފެނި އަތުން މި ހިފެނީ