ޝަހީމް: މަޖިލީހުން އޭނާގެ މައްސަލަ ބަލަން މެމްބަރު އާޒިމް ހުށަހެޅުއްވުމަކީ ބިރު ދެއްކުމުގެ ގޮތުގައި ސިފަކުރެއްވި. --ފޮޓޯ/މިހާރު
21 އޮކްޓޯބަރ 2019 - 11:15
ރައްޔިތުންގެ މަޖިލީހުން މީހުންނަށް ބިރު ދައްކަން އުޅޭނެ ކަމެއް ނެތް ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
އޯއައިސީގެ މަގާމެއް ފުރުއްވަމުން ގެންދަވާ ޝަހީމް ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހި ފާޑުވިދާޅުވަމުން ގެންދިއުން މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ވަނީ ހުށަހަޅުއްވައިފަ އެވެ. އެކި ކަންކަމަށް ޝަހީމް ފާޑުވިދާޅުވަނީ ކޮން ހައިސިއްޔަތަކުންތޯ ބަލައިދެއްވަން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީ ފޮނުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.
މަޖިލީހުން އޭނާގެ މައްސަލަ ބެލުމުގެ މަގްސަދަކީ ކޮބައިތޯ ޝަހީމް ވަނީ ސުވާލު އުފައްދަވައިފަ އެވެ.
"ކޮންމެ މަގާމެއްގައި ހުއްޓަސް އެމީހެއްގެ އަމިއްލަ ހައިސިއްޔަތުން ދައްކަން ޖެހޭ ވާހަކަ ދެއްކޭނެ،" ޝަހީމް ފޭސްބުކްގައި ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރައްވާ ގޮތުގައި މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓަށް ފާޑުވިދާޅުވަމުން ގެންދަވާތީ އެވެ. އެ ރިޕޯޓް ކުށްވެރި ކުރުމަކީ ކޮންމެ ދިވެއްސަކު ކުރަން ޖެހޭ ކަމެއް ކަމަށާއި އެ ކަމާ ގުޅުވައި މީހުންނަށް ބިރުދައްކާނެ ކަމެއް ނެތް ކަމަށް ޝަހީމް ވިދާޅުވި އެވެ.
ނަމަވެސް ޝަހީމްގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ފެންމަތިވުމުގެ ކުރިން އޯގަސްޓް 19 ގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި 2018 ގައި އިންތިޚާބަށް ނުކުންނެވި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޝަހީމަކީ މިހާރު އޯއައިސީގެ ގޮފި "ވޮއިސް އޮފް ވިސްޑޮމް ސެންޓާ" ގެ ވެރިޔާ އެވެ. އެއީ އޯއައިސީގެ ފިކުރީ ގޮތްޕެވެ. އެ ގޮފީގެ މަގުސަދަކީ އިސްލާމީ ރިސާލަތު ދުނިޔެ އަށް ހާމަކޮށް މެދުމިންކަން ޕްރޮމޯޓް ކުރުމާ އެކު ހަރުކަށި ކަމާ ދެކޮޅަށް މަސައްކަތް ކުރުމެވެ. އަދި އިސްލާމް ދީނުގެ ރީތި ސޫރަ ދުނިޔެ އަށް އާއްމު ކުރުމެވެ.
އެމްޑީއެންގެ ރިޕޯޓާ މެދު ފިޔަވަޅު އެޅުން ލަސްވެގެން ޝަހީމް ގެންދަވަނީ މި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިގޭ
22 October 2019
ޑޮކްޓަރ ޝަހީދުގެ މައްސަވެސް އަވަހަށް ބައްލާ. މަމެން މިއަނގަ ތަޅާނަން.
Abdul majeed
21 October 2019
ސަހީމު މީހުނަށް ކަންދައްކަން ތިޔަ އުޅެނީ . މާދީންވެރި މީހެއްކަމަށް ހެދިގެން މަޝްހޫރުވާންވެގެން ތިޔަ އުޚެނީ ސަރުކާރުން މި މައްސަލަ ބަލާނެ. ށަހީމު ހުރޭ ދުތުގާ
ތެލަނގަ
21 October 2019
ޝަހީ މް ހުރީ ހަނު ޔާ މިނުވެރިކަ މުގައި އެއީ ކިއްވެ ވަން ފޮޔޫ ޓެން ފޯ މީ ކިޔާފަ އެހެންނު. ކޮބާތަ ދިވެހިންއަތުން ފަންޑުނަގާގެން ކުރި ޤުރުއާނުގެ ދިވެޗާޕް ކިތަށް ކޮޕީ ގެނެވުނީ މިހާތަނަށް އަދި ކޮބާ މާމ މޮޅަށް ލިޔުނު އަރަބި ފޮތްބައި އިސްލާ މިކް ޔުނިވަރސިޓީއާއި މުޅި ދުނިޔެ ބޭނުންކުރަން ކިހާވަރެއް ހަރަދު ކޮށްލިން ކޮބާ ލިބުނު އެއްޗެއް އަދި ކޮބާ ދައުލަތުން ހަރަދުކޮށް މީހުން ކޮންފަރެންސް އަށްގެނެސް ދިން ޓްއަރިސްޓް ޕެކޭޖްތަށް އަދިވެސް އަދިވެސް
ކުނބު
21 October 2019
ދިވެހިރާއްޖޭގަ “އިސްލާމްދީނާ” ބެހުނީމަ ދެން އެކަމާ ނުރުހުންފާޅުކުރާ ދިވެހިން އެނުރުހުންފާޅުކުރަނީ “މުސްލިމުން”ގެ ހައިސިއްޔަތުން، މިވަރު އެނގޭކަށް އޯލެވެލް ފެންވަރުވެސް ބޭނުމެއްނުވޭ، ވީމާ އަލީއާޒިމްގެ ތަޢުލީމީ ފެންވަރު މަޖްލިސް ކޮމިޓީއަކުމް ބެއްލެވުމް މާބުއްދިވެރި
ހައްގުބަސް
21 October 2019
އިސްލާމް ދީނައް ބަދުބަސް ބުނައިރު ހަނުހުންނާނީ ގަމާރުބައެއް.
މަންޑޭލާ
21 October 2019
ބަރާބަރު މީހެ. މުޅި ރާއްޖެވެސް އޮތީ ޕީޕީއެމްމާއެކު. މިހާރު މިވާގޮތުން.
ގެއްލުން
21 October 2019
ޝަހީމަކީ ފުރަތަމަ ދިވެއްސެކެވެ. ދިވެހިރައްޔަތުކަން އޮތްހާ ހިނދަކު އެހެން ދިވެހިންނަށް ކަންކަމުގައި ގޮތްކިޔަން ލިބިގެންވާހައްގު ޝަހީމަށްވެސް ލިބިގެންވެއެވެ
ޢަބްދުﷲނާފިޒް
21 October 2019
މަޖިލީހުން ބިރުދައްކަން އުޅޭނެ ކަމެއް ނެތް: ޝަހީމް، ތިވާހަކަ ބުނުއްވާ ހެލްތް މިނިސްޓަރު ގާތު، ހީހީހީ.
ޒުވާނާ.
21 October 2019
ދެންދީނާ ގައު މައްޓަކާ ރާއްޖެ ނައިސް ދުރުގަ ތިހިރީ ކީއްވެ މ މިހާރުއާދޭ ތަހުގީގައް ފިލާނުހުރެ
ލަކުޑި ހަމީދު
21 October 2019
ފިލާ ހުރެ ވައްވައް ނުޖަހާ ..